މިދިޔަ މަހު މާލޭގައި ހިންގި މާރާމާރީއެއްގައި މަރުވި ކުއްޖަކު ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނީ: ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ސަރުކާރުން ވަނީ މަސައްކަތް ފަށާފައި.
21 ޖުލައި 2016 - 19:15
ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ދ. ވާނީގައި ހިންގަމުން އަންނަ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތަކެއް ހިމެނިފައިވާކަން ފާހަގަކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން އިއްޔެ ވަނީ ވާނީގައި ކުދިން ބަލަހައްޓާ ސެންޓަރަށް ޒިޔާރަތްކޮށްފަ އެވެ. އެ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލުހުންނާއި އާއި ޖެންޑާ މިނިސްޓްރީ އަދި ޖުވެނަލް ޖަސްޓިސް ޔުނިޓުން ހިންގަމުން އަންނަ "އުއްމީދު- ފަހި މާދަމާއަކަށް" ޕްރޮގްރާމުގައި ފައިދާކުރާނެ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ.
މި ޕްރޮގްރާމު ހިންގުމަށްޓަކައި ޖުވެނަލް ޖަސްޓިސް ޔުނިޓުން ހަދާފައިވާ އިޖުރާއަތުގައި ކުދިންނަށް ފައިދާކުރާނެ އަދި އެ ކުދިން އަނބުރާ މުޖުތަމައަށް އައުމަށް މަގުފަހިވާނެ ޕްރޮގްރާމްތައް ހިމަނާފައިވާކަން އެޗްއާރުސީއެމުން ފާހަގަކޮށްފައި ވެ އެވެ.
"މި ޕްރޮގްރާމް ހިންގުމަށް ތަފާތު ދަތިތައް ހުރި ނަމަވެސް ވަރަށް ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ކުރިއަށްދާކަން ކޮމިޝަނުން ނުހަނު އުފަލާއެކު ފާހަގަކުރަން،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެންޕީއެމުން ވާނީ އަށް ދިޔައިރު 19 ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ޕްރޮގްރާމު ފުރިހަމަކުރަމުން އަންނަ ކަމަށާއި އެ ހުރިހާ ކުދިންނަކީ ވެސް ކޯޓު އަމުރެއް ނުވަތަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ލިބިގެން ޕްރޮގްރާމް ފުރިހަމަކުރާ ކުދިންކަން އެޗްއާރުސީއެމުން ފާހަަގަކޮށްފައި ވެ އެވެ.
މިދިޔަ ޖޫން މަހު ފެށި މި ޕްރޮގްރާމުގެ ބައިވެރިންނަށް އެކި ތަމްރީނުތަކާއި ސެޝަންތައް ނަގައިދެމުން އަންނަނީ ޖުވެނަލް ޖަސްޓިސް ޔުނިޓާއި އެމްއެންޑީއެފާއި ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ 27 މީހުން ހިމެނޭ ޓީމަކުންނެވެ.
ކުދިން ރަނގަޅު ގޮތުގައި މުޖުތަމައުއަށް ގެނައުމަށްޓަކައި މިފަދަ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަކީ މުހިއްމުކަމެއް ކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންގަމް
23 July 2016
ހަވީރު ނޫހުގެ 50 މުވައްޒަފުންނަށް ހުކުމްކޮށް، އެމުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތައް ބިކަކޮއްލަން އުޅުނުއިރު، ތި އެޗް.އާރ.ސީ.އެމް އޮތީ ދެލޯ މަރައިގެން. އަހާ ކަމެއް ވޭހެއްޔޭވެސް ބުނަން ނުކެރުނު. ވަކި ބައެއްގެ އިންސާނީ ހައްގޭ ކިޔައިގެން މިކެރެނީ ބަޔާން ނެރެން. ތީ ކީއް ކުރާ ބައެއް ؟
ސަރުބަތު
22 July 2016
ތިކަމަކީ ދީނީ އަދި ޤައުމީ ވާޖިބެއް. ތިކަން ކުރާ ފަރާތްތަކަށް އައްސަރިބަހާ ސާބަސް ދެން. މިކަން ޤައުމީ ކަމަކަށް ހެދުން މުހިންމު
ހަމީދު
22 July 2016
ލިޑަރުންގެ ގޭންގެއްތައްޔާރު ކޮއްލަނީ. މަހާ ގޭން
ސަމާސާ
22 July 2016
ވެރިކަން ހޯދުމަށް އުފެއްދި ގޭންގްތަކުގެ ކުދިންކޮޅު އިސްލާހުވެ ހަމަމަގަށް އެޅިއްޖެ ކިތަންމެހާވެސް ރަނގަޅު.
ސައީދު
22 July 2016
ކޮރަޕުޓު ވެފަ އޮތޮ ތަނެއޮ ތީ
ދިވެއްސެއް
22 July 2016
މި އަގުހުރި މަސައްކަތް ކުރުމަށް ކެރިގެން ގޮސް އެ އުޅުއްވާ ބޭކަލުންނައް ސާބަސް. ގައުމީ ފެންވަރެއްގަ އަގު ވަޒަންކުރަން ޖެހޭނެ ކަމަށް ދެކެން. މި ކަމަށް އިސްނަގާ ފެއްޓެވީތީ އެ ބޭކަލުންނަށް ޝުކުރު ހައްގު.
ލީމް
22 July 2016
މިފަދަ ޕްރޮގްރާމްތަކަކީ ދިވެހި ޤައުމުގެ މުސްތަޤުބަލަށް، ހިނުތިންވުން ގެނެސްދޭނެ ޕްރޮގްރާމްތައް! ހިތާމަ އަކީ މިފަދަ ކަންތައްތަކުގެ މުހިންމުކަން ސިޔާސީ ބޭފުޅުންނަށް ނުވިސް ނޭތީ! މާތްﷲ މި ފަރާތްތަކުގެ ލޯ ހުޅުއްވާލަ ދެއްވަވާ!
ޕަން
21 July 2016
ކިހިނެއް ބާ ވާނީ
މދމ
21 July 2016
މިފަދަ ޕްރޮގްރާމްތަކަށް ސަރުކާރުން މިހާރަށް ވުރެން ބޮޑަށް އަޅާލައި އެއްބާރުލުން ދޭންޖެހޭ ކަމުގައި ދެކެން
ޑިވެއްސެއް
21 July 2016
ސަރުކާރުގެ އެންމެ މަތިން މިކަން ބަލައި ގަންނަން ޖެހޭނެ މިއީ ވަރަށް މާތް އަދި ޤައުމީ މަސައްކަތެއް. ޙުއްޓުމެއްނެތި މިކަން ކުރަން ފެނޭ.