ކުޅިވަރު / މިހާރު އެވޯޑްސް 2017

އާ ކުލަތަކާއި އާ ރަހަތަކާ އެކު "މިހާރު އެވޯޑްސް" ހަފުލާ މިރޭ

ކ. މާފުށި: ނޮވެމްބަރު 4، 2017- މިހާރު އެވޯޑްސްގެ ފަރާތުން އިންތިޒާމްކުރި ސްޕޯޓްސް ސްޓާސް ފިއެސްޓާގެ ތެރެއިން..---ފޮޓޯ:މިހާރު

ކުޅިވަރުގެ މައިދާންތަކުގައި ކުޅުންތެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ މުހިއްމު، ބޮޑު މަސައްކަތެއް މެދުކެނޑިފައި އޮތުމަށް ފަހު މުޅިން އާ ރަހަތަކަކާ، ތަފާތު ކުލަތަކަކާ އެކު މިރޭ ދިވެހި ކުޅިވަރު އާއިލާއާ ބައްދަލުކުރާނެ އެވެ. ކުޅިވަރު ކުޅުންތެރިންނާއި ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރުމުގެ ގޮތުން "މިހާރު" ނޫހުން މިދިޔަ އަހަރުގެ މޭ މަހުގެ 3 ވަނަ ދުވަހު ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ ފުރަތަމަ އެވޯޑް ހަފުލާ މިރޭ 9 ޖަހާއިރު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި އޮންނާނެ އެވެ. މި ހަފުލާ ވީޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ.

މި ހަރަކާތް ކުރިއަށްދާނީ ހަމައެކަނި އިނާމު ދިނުމުގެ ރަސްމިއްޔާތެއްގެ ގޮތުގައެއް ނޫނެނެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ހުރިހާ ރަހައެއް ހެޔޮވަރު ޝޯ އެއްގެ ގޮތުގައި ވެސް މެ އެވެ. އެވޯޑުގެ އިންތިޒާރުގައި ތިބޭ ކުޅުންތެރިންގެ ހާސްކަން ފިލުވާލައި އަދި އެހެނިހެން ހާޒިރީންނާއި ޓީވީން ބަލަން ތިބޭ ފަރާތްތަކުގެ ލޭކައްކުވާލާނީ ޑިޓިއުން ބޭންޑުގެ ލައިވް މިއުޒިކުންނެވެ.

މިހާރު އެވޯޑްސް ތައާރަފްކުރި ހަފުލާގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި އެވޯޑް ހަފުލާއަކީ، ކުޅިވަރު މޫސުމެއްގެ ނިމުން. ކުޅުންތެރިން އެ އަންނަނީ ދާ އޮހޮރުވާފައި. ކޯޗުންނާއި އޮފިޝަލުން އައިސް ތިބޭނީ ހާސްކަމުގެ ދުވަސްތަކަށް ފަހު. އެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނާއި ސަޕޯޓަރުން ޓީވީ ދޮށުގައި ތިބޭނީ އުއްމީދުތަކާ އެކު. އެހެންކަމުން ކުޅިވަރުގެ އާއިލީ ހަވީރެއްގެ ގޮތުގައި މި ހަފުލާ ކުރިއަށްދާނީ،" އެވޯޑްސްގެ ކޮމިޓީގެ އޮފިޝަލަކު ބުންޏެވެ.

ޕާޓްނަރުން ކަމަށްވާ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އަދި އެސޯސިއޭޓް ޕާޓްނަރުން ކަމަށްވާ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބުގެ ފުރިހަމަ އެހީތެރިކަމާ އެކު "މިހާރު" ގެ ޓީމު މިވަނީ ހުރިހާ ތައްޔާރީތަކެއްވެފަ އެވެ. އެވޯޑްސްގެ އެޑްވަޓައިޒިން ޕާޓްނަރު ތިންކުން މިހާރު ވަނީ އެވޯޑް ހަފުލާ އަށް ޕެރެޑައިސް އައިލެންޑް ރިޒޯޓުގެ މާލަން ތައްޔާރުކޮށްފަ އެވެ. މީޑިއާ ޕާޓްނަރު ވީޓީވީން އެ އަންނަނީ ރަސްމިއްޔާތު ވަގުތުން ދެއްކުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އަދި ފަނޑިޔާރުން އެތިބީ ކުޅުންތެރިންގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ނިންމާލައިގެންނެވެ. އެހެންކަމުން މިރޭގެ ހަފުލާ އަށް އިންތިޒާރުކުރުން ނޫން ކަމެއް ދެން ނެތެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން "މިހާރު" ނޫހުން މި އެވޯޑް ތައާރަފްކުރީ "ކުޅުންތެރިންގެ މަސައްކަތުގެ އަގުވަޒަންކުރާނެ ކަމުގެ އުއްމީދާއި އުފާވެރިކަމުގެ ހިނިތުންވުން އަނެއްކާ ވެސް ކުޅުންތެރިންގެ މޫނުމަތިން ފާޅުވާނެ" ކަމަށް ބުނެ އެވެ. މިރޭ އޭގެ ތެރެއިން ބައެއް ކުޅުންތެރިން ތާރީހުގެ ތެރެއަށް ވަދެގެން ދާނީ ފުރަތަމަ ފަހަރަށް މިހާރު އެވޯޑްސްގެ ޓްރޮފީ ހާސިލްކުރާ ކުޅުންތެރިންގެ ގޮތުގަ އެވެ.

މިރޭ އެވޯޑްތައް ދޭ މައިގަނޑު ދެ ކުޅިވަރަކީ ފުޓްބޯޅަ އާއި ވޮލީބޯޅަ އެވެ. އެގޮތުން ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް އެވޯޑް ދޭނެ އެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ އެވެ.

ދެން އޮތީ އެންމެ ހާއްސަ އެއް އެވޯޑެވެ. އެތުލެޓިކްސް އާއި ފެތުމާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން ހިމަނައިގެން ދޭ އިންޑިވިޖުއަލް އެވޯޑްސް ކެޓަގަރީ އަކީ ރާއްޖޭގައި އިންޑިވިޖުއަލް ކުޅިވަރުތަކަށް ދޭ ފުރަތަމަ އެވޯޑްސްތަކެވެ. މި ކެޓަގަރީގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ އެވެ.

ހާއްސަ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަކީ ވެސް "މިހާރު" އެވޯޑްސްގައި އެހާމެ އިސްކަންދޭ ކަމެކެވެ. އެގޮތުން މިދިޔަ އަހަރު ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ހޯދި ކާމިޔާބީތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރާނެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މުހައްމަދު ޒާހިރު ނަސީރު.

އެވޯޑްސްގެ އެންމެ ހާއްސަ އިނާމަކީ ލައިފްޓައިމް އެޗީވްމަންޓް އިނާމެވެ. މި އެވޯޑް އެންމެ ހާއްސަވާ ސަބަބަކީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި "ޒާހިރު ނަސީރު އެވޯޑް" މި ނަމުގައި ޝަރަފް ދިނުމެވެ.

"ޒާހިރު ނަސީރުގެ ނަމުގައި މި އެވޯޑް ދޭން ނިންމީ ދިވެހި ކުޅިވަރަށް އެމަނިކުފާނުކޮށްދެއްވި ޚިދުމަތުގެ ހަނދާނާއި ޝަރަފުގައި. އަދި ދިވެހި ކުޅިވަރުގެ ގިނަ ހިދުމަތްތެރިންގެ ނަމޫނާއަކީ ވެސް އެމަނިކުފާނު ކަމަށް ވެފައި އެފަދަ އެވޯޑެއް ޒާހިރުގެ ނަންފުޅަށް ޚާއްސަކުރުން މުހިންމު ކަމަށް ވެސް ދެކެން،" އޮފިޝަލަކު ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، 1980ގެ އަހަރުތަކުގެ ކުރީކޮޅު އުފެދުނީއްސުރެ 2008ގެ ނިޔަލަށް އެ ކޮމިޓީގެ ރައީސްކަން ކުރެއްވި ޒާހިރު ނަސީރަކީ ރާއްޖޭގައި ގިނަ ކުޅިވަރުތަކެއް އާލާކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ އެތައް ކުޅުންތެރިންނާއި ކޯޗުންނާއި ހިދުމަތްތެރިން އުފައްދަވައި، ކުޅިވަރު ދަނޑަށް ނެރުއްވައިފަ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުގެ އިސް މަގާމްތައް ވެސް ފުރުއްވި އެވެ.

ރީތި ކުލަތަކުގެ ތެރޭގައި، ދިއްކޮށްލާ، ފުރިހަމަ އެވޯޑްތަކާ އެކު ކުރިއަށްގެންދާ މި ހަފުލާ ނިމިގެން ދާނީ ޔަގީނުން ވެސް އާ ތަރިންތަކެއް އުފެދި، އާ އެތައް ބައެއްގެ ނަންތަކަކާ އެކު އެވެ. އަދި ޚިދުމަތްތެރިންގެ މާޒީގެ ތެރެއިން ލިބޭ ފިލާވަޅުތަކަކާ އެކު ވެސް މެ އެވެ.

6 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝާއްނާ

05 May 2018

ކުރީގެ ހަވީރުނޫސް ނޫނީ " މިހާރު " އަކީ ރާއްޖޭގެ ތާރީޙީނޫހެއް ، އެންމެ ކުރީން " އަމާޒް " ގެނަމުގައި ނުކުތް މަޖައްލާއެއް ނޫހެއް ފަހުން އެޔަށް ހަވީރުއައިސް މިހާރަށް ބަދަލުވެގެންއިދިޔައީ ، އެކިދުވަސްވަރު އެކިނަމަށްބަދަލުވިޔަސް އޭގެ އަސްލެއްނުގެއްލޭ ، މިހާރު ނޫހަކީ ރާއްޖޭގެ އެންމެ ގިނަމީޙުން ކިޔާނޫސް ، އަނެއްހެން ބުނާނަމަ ވިސިޓް މޯލްޑިވްސް ސައިޓަށްވުރެން ގިނަ ހިޓްސް ދުވާލެއްގެ މައްޗަށް ލިބެމުންދާ ނޫހެއް ، މިހާރު ނޫހަކީ އެންމެ ބެލެންސް ވަކި ފަރާތަކަށް ނުޖެހި ރިޕޯޓްތަށް ގެންނަމުން ދާ ނޫހެއް ، އަޅުގަނޑު މިހާރު ނޫހުގެ ހުރިހާ ފަހްލަވާނުންނަށް ކާމިޔާބާއި ކުރިއެރުމަށް އެދެން، ތިޔަގޮތުގައި އަބަދުވެސް ދެމިތިބިމަށް ދަންނަވަން ، އެއްވެސް ހާލެއްގައި ބަޔަކުމީހުންގެ ޖީބަށްވަދެ ހަގީގަތް އެއްފުށުން އަނެއްފުށުން ނުޖެހުމަށް ދަންނަވަން،

The name is already taken The name is available. Register?

ރީޒަން

05 May 2018

އަބަދުވެސް މިހާރު ނޫހުން ނާއި އަދި ދޯ އިން ކުރިއަށް ނެރެން އުޅޭނީ މުޅިން ވެސް ކުޅިވަރު ކުޅޭ މީހުންނާއި އަދި ކޮޕީ ކެޓް ޔާރާ ދިލްދާރާ މިއުޒިކް ކުޅޭ މީހުންނާއި ކޮޕީ ކެޓް ފިލްމް ކުޅޭ މީހުން. މިރާއްޖޭގެ ރިސޯރޓްސް ތަކުގައި ނެތޭ އެންމެ ފައިނޭންޝަލް ކޮންޓްރޯލަރ އަކަށް ދިވެއްސަކު ވެސް މުޅިން ވެސް ލަންކާ އިންޑިއާ މީހުން ތިބެނީ. އެކަަމަކު ރާއްޖޭގެ ކުދިން އެކައުންޓެންސީ އިން ދުނިޔޭގެ ފެންވަރުގެ ވަނަ ތައް ގެނޭ ދޯ. މިހެން މިވަނީ ރިސޯރޓްސް ތަކުގައި ޖީއެމް މެންނަށް ތިބޭ ދޮނޭ މެން ދިވެހިން ދެކެ ޖެލަސް ވާތީ އަދި ދޮނޭ މެންނަށް ވުރެެން ދިވެހިން ސްމާރޓް ވާތީއެވެ. ސިންގަޕޯރގެ ކުންފުނި ތަކުން ހިންގާ އެއްވެސް ރިސޯރޓެއް ގައި ނެތޭ މަތީ އެއްވެސް މަގާމެއްގައި ދިވެއްސަކު. މިހާރު ނޫހުން މިފަދަ ކަންކަން ބަލާ ދިވެހިންނަށް އިސްކަންދޭ ރިސޯރޓްސް ތަކަށް އެވޯރޑް ދޭން ފަށާނީ ކޮން ދުވަހަކުން ތޭ. ގޭމް ޗޭންޖަރ އެއް މިހާރު ނޫހަކީ. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒން އިޒް ޔޫ އެން ދަ ރީޒަން އިޒް..

The name is already taken The name is available. Register?

ދިސްވޭއޭ

05 May 2018

އާ ކުލަތަކާއި އާ ރަހަތަކާ އެކު "މިހާރު އެވޯޑްސް" ހަފުލާ މިރޭ ބާއްވާނަމަ އެއީ އުފާ ކުރަން ޖެހޭނެ ކަމެކެވެ. މިހާރު ނޫހަށް ފެންނަނީ މުޅިން ވެސް ކުޅިވަރު ކުޅޭ މީހުންނާއި ފިލްމް ކުޅޭ މީހުންނާއި ލަވަ ކިޔާމީހުންތޭ އެމީހުންނަށް ވުރެން ބުރަ ކޮށް މަސައްކަތް ކުރާ ރާއްޖޭގެ ރިސޯރޓް ތަކުގައި ޖީއެމްގެ ގޮތުގައި ތިބޭ ދިވެހިންނަށް ތަމެން އިނާމެއް ދޭން މަސައްކަތް ފަށާނީ ކޮން ދުވަހަކުންތޭ އެއީ މަމެން ހިތަށް އަރާ އެއްޗަކީ.

The name is already taken The name is available. Register?

ދެޓްވޭޔޭ

05 May 2018

"ކުޅިވަރުގެ މައިދާންތަކުގައި ކުޅުންތެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ.... " މިއީ އިޖްތިމާއީ އެހެނިހެން ކަންތައްތައް ފާހަގަ ކުރާ ހަފްލާއެއްނޫން. ހަމައެކަނި ކުޅިވަރު. ސައުފުވެއްޖެ؟

The name is already taken The name is available. Register?

އޭނާ

05 May 2018

"މިހާރު" ނޫހުން އިސްނަގައިގެން ކުޅިވަރު އާލާކުރުމަށް، ކުޅުން ތެރިންނަށް ހިތްވަރު ދިނުމަށް ތިކުރައްވާ ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ.

The name is already taken The name is available. Register?

ޝުުުވާ

06 May 2018

ކޮބާ ކޯޗުން؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454