ވިޔަފާރި

އެއްވެސް ކުއްޖެއް ފެއިލްނުވާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް

ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާ ގުޅޭ ގޮތުން މައުލޫމާތުދޭން ބޭއްވި ބައްދަލުވުމުގެ ތެރެއިން.

08 މެއި 2018 - 16:07

6 comments

އަންނަ އަހަރު ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް ޑްރީމް ކެމްޕަހުގެ ޕްރައިމަރީ ގްރޭޑު 5-1 ގެ ކްލާސްތައް ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމާ ބެހޭގޮތުން އެ ސްކޫލުގެ ބެލެނިވެރިންނަށް ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުންތަކުގައި މުހިންމު ވާހަކަތަކެއް ދެކެވުނެވެ. މިޕްރޮޖެކްޓް ކުރިއަށްގެންދާ ފިންލަންޑުގެ ކުންފުނި، އެޑިއުކްލަސްޓާ ފިންލަންޑްގެ ލީޑް އެޑިޔުކޭޝަނަލް އެކްސްޕާޓު އެމްމީ ހަލަ-ވަސްޓަރޭކަ ވިދާޅުވީ "ހުރިހާކުދިންނަށް އެއް ޓެސްޓެއް ދީގެން، ފާސްވާ ކުދިންނަށް ހިތްވަރުލިބި، ފެއިލްވާ ކުދިން ދެރަވުމަކީ ފިންލަންޑުގެ ތައުލީމީނިޒާމުގައި ގަބޫލުކުރާކަމެއްނޫން" ކަމަށެވެ.

މާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ފިންލަންޑު ސްކޫލްގައި ކޮންމެ ކުއްޖަކަށް ވެސް ދޭނީ އެ ކުއްޖެއްގެ ފެންވަރުން، ކޮންމެ ކުއްޖަކަށް ވެސް ވަކިން، ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އިމްތިހާނެކެވެ.

"އެއް ކްލާހެއްގައި ތަފާތު ޓެސްޓެއް ދީފާނެ. ފަސޭހަ، މެދު މިން އަދި އުނދަގޫ އިމްތިހާނެއް، ޓީޗަރާއި ދަރިވަރު މަޝްވަރާކޮއް ހަދާނީ ކޮން އިމްތިހާނެއްތޯ ނިންމާނީ ދަރިވަރު،" އެމްމީ ވިދާޅުވި އެވެ.

ފިންލަންޑުގެ ތައުލީމީ ނިޒާމަކީ ދަރިވަރުގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ކަށަވަރުކޮށް ދަރިވަރުގެ އުނގެނުވުމުގެ ފެންވަރު އަބަދު ވެސް ކުރިއަރަމުން އަންނާނެ ގޮތަށް ބައްޓަންކޮށްފައިވާ ނިޒާމެއްކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްޖަކު މި ނިޒާމުގެ ތެރެއިން ފެއިލްވެއްޖެއްޔާ އޭގެ މާނައަކީ ޓީޗަރު ފެއިލްވީއޭ. އެއީ ދަރިވަރުންގެ ހުރި އުނގެނުމުގެ ތަފާތުތައް ދެނެގަނެ، ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ މިން ކަނޑައެޅުމުގައި ޓީޗާރު ފެއިލްވީ،" އެއްވެސް ކުއްޖެއް ޓެސްޓަކުން ފެއިލްވެއްޖެއްޔާ ވާނީ ކިހިނެއްތޯ ސުވާލުކުރުމުން އެމްމީ ވިދާޅުވި އެވެ.

އޭނާގެ އިތުރުން އެޑިއުކްލަސްޓާ ފިންލަންޑްގެ ލީޑް އުޑިޔުކޭޝަނަލް އެކްސްޕާޓު ސިނީ ޕާމް އަދި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ހިންގުމުގައި ބައިވެރިވާ ދިވެހި ކުންފުނި އެޑިއުކަނެކްޓްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އަދްލީ ރަޝީދު ވަނީ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ފިންލެންޑް ސްކޫލެއްގައި، އާންމު ސްކޫލް ދުވަހެއް ހޭދަވާ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ބެލެނިވެރިންނަށް ދެއްކި އެވެ.

"މި ބަދަލަކީ އެއް އިންޓަނޭޝަނަލް ސްކޫލަކުން އަނެއް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވުމެއްނޫން. މިއީ، އެއް ތައުލީމީ ނިޒާމުން، މުޅިން ތަފާތު އަދި ފަހުގެ ތައުލީމީ ނިޒާމަކަށް ބަދަލުވުން،" ފިންލޭންޑް ސްކޫލުގެ ތަޖުރިބާކާރުން ވިދާޅުވި އެވެ.

އާންމުކޮށް ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް މުސްތަގުބަލުގައި ބޭނުން ހިފިދާނެ މައުލޫމާތުތައް ކިޔައިދީގެން ނިންމާލާއިރު، ފިންލެންޑްގެ ތައުލީމީ ނިޒާމުގެ މައިގަނޑު އަމާޒަކީ، ބަދަލުވަމުން އަންނަ ދުނިޔެއެއްގައި އާ މައުލޫމާތުތައް ދަރިވަރުން އަމިއްލައަށް ހޯދާނެ ގޮތާއި އަދި ލިބޭ މައުލޫމާތު ބޭނުންކޮށްގެން ދިރިއުޅޭނެގޮތް އުނގަންނައި ދިނުމެވެ. އެގޮތުން ކިޔަވައިދޭނެ ބައިނަލްއަގުވާމީ ތަފާތު އެކި މާއްދާތަކުގެ އިތުރުން، ރާއްޖޭގައި ހިންގާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގައި ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައިދިނުމާއި، ރާއްޖޭގެ ތިމާވެއްޓާއި ކުދިން ގުޅުވާލަދިނުމުގެ މުހިއްމުކަމާ ބެހޭގޮތުން ވެސް ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާ ގުޅޭ ގޮތުން މައުލޫމާތުދޭން ބޭއްވި ބައްދަލުވުމުގެ ތެރެއިން.

އަންނަ އަހަރު ރާއްޖޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކޮންމެ ކުލާހެއްގައި ވެސް އެ ފިންލެންޑުގެ ޓީޗަރެއް ހުންނަ އިރު، އެޓީޗަރާ އެކު ޓީމެއްގެ ގޮތުގައި ދިވެހި ޓީޗަރުން ހަރަކާތްތެރިވާނެ އެވެ. ސްކޫލްގެ ޕްރިންސިޕަލަކަށް ފިންލެންޑުގެ ބޭފުޅެއް ހުންނަވާއިރު، ސްކޫލުގެ ފެންވަރު ދެމެހެއްޓުމަކީ އެޑިއުކްލަސްޓާ ފިންލަންޑުގެ ޒިންމާއެކެވެ. އަދި މި ސްކޫލް އެކްރެޑިޓްކުރާނީ ފިންލަންޑްގެ މިނިވަން ކޮމިޝަނެއް ކަމަށްވާާ އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަލް ރިސާޗުންނެވެ. އޭގެ ބޭނުމަކީ ރާއްޖޭގައި ހިންގާ ސްކޫލަކީ ފިންލަންޑްގައި ހިންގާ ސްކޫލްތަކާ އެއް ފެންވަރެއްގެ ސްކޫލެއްކަން ޔަގީންކުރުމެވެ.

މި ބައްދަލުވުމުގައި ދިވެހި ދަރިވަރުންނަށް، ފިންލެންޑްގެ ތައުލީމީ ނިޒާމާ އެއްގޮތަށް ކިޔަވައިދީގެން ކުރިއަށް ގެންދިޔަ "ޑެމޯ" ކްލާސްތަކެއްގެ ވީޑިއޯ ބެލެނިވެރިންނަށް ދެއްކި އެވެ. އެ ވީޑިއޯގައި ފިންލެންޑު ސްކޫލުތަކުގައި ކްލާސްރޫމް ތެރޭގަ އާއި ސްކޫލު ގޯތިތެރެ އަދި ސްކޫލުން ބޭރުގައި ކިޔަވައިދޭގޮތް ވެސް ދެއްކި އެވެ.

އެޑިއުކަނެކްޓުގެ ފަރާތުން އަދްލީ ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ކުރީގައި އުޅޭ މިފަދަ ތައުލީމީ ނިޒާމެއް ދިވެހިރާއްޖެ އަށް ތައާރަފްކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވިޔަސް، ރާއްޖޭގައި ހުޅުވޭ މި ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަތުން ނެގުމަށް ހުށަހަޅާފައިވާ ފީ އަކީ، ދުނިޔޭގެ ކަންކޮޅުތަކުގައި އެޑިޔުކްލަސްޓާ އިން ހިންގާ ފިންލެންޑު ސްކޫލްތަކުގެ ފީގެ ނިސްބަތުން ވަރަށް ކުޑަ ފީއެއް ކަމަށެވެ.

ފީގެގޮތުގައި ނެގުމަށް ހުށަހަޅާފައިވަނީ، މަހަކު 5،950ރ. އެވެ. މިއީ ގަތަރާއި އޮމާންގައި އެޑިއުކްލަސްޓާއިން ހިންގަމުން އަންނަ ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުތަކުގެ ފީގެ 50 ޕަސެންޓަށް ވުރެ ވެސް ކުޑަފީއެއް ކަމަށް އަދުލީ ވިދާޅުވި އެވެ. ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ގްރޭޑު 1-4 އަކަށް ނަގަމުން އަންނަ ފީއަކީ 3،750ރ. އެވެ. އަދި ގްރޭޑް 5 ގައި 4،550ރ.ގެ ފީއެއް ނަގަ އެވެ.

އަދްލީ ވިދާޅުވީ މިހާރު ބެލެނިވެރިން ދައްކަމުން އަންނަ ފީ އަށް ވުރެ، ފިންލެންޑު ސްކޫލުގެ ފީ ނިސްބަތުން ބޮޑުވި ކަމުގައި ވިޔަސް، ބަދަލުގައި މި ސްކޫލުން ދަރިވަރުންގެ އުނގެނުމަށް ލިބޭނެ ފައިދާތައް އަގު ނުކުރެވޭހާ ބޮޑު ކަމަށެވެ.

ރާއްޖޭގައި ފިންލެންޑްގެ އިންޓަނޭޝަނަލް ސްކޫލެއް ހުޅުވަން ނިންމުމަކީ ހަމައެކަނި އެޑިޔުކަނެކްޓްގެ ނިންމުމެއް ނޫން ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ. އަދި އާ ސްކޫލެއް ހުޅުވުމާ ހިލާފަށް ހިނގަމުން އަންނަ ސްކޫލެއްގެ ނިޒާމު ބަދަލުކުރުމުގެ އިޚްތިޔާރު މިވަގުތު އޮތީ ބެލެނިވެރިންގެ އަތްމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ޑްރީމް ކެމްޕަހުގެ ބެލެނިވެރިންނަށް މި މަހުގެ 11-17 އަށް، ފިންލެންޑު ސްކޫލަށް ޕްރީރެޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. އަންނަ އަހަރު ފިންލެންޑު ސްކޫލް ހުޅުވުން ބިނާ ވަނީ ޕްރީރެޖިސްޓާ ކުރުމަށް ބެލެނިވެރިންނަށް މިހާރު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި، ބެލެނިވެރިން ފަރާތުން ލިބޭ ތަރުހީބުގެ މައްޗަށް ކަމަށް ކަމަށް ވެސް އަދްލީ ވިދާޅުވި އެވެ.

އަންނަ އަހަރު ފިންލަންޑު ސްކޫލެއް ހުޅުވަން ކުރާ މަސައްކަތްތަކުގެ އިތުރުން، 2020 ގައި ހުޅުމާލޭގައި ފިންލެންޑުގެ މުޅިން އާ ސްކޫލެއް އިމާރާތްކޮށް، ހިންގަން އައިލެންޑާސް އަދި އެޑިއުކަނެކްޓުން ވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލޭ ފިންލެންޑު ސްކޫލްގައި ޕްރީސްކޫލުން ފެށިގެން، ގްރޭޑް 12 އާ ހަމަޔަށް ފިންލެޑްގެ ތައުލީމީ ނިޒާމަށް ކިޔަވައިދޭނެ އެވެ.

6 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 12%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތުމަތު

09 May 2018

ރާއްޖޭގަ ހުރެގެން މިފަދަ ބައިނަލްއަގްވާމީ ފެންވަރުގެ ތަޢުލީމު ލިބެންޔާ ވަރަށް ސަޅި. އެގޮތަށް ބަލާއިރު މި ފީ ވެސް ހަމަ ރަނގަޅު. މިކަން ކުރުމުގެ ފަހަތުގައި ތިބި ބަޔަކަށް ހަމަ ސާބަސް. މިއީ ހަޤީޤީ ތަރައްޤީއަކީ.

The name is already taken The name is available. Register?

ައަޙްމަދު ސަލީމް

09 May 2018

ރާއްޖޭގެ ތައުލީމީ ނިޒާމުގައި އެންމެ ބޮޑު އެއް މައްސަލަ އަކީ ފެންވަރު ދަށް މުދައްރިސުން. ފިންލޭންޑު ގެ މުދަައްރިސުން މިސުކޫލުގައި ތިބޭކަން އެއީ ވަރަށް ބޮޑު ތަފާތެއް ފެންނާނެކަމެއް. އަޅުގަނޑަކީ ފިންލެންޑު މުދައްރިސުންގެ ކިޔަވަިއިދިނުމުގެ މޮޅުކަން ލޮލުން ދެކެ ތަޖްރިބާ ކޮއްފައިވާ މީހަކީން. އެންމެ މޮޅު ސިފައަކީ އެއް ތައްގަނޑެއް ހުރިހާ ކުދިންނަށް ގެންގުޅުމުގެ ބަދަލުގައި ވަކި ވަކި ކުދިން ގެ ތަފާތު ދެނެގަނެ އެކުއްޖަކަށް އެންމެ ފައިދާވާ ގޮތަކަށް އުގަންނައިދިނުން "އިންޑިވިޖުއަލައިޒް" ކުރެވޭ ކަން. ފިންލެންޑު މުދައްރިސުން ލައްވާ ކިޔަވަިއިދިނުމަށް ވީ ޕްރޮމިސް ދަމަހައްޓާ ނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އަލި އަހްމަދު

09 May 2018

މަށަށް އިނގޭ އެއްޗެހިން ޓެސްޓް ދެންޔާ މަވެސް ފެއިލް ނުވާނެ. އެގޮތަށް މިއާޓިކަލުން މިވިސްނުނީ. އަހަރެންގެ ދަރިންނަށް ސަރުކާރު ސްކޫލުތައް ރަނގަޅު. ރާއްޖޭގެ ތައުލީމީނިޒާމުގަ ސަރުކާރު ސްކޫލުތަކުގެ ފެންވަރު ޕްރައިވެޓް ސްކޫލްތަކަށްވުރެ ދަށެއްނޫން. އޯލެވެލް އަދި އޭލެވެލްގެ ރިޒަލްޓް ތަކުން މިކަން އިނގޭނެ. އަމިއްލަ ކޮލެޖްތަކަށްވުރެ ގައުމީ ޔުނިވަސިޓީ މާބޮޑަށްވެސް ރަނގަޅު. ރާއްޖޭގަ ބޮޑު އަގުދީފަ އަމިއްލަ ތަންތަނަށް ކިޔަވަން ފޮނުވުމެ ބޭނުމެއް މަށަކަށް ނެތް. މީމަގޭ ހިޔާލު.

The name is already taken The name is available. Register?

ބުރޯނ

09 May 2018

ތީޔާ ސީސްޓަމް ރާއްޖެއަކު ނުހީނގާނެ..

The name is already taken The name is available. Register?

‫ޒިދާ

09 May 2018

‫މިހާރު ރާޖޭގައި މިކިޔަވައިދެނީ ފޭލްނުވާ ގޮތަށޭ ދަށް ގުރޭޑްތަކުގަ. އެކަމް އެހާއެއް ނޫން އަދި. މައްސަލައަކީ އެފަދަ ޓްރެންޓީޗަރުން ނެތުން.

The name is already taken The name is available. Register?

އަލީ ޔާސިރު

08 May 2018

ދަރިވަރުންނަ ކިޔަވައިދޭންވީ އަމިއްލަޔަށް އުގެނެން. އެނިމުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454