ހަބޭސްގެ މި އަހަރުގެ ރޯދަ ހަދިޔާ "މިސްކް" މަހަދަ އަލްބަމްގެ ކަވަރު.
01 ޖޫން 2018 - 00:19
މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް އިން މި އަހަރުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި "މިސްކް" ގެ ނަމުގައި މަދަހަ އަލްބަމެއް ނެރެފި އެވެ.
މީގައި ހިމެނެނީ ހަބޭސްއާ އެކު، ރާއްޖޭގެ އެހެން ބައެއް ބޮޑުބެރު ބޭންޑްތަކުން ކިޔާފައިވާ 8 މަދަހަ އެވެ.
މިއުޒިކާ ނުލައި ކިޔާފައިވާ މަދަހަތަކުގެ ތެރޭގައި ހަރުބީ، ގުރަހަލި، މަންދީރަ، އެކަތި، ހޭރިޔާ އަދި ދަންމާނު ބޮޑުބެރު ގްރޫޕުން ކިޔާފައިވާ މަދަހަތައް ހިމެނެ އެވެ. "މިސްކް" ނެރުނީ މިދިޔަ އަހަރު ހަބޭސް އިން ނެރުނު "ޒަމާން" މަދަހަ އަލްބަމާ އެއްގޮތަށް މަދަތަކުގެ ވީޑިއޯތަކާ އެކުގަ އެވެ.
އަލްބަމް ރިކޯޑްކޮށް، ވީޑިއޯ ހަދާފައި ވަނީ ހަބޭސް ސްޓޫޑިއޯގަ އެވެ.
"މިސްކު" އަލްބަމްގެ ލިންކް.
އެ ބޭންޑުން ބުނި ގޮތުގައި "މިސްކް" ގެ މަދަހަތައް މިހާރު ހަބޭސްގެ ޔޫޓިއުބް ޗެނެލުން ބަލައި ލެވޭނެ އެވެ. އަދި ލަވަފޮށިން ވެސް މަދަހަތައް އަޑު އަހައިލެވޭ އިރު، ޕީއެސްއެމްގެ މާލްދީބް ފިހާރައިން ޕެން ޑްރައިވަރަށް އަލްބަމް ހިލޭ އަޅައި ދޭނެ އެވެ.
މީގެ އިތުރުން ހަބޭސް ސްޓޫޑިއޯ އިން ވެސް "މިސްކް" ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ އަހަރުން ފެށިގެން ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ އަހަރަކު މަދަހަ އަލްބަމެއް ގެނެސް ދޭން، ހަބޭސް އިން ނިންމާފައިވާ އިރު، އަންނަ އަހަރު ނެރޭ މަދަހަ އަލްބަމްގެ މަދަހަތައް ކިޔާނީ ސްކޫލް ކުދިން ކަމަށް ހަބޭސް ބޮޑުބެރު ބޭންޑުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިއުޝާ
03 June 2018
ހަބޭސް ވަރެއް ނެތް ހަމަ. ހަބޭސް ހަބޭސް
ހަނާ
03 June 2018
ހަބޭސް ގެ މަދަހަ ވަރަށް ކަމުދޭ. ކުޑަ ކުއްޖަކު ކިޔާފަ އިންތަންކޮޅު ވަކިން ލޯބި
ސާއިގާ
03 June 2018
ހަބޭސް ވަރެއް ނެތް ހަމަ
ފަޒީލާ
03 June 2018
ވަރަށް ރީތި ހުރިހާ މަދަހަ އެއްވެސް
މަރީ
01 June 2018
ވަރަށް ހަބޭސް
ބުޗް
01 June 2018
މަހަދަ ތޯ؟ ނޫނީ މަދަހަ ތ؟