ވިޔަފާރި / އެލައިޑް އިންޝުއަރެންސް

މަސީގެ ކުންފުނިތަކަށް އެލައިޑް ބިލްޑާސް އިންޝުއަރެންސުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދެނީ

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޖެނަރަލް މެނޭޖަރު ފިރުޝާން (ވ).-- ފޮޓޯ: މިހާރު/ނިޝާން އަލީ

03 އެޕްރީލް 2018 - 22:50

2 comments

މޯލްޑިވްސް އެސޯއިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ މެމްބަރު ކުންފުނިތަކަށް އެލައިޑް ބިލްޑާސް އިންޝުއަރެންސް ނަގާ އިރު 20 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

"ބިލްޑާސް ޑިނާ"ގެ ނަމުގައި އެލައިޑުން މިރޭ ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ސޭލްސް މެނޭޖާ މުހައްމަދު ޝިރުނީލް ވިދާޅުވީ، ޑިސްކައުންޓް ލިބިގެން ދާނީ އެއް އަހަރު ދުވަހަށް ކަމަށެވެ.

"އެލައިޑުން ވެސް އަދި އަޅުގަނޑުމެންގެ އިސްލާމިކް ވިންޑޯ އިން ވެސް [ބިލްޑާސް އިންޝުއަރެންސް] މި ޕެކޭޖް ލިބޭނެ... މަސީގެ ކުންފުނިތަކަށް އަޅުގަނޑުމެން މި ދެނީ 20 ޕަސެންޓްގެ ޑިސްކައުންޓެއް، އެއް އަހަރަށް،" މަސީގެ އިސް ވެރިންނާއި، ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިން ބައިވެރިވި ރަސްމިއްޔާތުގައި ޝިރުނީލް ވިދާޅުވި އެވެ.

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ކޮންސްޓްރަކްޝަން ކުންފުނިތަކަށް ހާއްސަ ކޮށްގެން އެލައިޑުން "ބިލްޑާސް އިންޝުއަރާ" ތައާރަފް ކުރީ އެ ކުންފުންޏަށް 33 އަހަރު ފުރުން ފާހަގަ ކުރުމަށް، ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ޕޮލިސީގެ ދަށުން ތަފާތު ތިން ޕެކޭޖެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އެ ޕެކޭޖުތަކަކީ ބިލްޑާސް ބޭސިކް އާއި ބިލްޑާސް ބޭސިކް ޕްލަސް އަދި ބިލްޑާސް ޕްރިމިއަމް އެވެ.

ބިލްޑާސް ބޭސިކް ޕެކޭޖުގެ ދަށުން މެޓީރިއަލް ޑެމޭޖަސް އާއި ތާޑް ޕާޓީ ލައިބިލިޓީ ކަވަރު ކޮށްދޭނެ އެވެ. ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނަށް ލިބޭ ގެއްލުންތަކަށް 100،000ރ. އާއި ހަމައަށް އަދި ޕްރޮޕަޓީއަށް ލިބޭ ގެއްލުމުގެ ގޮތުގައި ވެސް 100،000ރ. އާއި ހަމަ އަށް ކަވަރު ކޮށްދޭނެ އެވެ.

ބިލްޑާސް ބޭސިކް ޕްލަސް ޕެކޭޖުގެ ދަށުން މެޓީރިއަލް ޑެމޭޖަސް އާއި ތާޑް ޕާޓީ ލައިބިލިޓީގެ އިތުރުން ގްރޫޕް ޕާސަނަލް އެކްސިޑެންޓްސް ކަވަރު ކޮށްދޭނެ އެވެ. ތަކެއްޗަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި މި ޕެކޭޖުން ކަވަރު ކޮށްދޭވަރު ބިލްޑާސް ބޭސިކް ޕެކޭޖަށް ވުރެ ފުޅާ ވާނެ އެވެ. އަދި ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނަށް ލިބޭ ގެއްލުންތަކަށް 250،00ރ. އާއި ހަމައަށް އަދި ޕްރޮޕަޓީ ޑެމޭޖުގެ ގޮތުގައި ވެސް 250،000ރ. އާއި ހަމަ އަށް ކަވަރު ކޮށްދޭނެ އެވެ. ގްރޫޕް ޕާސަނަލް އެކްސިޑެންޓްސްގެ ދަށުން ނެޗުރަލް އަދި އެކްސިޑެންޓަލް މަރުތަކަށް 100،000ރ.ގެ ބަދަލެއް ދޭނެ އެވެ.

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސޭލްސް މެނޭޖަރު ޝިރުނީލް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ބިލްޑާސް ޕްރިމިއަމް ޕެކޭޖުގެ ދަށުން މެޓީރިއަލް ޑެމޭޖަސް އާއި ތާޑް ޕާޓީ ލައިބިލިޓީގެ އަދި ގްރޫޕް ޕާސަނަލް އެކްސިޑެންޓްސްގެ އިތުރުން ކޮންސްޓްރަކްޝަން އިކުއިޕްމަންޓް، ޕްލާންޓް އަދި މެޝިނަރީ ކަވަރު ކޮށްދޭނެ އެވެ. މެޓީރިއަލް ޑެމޭޖަސްގެ ގޮތުގައި މި ޕެކޭޖުން ކަވަރު ކޮށްދޭ ވަރު ބިލްޑާސް ބޭސިކް ޕްލަސް އަށް ވުރެ ފުޅާވެފައި، އިތުރު ކަންކަން ހިމެނެ އެވެ. އަދި ތާޑް ޕާޓީ ލައިބިލިޓީގެ ދަށުން މީހުންނަށް ލިބޭ ގެއްލުންތަކަށް 500،000ރ. އާއި ހަމައަށް (މީހަކަށް 250،000ރ. އާއި ހަމައަށް) އަދި ޕްރޮޕަޓީ ޑެމޭޖުގެ ގޮތުގައި ވެސް 500،000ރ. އާއި ހަމަ އަށް ކަވަރު ކޮށްދޭނެ އެވެ. ގްރޫޕް ޕާސަނަލް އެކްސިޑެންޓްސްގެ ދަށުން ނެޗުރަލް އަދި އެކްސިޑެންޓަލް މަރުތަކަށް 100،000ރ.ގެ ބަދަލު ދޭއިރު، އިތުރު ގެއްލުންތައް ވެސް ކަވަރު ކޮށްދެ އެވެ. އަދި މަސައްކަތުގައި ނޫޅޭ ގަޑިތަކުގައި ވެސް، މަސައްކަތްތެރިންނަށް މި ކަވަރު ލިބޭނެ އެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން އިކުއިޕްމަންޓް، ޕްލާންޓް އަދި މެޝިނަރީ ގެއްލުމާއި ހަލާކުވުން ފަދަ ކަންކަމަށް ވެސް ބަދަލު ދޭނެ އެވެ.

އަޔާދީ ތަކާފުލް އަށް މިދިޔަ އަހަރު ލިބުނު ފައިދާ ބަހަނީ

އެލައިޑްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލްގެ މިދިޔަ އަހަރުގެ ފައިދާ ބަހަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ މިހާތަނަށް އަޔާދީގެ ފައިދާ ނުބަހާ އޮތީ "ކޮންމެ ވެސް ވަރެއްގެ ސެކިއުރިޓީ ބަފާއެއް ބިލްޑް ކުރަން ޖެހޭތީ" ކަމަށެވެ.

އެލައިޑުން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

"އިރާދަކުރެއްވިއްޔާ މިހާރު މިވަނީ އެ ސޭފްޓީ ބިލްޑްވެފައި. އިރާދަކުރެއްވިއްޔާ މި އަހަރު އަޅުގަނޑުމެން ފައިސާ ބަހާނަން. އަދި އަޅުގަނޑުމެންނަށް މި ނިންމާލެވުނީ މިދިޔަ އަހަރުގެ ހިސާބުތައް،" މިކަމާ ގުޅޭ އިތުރު ތަފްސީލް ނުދެއްވާ ފިރުޝާން ވިދާޅުވި އެވެ.

އާންމުކޮށް އިސްލާމިކް ތަފާފުލްގެ ހިދުމަތްދޭ ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް، އެ އަހަރެއް ނިމުމުން އެ ކުންފުންޏަކަށް ލިބޭ ސާފު ފައިދާގެ ތެރެއިން ކަނޑައެޅޭ ވަކި މިންވަރެއް، ކަސްޓަމަރުންނަށް ބަހާލާނެ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަތުބަތާނަ

04 April 2018

ތިއެލައިޑަށްވުރެ އެހެން އިންޝުއަރެންސްގެ ޚިދުމަތްދޭ ކުންފުނިތަށް މާރަނގަޅު. ތީ ފޭކު؟؟؟؟

The name is already taken The name is available. Register?

އަތްފުނާ

04 April 2018

ބްރޭންޑް އަދި ޕްރޮޑަކްޓްސް މާކެޓް ކުރުން އެއީ ކުރަންޖެހޭނެ ކަމެއް ، އެކަމަކު ތީ ބޮޑުވަރު !!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454