ރިސާޗުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ވިލާގެ ރެކްޓާ ޑރ. އަންވަރު (ކ) އަދި ހިއުމަން ރިސޯސް އެސޯސިއޭޝަންގެ ރައީސް އަފީފް ސޮއިކުރައްވަނީ.--
09 އެޕްރީލް 2018 - 20:44
ރިސާޗުގެ ދާއިރާ އިތުރަށް ތަރައްގީކޮށް އެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އާ އެކު ވިލާ ކޮލެޖުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރާއި އެމްއޭއެޗްއާރުޕީގެ ރައީސް ހުސެއިން އަފީފެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑރ. އަންވަރު ވިދާޅުވީ ރާއްޖެއަށް މިހާރު މީހުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ހިއުމަން ރިސޯސް ދާއިރާއިން ކަމަށެވެ.
އަންވަރު ވިދާޅުވީ ރާއްޖޭގައި ރިސާޗުގެ ދާއިރާ ވެސް ފުޅާކުރަންޖެހޭ ކަމަށެވެ. އެހެންވެ އެ ކަމުގެ ތަޖުރިބާކާރުންނާއެކު ފަށާ އެ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
ހިއުމަން ރިސޯސް އެސޯސިއޭޝަންގެ ރައީސް އަފީފު ވިދާޅުވީ ރާއްޖޭގައި ރިސާޗުތައް ހަދައި އެ ރިސާޗުތަކުގެ ބޭނުން ހިފުމަކީ އެޗްއާރުގެ ދާއިރާގައި އުޅޭ މީހުންނަށް ވަރަށް މުހިއްމު ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް ކަންކަމުގައި ގޮތްތައް ނިންމާއިރު، ހަދާފައި ހުންނަ ދިރާސާތަކުގެ ބޭނުމެއް ނުހިފާ ކަމަށް އޭނާ ވިދާޅުވި އެވެ،
"މި އެއްބަސްވުމުން ވިލާ ކޮލެޖުގެ އެކި ރިސާޗުތައް ހެދުމަށް އަޅުގަނޑުމެންގެ ރިސޯސްތައް ވެސް ލިބޭނެ. އެޗްއާރު ދާއިރާގައި އެބަ އުޅޭ ގާތްގަނޑަކަަށް ހާހެއްހާ މީހުން. އެއީ އެކި އިންޑަސްޓްރީތަކުގައި. އެމީހުން ބޭނުންކޮށްގެން އެކި ފެންވަރުގެ ރިސާޗުތައް ހެދޭނެ. އޭގެ އިތުރުން ވަރަށް ގިނަ ދަރިވަރުން ވެސް އެބައުޅޭ ރިސާުޗުތައް ހަދަން ބޭނުންވާ،" އަފީފު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވިލާގެ ރިސާޗް އެންޑް އިނޮވޭޝަންގެ ޑީން ޑރ. އަހުމަދު ޝާހިދު ވިދާޅުވީ ހަދާފައިވާ އެކި ދިރާސާތައް، ކަންކަން ތަންފީޒުކުރާ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ދިމާވާ ދައްޗެއް ކަމަށެވެ. އެހެންވެ މިއަދު ސޮއިކުރި އެއްބަސްވުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްއާރު ޕްރޮފެޝަނަލްސްގެ އެހީތެރިކަން ލިބުމަކީ އެ ފެކަލްޓީއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Gookehesha
10 April 2018
އެހެން ނޫނަސް އުފެދުމުގައި ނިތްކުރީގައި ގޮބޮޅި އުފެދިފައި ހުރުމަކީ ތިޔަފަދަ ކަންތައް ކުރުމުގައި މާ އައުކަމެއްނޫން ކޮށްކޯ.؟؟؟؟
ލަކްސް ސްޓާފް
10 April 2018
ތިޔަ އަފީފަކީ ރޯނުއެދުރެއް. އަބަދުވެސް ކިޔާނީ ޗަންގީ އެއާޕޯޓޭ. ދިވެހިންނަށް ވަރަށް ނުބައިވާނެ ކުރިއެރިޔަކަ ނުދޭނެ. #ހަސަދަ #މަތިއޮމާން