ރޭގެ މުޒާހަރާގައި ބައިވެރިވި މީހަކު ފުލުހުންގެ ވެހިކަލަކަށް އަރުވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މާޗް 2018 - 10:54
އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރުކުރި އިރު، މިހާތަނަށް އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މަޖީދީމަގުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހައްޔަރުކުރި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި 15 މީހުންގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މުޒާހަރާ ތެރެއިން ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދޭން ޖެހުނެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި، ދެން ތިބި މީހުންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ތުހުމަތެވެ. ދެން މުޒާހަރާއިން ހައްޔަރު ކުރީ ފުލުހެއްގެ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލާގަ އެވެ.
ފުލުހުން ބުނީ "ސަރުކާރު ވައްޓާލުމަށް" މަޖީދީ މަގަށް އެއްވި މީހުން، އާންމުންނަށް އުނދަގޫވާ ގޮތަށާއި ވިޔަފާރި ކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ގާނޫނާ ހިލާފަށް ކުރާ މުޒާހަރާއެއް ކަމަށާއި އެކަމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ވެސް މުޒާހަރާ އަށް މާލޭގެ މަގުތަކަށް ނުކުތީ، ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް، ނުވަ މީހަކު މިނިވަންކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލުމަށެވެ. ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު ފަރާތްތަކުން މާދަމާ ވެސް އެއްވުމަކަށް ތައްޔާރުވަމުން އަންނައިރު އެ މުޒާހަރާއަށް ވެސް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިފާގު
15 March 2018
ސަރުކާރު ވައްޓާލަން މަގުމައްޗަށް ނިކުމެ ހަޅުތާލުކޮށް މުޒާހަރާ ކުރުމަކީ ތިންވަނަ ދުނިޔޭގެ ޑިމޮކްރަސީގައި ރައްޔިތުންނަށް އޮންނަ ހައްގެކެވެ. ޔޫރަޕުގައި މިފަދަ ކަމެއްކޮށްލަން އުޅެފިނަމަ އެކަން ހަމަމަގަށް އަޅުވާގޮތް ކެޓެލޯނިޔާއިން އެއޮތީ ފެންނާށެވެ. ޑިމޮކްރަޓިކް ހަމަތަކުގެމަތީންވެސް ރައްޔިތުން ބޭނުންވާ (އަޝްރާފުން ބޭނުންނުވާ) ސަރުކާރެއް ގެންނަން އުޅުމަކީ ގާނޫނީކުށަކަށްވެ އެކަން އޮއްބާލާނީ މުލައްދަނޑިއާއި ފައިސާގެ ބާރުންނާއި ޝަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުން ހަނާހުލިކޮށްލައިގެންނެވެ.
ބަސް
15 March 2018
އާންމުންނަށް އުނދަގޫވާ ގޮތަށާއި ވިޔަފާރި ކުރުމަށް ހުރަސް އެޅޭ ގޮތަށް ފުލުހުން އަމަލުކޮށްފައިވާކަން ހިތާމައާއެކު ދަންނަވަމެވެ. ރޭ ގެ ކުރީ ރޭ ތަކުގައިވެސް މަޖީދީމަގުގައި މުޒާހަރާ ކުރެއެވެ. އެކަމަކު ރޭގައި ފުލުހުން މަގުތައް ބަންދު ކުރުމުން އާންމުންނަށާއި ފިޔަވާރިތަކަށް ލިބުނު ގެއްލުން މާ ބޮޑެވެ.
އަލީ 700
15 March 2018
މަތީގައިގާ އެމޯޖީގެ ޕަސެންޓޭޖުންނާއި އަދި ކޮމެންޓްސް ތަކުގެ ލައިކް ބަލާލުމުން ވެސް ވާނުވާ ކޮންމެވެސް ވަރަކަށް އެނގޭ.އަދި އެފްބީ ،ޓުވިޓާ ގައިވެސް މިގޮތަށް މިކަން އޮތީ.
އެމަންޖެ
15 March 2018
ލައިކް، ޑިސްލައިކް ޕްރޮބަބަލިޓީ އިން ތިހިރީ ރަގަޅަށް ކަމެއްގެ އަސްލުދާނެ ގޮތުގެ ނަތީޖާ ރަގަޅަށް އެގިފައި! ސަބަބަކީ، ނޫހުގައި ޖަހާ ޚަބަރަކަށް އެންމެ ގިނައިންވެސް ލިބެނީ އެވްރެޖް 70 އާ 100 ރިއެކްޓްސް! އޭގެ މާނައަކީ، ޕްރޮބަބިލިޓީ އަށް ބަލާ އިރު، މިހާރު ކޮންމެ ރެއަކުހެންވެސް މުޒާހަރާއަށް ނުކުންން 300 އެއްހާ މީހުންގެ ދެބައިކުޅަ އެއްބައި ނޫނީ އެއަށްވުރެވެސް ކުޑަކޮށް ރޭގަޑު މުޒާހަރާކޮށްފައި ދުވާލު، މަސައްކަތެއް ނުކޮށް ތިބެނީ، ސިޔާސީ ޚަބަރުތަކަށް ރިއެކްޓްކުރާށޭ!
ޖުހާަ
15 March 2018
ހެހެހެހެ. މީހުން ދަނީ ހައްޔަރު ވާންކަމެއް ނޭނގޭ ދޯ!
ރުޅި
15 March 2018
ދިވެހި އެންމެހާ ރައްޔިތުން ބަންދުކުރޭ. އޭރުން ވެރިކަން ދިފާއުކުރެވޭނީ. ކަޅު ތެޔޮ ޖެހީ އަނެއްކާ ބައިމީހުންބާ؟ ހާދަ ހެދިފައޭދޯ މިމީހުން މިތިބެނީ.
ތަލްމީޒާން. ޜިކްސް
15 March 2018
ޢެމްޑީޕީ އިސްސަފުގައި އެއްވުންތަށް ބޫސްޓު ކުރަން އުޅޭ ހުރިހައި ލީޑަރުންނެށް ހައްޔަރުކުރަންވީއެވެ. މި ރީނދޫ ބައިގަޑަކީ ހުސްވައ ބައިގަނޑެށްވެސް ނޫނެވެ. ޖަލުތަށް އިތުރު ކުރަންވީއެވެ. މިރޭ އެމީހުން އެއްވާން މަސައްކަތް ކުރާނެއެވެ އެއީ އެއްވުމުގެ އަލިފާންގަނޑަށް ޕެޓްރޯލް އެޅުމުގެ ގޮތުގައެވެ. ނަމަވެސް މިރޭ އެއްވުންތަށް ކޮންމެ ގޮތަކުންވެސް ކޮންޓުރޯލް ނުކުރެވިއްޖެނަމަ އަލިފާންގަނޑުގެ ގިނި ގަދަވެ ކޮންޓުރޯލުން ނައްޓައި އިސާހިތަކު އަނދައި ހުލިވެދާނެއެވެ. ޢަހަރެމެން ރައްޔިތުން އަބަދުވެސް ތިބޭނީ ރައީސް ޔާމީން ފަހަތްޕުޅުގައެވެ.
ހާދަރު
15 March 2018
އަހަރެމެން ރައްޔިތުން އަބަދުވެސް ތިބޭނީ ގައުމުގެ ދިފާއުގައި ޤާނޫނު އަސާސީގެ ހިމާޔަތުގައި. އެންމެންނަށްވެސް ސަލާމަތް އޮތީ އެގޮތް. މިގަެއުމު ކަށިކުނބުރު ޖައްގައްޔަކަށް ނުވެ އިންސާނުން އުޅެން ކަމުދާ ތަނަކަށްވާނީވެސް އެގޮތުގައި. ވަރަށް ވެދުން.