22 އެޕްރީލް 2018 - 10:37
މެޑްރިޑް (އޭޕްރީލް 22) - ސްޕެނިޝް ކޮޕަ ޑެލް ރޭ ފައިނަލުގައި ރޭ ސެވިއްޔާ އަތުން 5-0 އިން މޮޅުވެ ބާސެލޯނާ އިން ރެކޯޑަކާ ހަމަކޮށްފި އެވެ. މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި 30 ވަނަ ފަހަރެވެ.
މިއީ ބާސެލޯނާ އިން ޖެހިޖެހިގެން ކޮޕަ ޑެލް ރޭ ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން ޖެހިޖެހިގެން ހަތަރު ފަހަރު ކޮޕަ ޑެލް ރޭ ހޯދީ 1930 ގެ އަހަރުތަކުގައި އެތުލެޓިކް ބިލްބާއޯ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އެވެ. ޖޯޑީ އަލްބާ ދިން ހިތްގައިމު ބޯޅައަކުން ބާސެލޯނާގެ އަނެއް ލަނޑު ޖެހީ ލިއޮނަލް މެސީ އެވެ.
ދެ ވަނަ ހާފުގައި އަނެއް ދެ ގޯލު ޖެހީ އަންދްރެސް އިނިއެސްޓާ އާއި ފިލިއްޕޭ ކުޓީނިއޯ އެވެ. ކުޓީނިއޯ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ބާސެލޯނާގެ ކެޕްޓަން އުމުރުން 33 އަހަރުގެ އިނިއެސްޓާ އެވެ. މި ސީޒަނަކީ އިނިއެސްޓާ ބާސެލޯނާ އަށް ކުޅޭ ފަހު އަހަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އިނިއެސްޓާ ވެސް ވަނީ މިއީ އޭނާ ބާސެލޯނާ އަށް ކުޅޭ ފަހު ފައިނަލަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ.
"މި ހަފްތާ ތެރޭގައި އަހަރެން ނިންމާ ގޮތެއް އިއުލާން ކުރާނަން. މިއީ އަހަރެން ކުޅޭ ފަހު ފައިނަލަށް ވުމުގެ ފުރުސަތު އެބައޮތް،" އިނިއެސްޓާ ބުންޏެވެ.
ކޮޕަ ޑެލް ރޭގެ ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓުމުން ލިބުނު މާޔޫސްކަމުން އަރައިގަންނަށް ލިބޭނެ ފަސޭހައެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ރޭގެ ފައިނަލުގެ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗަށް ފަހު ސުއަރޭޒް ބުނީ ޗެމްޕިއަންސް ލީގުގެ ހަނދާންތައް ހިތުގައި އެބަހުރި ކަމަށެވެ.
"ކޮޕަ ޑެލް ރޭ ހޯދުމަކީ ކާމިޔާބެއް. އެކަމަކު ރޯމްގައި ހިނގައިދިޔަ ކަންތައް (ޗެމްޕިއަންސް ލީގުން ކެޓުން) އެ ހަނދާންތައް ހިތުގައި އެބަހުރި. އެކަމަކު މި ވަގުތު ބޭނުމީ އުފާފާޅުކުރަން،" ސުއަރޭޒް ބުންޏެވެ.
ސެވިއްޔާގެ ކޯޗު ވިންޗެންޒޯ މޮންޓޭލާ ބުނީ ބާސެލޯނާ ފެނުނީ ހުރިހާ ގޮތަކުން ވެސް ތަފާތުކޮށް ކަމަށާއި މިއީ އެ ޓީމަށް ހައްގު ކާމިޔާބެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
22 April 2018
ފޮޓޯ ވ ފުރިހަމަ. ހާއްސަކޮށް ފުރަތަމަ ސަފު.
ޔާރާ
22 April 2018
ރޯމާމެޗުގަ ކުޅުންތެރިން ވަރަށް އާދައިގެކޮށް ކުޅުނީމަ އިލޮށިފަތީން ތަޅާފަ ހުރިހެހެން ހީވަނީ. މިމެޗުގަ ހަމަ ހަބޭސް. ރިޒާވް ކީޕަރުގެ ޑިސްޓްރިބުޝަންވެސް ވަރަށް އޮބި.
8547
22 April 2018
ކިތަންމެ ރިކޯޑެއްހެދިޔަސް ޗެމްޕިއަންސް ލީގުން ކެޓިކަމުގެ އަލާ ނުކެނޑޭނެކަން ބާސާ ކުޅުންތެރިންވެސް ޤަބޫލުކުރޭ.
ލޯންސްޓަރ
22 April 2018
725މިލިއަން ޔޫރޯގެ ސްކޮޑަކާއެކު އެވްރެޖްކޮށް 130މިލިއަން ޔޫރޯގެ އަގުހުރި ސްކޮޑްތައް އެކުލެވޭ ލީގެއްގެ މުބާރާތެއް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެކޭ މަމެން ބުނާކަށް މެތީމުދޯ؟
ލާހޫރޭ
22 April 2018
ތިހާ ދައް މުބާރާތެއްގަ ދުނިޔޭގެ އެއްވަނަޓީމު ތިބުނާ ދައްފެންވަރުގެ ޓީމެއްއަތުން ކެޓިވާހަކަ މަމެން ދައްކާކައްނެތިން..
ރަދީފް
22 April 2018
ލޯންސްޓަރ ބްރޯ.ކުޅިވަރުގަ އޮންނަ ހަމަ އެއީ ކޮންމެވެސް އެއްބަޔަކު މޮޅުވެފަ އަނެއްބަޔަކު ބަލިވުން.ކޮންމެ މުބާރާތެއް ފެށޭއިރު މިސާލު:ކޮޕަޑެލްރޭ ވެސް ފެށުނުއިރު ބައިވެރިވި ހުރިހާ ޓީމަތަކަށް ޗެމްޕިއަންކަން ހޯދުމުގެ ހަމަހަމަ ފުރުސަތު އޮންނާނެ.ލެސްޓރަ ސިޓީ އިންގްލިޝް ޕްރިމިއަރ ލީގް ކާމިޔާބްކުރީ ކިހާވަރެއްގެ އަގުބޮޑު ސްކޮޑް ތަކެއް އެކުލެވޭ ޓީމްތަކެއް ބަލިކުރުމަށްފަހު ތަ؟؟ ބްރޯ ތިބުނާ ދުނިޔޭގެ 01 ވަނަ ޓީމް (ރެއާލް) ދުނިޔޭގެ 78 ވަނަ ޓީމް (ލެގަނޭސް) އަތުން ބަލިވެގެން ކޮޕަޑެލްރޭއިން ކަޓައިގެންދިޔައީއޭ ބުނަންމަމެން ނެތިން.ބްރޯގެ އަސްލު ޓީމް މެންޔޫއަށް ކާމިޔާބީއަށް އެދެން.ވ.ވެދުން
ރަދީފް
22 April 2018
މަރުހަބާ ބާސާ ، މަރުހަބާ ހުރިހާ ދިވެހި ފޭނުން.މެސީގެ އުމުރު 30 ، ހޯދި ތަށިތަކުގެ އަދަދު 31. މިލެވެލްގަ ހުރި އެންމެ ކުޅުންތެރިއެއްވެސް އެބަހުރިތަ؟؟ އެބަހީ އެމީހެއްގެ އުމުރަށް ވުރެ ހޯދި ޓްރޮފީގެ އަދަދު އިތުރު ކުޅުންތެރިއެއްގެ ވާހަކަ މިބުނީ.މިމުބާރާތް ބާސާ ކާމިޔާބްކުރީމަ ''ކްލަބެއް''ގެ ފޭނުން ބުނާނެ އެއީ މިކީ މައުސް ނުވަތަ ދޭދޮށު ކަޕެއްކަމަށް ، ނަމަވެސް އެބައިމީހުންނަށް ލިބިއްޖެނަމަ އެއީ ކްލަބްވޯލްޑްކަޕް ފަދަ މުބާރާތެއް.#ވިސްކައެލްބާސާ
8546
22 April 2018
އަހަ.. އެހެންވީއިރު ތިޔަމެސީއެއް ބާސާއަށް ކުޅެންފެއްޓިއިރުވެސް ބާސާ ވަނީ އެތައް ކާމިޔާބެއްހޯދާފައެއްނު
ރަދީފް
23 April 2018
8546 .ބާސާ އެއީ 118 އަހަރުގެ ދިގު ތާރީޙެއް އޮތް ކްލަބެއް.
އައްބެ
22 April 2018
ދުނިޔޭގެ އެއްވަނަ ޓީމައް އެނގޭބާ ސްޕެނިސްކަޕް އެއީ ކުޅޭ މުބާރާތެއްކަން
ރަދީފް
22 April 2018
އެމީހުންނަށް ވެސް އިނގޭ.ނަމަވެސް އެމީހުން މުބާރާތުން ވަކިވާން ޖެހުނީ ދުނިޔޭގެ 78 ވަނަ ކްލަބް ލެގަނޭސްގެ މައްޗަށް ކުރި ހޯދަންކުރި މަސައްކަތް ނާކާމިޔާބްވުމުގެ ސަބަބުން.