މަޖިލީހުގެ ޖަލްސާއެއްގައި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި (ވ) އަދި މިލަންދޫ ދާއިރާގެ މެމްބަރު މުފީދު ބައިވެރިވެވަޑައިގެންނަވަނީ. - ފޮޓޯ: މަޖިލިސް
11 މާޗް 2018 - 12:06
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މަޖިލީހަށް ފޮނުއްވާފައިވާ އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ވެރިކަން ކުރާ ޕީޕީއެމް މެމްބަރުންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހަފުތާގައި ވަނީ އިއްވައިފަ އެވެ.
އެޖެންޑާގައި މި ބިލުގެ އިތުރުން، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް މަރުހަލާ ފެށުމަށް ވެސް ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ. ބެލެވޭ ގޮތުގައި، މި ދެ ބިލުގެ ބަހުސް މަރުހަލާ ނިންމައި، ދިރާސާ ކުރަން މާދަމާ ކޮމިޓީ އަށް ފޮނުވާނެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަސީހު. - ފޮޓޯ: މަޖިލިސް
ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ. އެކަމަކު، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ.
މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލުގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އެގޮތުން އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.
އެކަމަކު މިއީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ. އެހެންކަމުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހުނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމް ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަނަށް ބިލަށް "99 ޕަސަންޓު މެމްބަރުން" ދެކޮޅެވެ. އެކަމަކު، ނިހާނު ވިދާޅުވީ އެ ބިލަށް އެއްވެސް މެމްބަރަކު ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް، އެ ބިލާ ގުޅޭގޮތުން މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށާއި އެ ބިލު ފާސް ކުރާނީ އެ ކަމަށް "ފަރުވާ" ހޯދުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލް ޕީޕީއެމް
12 March 2018
މިއީ ޤާނޫނު އަސާސީ އަށް ޓަކައި އަދި މެމްބަރުންގެ އަމިއްލަ ނަފުސަށް ޓަކައި ރެޑް ބަޓަނަަށް ފިތަންވީ ވޯޓެކެވެ.ސަރުކާރާ ދެކޮޅު ވޯޓެއް ނޫނެވެ.ރައީސް ޔާމީނު އާއި ދެކޮޅަށް ނަގާ ވޯޓެއް ވެސް ނޫނެވެ.މި ޤާނޫނު ހަދަން މި ވަޤުތު ކަމަކު ނުދެއެވެ. 2019 ގެ މަޖްލީހުގެ މައްޗަށް ހިންގަން މި ޤާނޫނު ހަދަން ވީއެވެ..ވޯޓް ދޭނަމެވެ.
އާނު
11 March 2018
މާތްކަލާނގެ ރަސްކަންފުޅައްޓަކައި ތިޔަ ބިލު އިހަށް މަޑުޖައްސާލަދެއްވުން އެދެން. މެމްބަރުން ހޮވަނީ އެއްގޮތަކަށްވެސް ޕާރޓީގެ މެމްބަރުން އެކަނި ވޯޓު ދީގެނެއްނޫން. ޕާރޓީތައް ހިންގުމުގެ އުސޫލުތައްވެސް އަދި އެހާ ފުރިހަމައެއްނޫން. ޕާރޓީން ބުނާ ހަމަ ކޮންމެ ކަމެއް އެއްވެސް ހަމައެއ
ކަނދޮޅު
11 March 2018
އަހަރެމެން ދާއިރާގައި އޭރު ޕާޓީ އަށް ރަޖިސްޓަރީ ކޮށްފައި ތިބީ 721 މީނުން ނެވެ.އެކަމަކު މަ ހޮވުނީ 1200 ވޯޓް ލިބިގެން ނެވެ.
ބޭކާރު
11 March 2018
ވެރިކަން ކުރަން ނޭގުމުގެ ސަބަބުން މަޖްލީސްގެ އަޣްލަބިއްޔަތު ހިފަހައްޓަން ނޭގުނު މީހަކަށް މިވަރުގެ ކަމެއް ދައުރު ނިމެން ވުމުން ކޮށްދޭކަށް ނުޖެހޭ އެވެ. މި ކުރުވަން އުޅެނީ އެއްނެ ނުބައި ކަމެވެ.
އަމިއްލަ ދަންމަޅި
11 March 2018
ކައްޕިތާނުގެ އަތަށަ "ކަރުމަޅި ގަޑު" ދެނީ ތާއެވެ.
ފޫހި
11 March 2018
ބަލަ ތިޔަ އީ ޤާނޫނު އަސާސީއާ ޚިލާފުކަމެއްނޫންތަ؟ ބައިތިއްބާ އަމިއްލަ އަތުން އަމިއްލަ ކަރުގައި ވާގަނޑު އައްސާ ބާރުކުރަންދެން.
މާލޭ ރިޔާޒް
11 March 2018
ނިކަން ބަލާ ބަލަ. ކުރި ދުވަހު ޕީޖީ ގްރޫޕްގައި މި ބިލަށް ދެކޮޅު ހެދި އެއްމެން މިހާރު އެތިބަގެން " ޔެސް ސަރ" % 100 ތާއީދޭ އެކިޔަނީ އެވެ. މި ބުނާ ސަރ އަކީ ކައްޕިތާނު އެވެ. ނިކަން އެމީހުންގެ ވައިބަރ ގްރޫޕް ބަލާލަ ބަލާށެވެ.ހީވަނީ އެހެން ކަމެއް ހެނެވެ.
ތެޔޮބޯޓް ކައްޕި
11 March 2018
ކައްޕިތާނު ބުނަނީ މިޔޯ މި އުދަގޫ ވަޤުތު "ޕާޓީ އަށް" އެެެމެ ބޭނުންވާ ބިލް އަކީ. އޮޑީ ފެތިއްޖެއްޔާ ހުރިހަަ ފަޅުވެރިން ވެސް ފެތޭނެޔޯ. އެކަމަކު އަމިއްލަ ނަފުސާ ދެކޮޅަށް ވޯޓް ދީގެން ކައްޕިތާނު ސަލާމަތް ކޮށް ދިން އެއްވެސް ފަހަރަކު ވައިބަރ ގްރޫޕް ގައި"ތެންކް ޔޫ"އޭ ބުނުން ފިޔަވައި އިތުރު ކަމެއް ވެފައެއް ނެތެވެ.މެމްބަރެއްގެ ލޮލަށް ވެސް ކައްޕިތާނު ނުފަންނާނެ އެވެ.
ނެތީމޭ
11 March 2018
އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ ނަމަ މާދަމައިން މާދަމަ އަށް ޖެހޭނެއޭ މިބިލް މަޖްލީހުން ފާސް ކޮށްދެއްވަން. ޕީޕީއެމް އެމްޑީއޭ ޕީޖީ ގްރޫޕް އިން ތްރީ ލައިން ވިޕެއް ނެރުމަށް ފަހު މާދަމާ ސަރުކާރުން މިބިލް ހުށައަޅާފައިވާ ގޮތަށް މިބިލް ފާސް ކޮށްދޭންވީއޭ. ދެން އެބިލާއި މެދު ޖޭވެގެން އީގޯ ސިންޑްރޯމް ކުރިއަށް ނެރެގެން އުޅޭ ކޮރަޕްޓް ވަކީލޭ މެންނަކީ އެމެން ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކުރި 12 އެތި އަތުން ސުޕާރީ ކައިގެން އުޅޭ މީހުންނޭ މަމެން ބުނަން ނެތީމު ދޯ.
ދޫނި ފުށީ ދާއިރާ
11 March 2018
މި ކަން ހުއްޓުވަން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ފިސާރި މެމްބަރުން ކޮޅެއް ނުތެދުވެ ވާކަށް ނެތެވެ. މަ މިހުރީ އެކެކެވެ.މިވަރުގެ ކަމަކަށް 2ވަނަ މީހެއް ބޭނުން ވާނެއެވެ
އުދަގޫފަރު ދާއިރާ
11 March 2018
މިވަރުގެ ކަމަކަށް 3ވަނަ މީހެއް ބޭނުމެވެ.
ޔެސް ސަރ
11 March 2018
ހަތަރު ވަނަ މީހަކަށް މަ އެބަ ހުރީމެވެ.
ރަދީފް
11 March 2018
މަނިކްފާނު ، ވަރަށް ކެރިގެން ނޫނީ މިކަން ނުހުއްޓުވޭނެ.ހުރިހާ މެމްބަރުން ޖަލަށް ދާން ވެސް އެބަޖެހޭ މިކަމާއި ދެކޮޅަށް އަޑުއުފުލަން.ވ.ވެދުން. (އައްޑޫ ހިތަދޫ ބަރަވެލަ މުލި އަދި ކޯއްޓޭ ދާއިރާ)
ސިމްޕްލް
11 March 2018
އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ ނަމަ މަމެންގެ އުއްމީދަކީ މާދަމައިން މާދަމަ އަށް މިބިލް ގެ މަސައްކަތް ނިންމާ މިބިލް ސަރުކާރުން ހުށައެޅި ގޮތަށް ބިލް ފާސް ކޮށް ދިނުމޭ މަޖްލީހުން. މަޖްލީހަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން މިއަހަރު 80 ބިލެއް ހުށައަޅަން ނިންމާފައިވާތީވެ ދުވާލަކު 8 ބިލްގެ ރޭޓުން ފާސް ކުރަމުން ގޮސް މިމަސް ނިމެން ވާއިރަށް އެހުރިހާ ބިލް ތައް ހުންނަން ޖެހޭނީ މަޖްލީހުން ފާސް ކޮށްފައޭ އެއިރުންނޭ ދެން މަމެން ޕިންކީންގެ ވެރިކަމުގައި މަޖްލީހުން ދުނިޔޭގެ ރިކޯރޑް އެއްވެސް ހެދޭނީ ދޯ. އޯއް ޓު ޑޭ އައި އޭމް ހެޕީ އައި ކޭން ސީ ދަ ކްލައުޑްސް ފްރޮމް ދަ ސްކައި. އޯއް އައި ކާންޓް ބިލީވް އިޓްސް ގިވިންގް އަ ހެޕީ ސްމަިއލްޑް ފޭސް ދިސް އިޒް ލަވް ދިސް އިޒް ލަވް ލަވް އޫމް އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ. އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން.
ޝާނާ
11 March 2018
ތީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނޫން, ކޮންމެ ކަމެެއްވެސް މިހާތަނަށް ކުރަމުންދަނީ އަމިއްލަ އެދުން އިސްކޮށް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ މަސައްކަތް, މީހަގީގަތް, މީ ވަރަށް އަނިޔާވެރި އަދި މުއްސަސާތައް ބޭނުންކޮށްގެން އަނިޔާވެރިވަމުންދާ ސަރުކާރެއް.