ކެމަރޫންގެ ރައީސް ޕޯލް ބިޔާ. --ފޮޓޯ: ގެޓީ އިމޭޖަސް
14 ޖުލައި 2018 - 17:28
ޔައުންޑާ (ޖުލައި 14) - ކެމަރޫންގެ ރައީސް ޕޯލް ބިޔާގެ އުމުރުން 85 އަހަރުވެފައިވީ ނަމަވެސް ކުރިއަށް އޮތް ރިޔާސީ ދައުރަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ކެމަރޫންގައި 1982 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ ބިޔާ ވިދާޅުވީ ހަތް ވަނަ ދައުރެއް ހޯއްދަވަން ބޭނުން ވަނީ ތަރައްގީވެފައިވާ އަދި އެކުވެރި ކެމަރޫނެއް ރައްޔިތުންނަށް ދައްކަން ކަމަށެވެ. ބިޔާ އަށް ވެރިކަން ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަހްމަދޫ އަހިޖޯ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި އިރު ގެންދެވީ 1960 ވަނަ އަހަރު ކެމަރޫން މިނިވަންވީން ސުރެ އެ ގައުމުގެ ވެރިކަން ކުރައްވަމުންނެވެ.
ކެމަރޫންގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހު އެވެ. އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެފްރިކާގެ ގައުމެއްގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަށް އޭނާ ވާނެ އެވެ. އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓް އިންތިޚާބު ބިޔާ މިހާރު ވަނީ އެއް އަހަރަށް ފަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޯފީ
16 July 2018
ރާއްޖޭގައޭ 2008ވަނައަހަރު މައުމޫނު މުސްކުޅިއޭ ކިޔައިގެން އެފަކީރު ބޭރުކުރީ
ރިހާނު
15 July 2018
މިސޮރު ހާދަހާވާ ސުމާރޓޭ އަދި ސަޅިއޭ.. މައަހާލީމާ ބުނީ މިހާރު މިނެރެފައިވާ ފޮޓޯއަކީ ތިމަންގެ ފުރަތަމަ ދައުރުގައި ކުރި ކެމްޕެއިނައް އެތަކެއްހާސް ފޮޓޯތަކެއްގެ ތެރެއިން އެއްމެނައް ކަމުދިޔަ ފޮޓޯކަމައް.. މިތާނަގައިވެސް މިކަހަލަެ ކަމެއް އެބަ ހިނގާ... މަށެއް ނުބުނާނަން އެއީ ކާކުކަމަށް
ރިހާނު
15 July 2018
މިތިބީ ދުނިޔޭގެ ތަޖުރިބާ ކާރު ރައިސުންނަކީ ޕޮއްޕު ބިޔާ އަވާރަވިޔަސް އޭނަގެ މަހާނަ އެއީ އަހަރުމެންގެ ރައިސު ކަމަށް އެގައުމުގެ އަބާދީގެ %5.1 ރައްޔަތުން އެދަނީ އަޑުއުފުލަމުން... ޔަގީނުންވެސް ޖީ އެސް ޓީ ގެ ޕަސަންޓޭންޖެއް ތުރެން %0.1 ގިނަ.. އެހެންކަމުން މީނާ ނުހޮވެން ވިއެއްވެސް ހުއްޖަތެއްނެތް...
ހޫން
15 July 2018
ހޫން އަނެއްކާ އަނެއް މުގާބޭ އުފެދުނީ!
މަންސޫރު
14 July 2018
ކައްޕި މީނާގެ އެހީއަށް އެދޭނެހެން ހީވަނީ.
2050
14 July 2018
މިޔާމީންގެ ވެރިކަމުގައި އެކަނި 60 އަހަރުވީމާ އެމީހާ ގޭގައި މަރަށް އިންތިޒާރު ކުރަން ޖެހޭނީ