މާލެ: އޮގަސްޓް 4، 2018: ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން މ.ކުނޫޒުގައި ބޭއްވި ހާއްސަ ޖަލްސާގައި އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު /މިހާރު
04 އޯގަސްޓް 2018 - 10:32
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މާލޭގައި ގޭގެއަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމަށް ނުކުންނެވުމަށް ފަހު "މިހާރު" ން ކުރި ސުވާލަކަށް އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިހާތަނަށް މާލޭގައި ބޮޑު ހަރަކާތެއް ބޭއްވުމުގެ ހުއްދަ އަށް އެދިފައިނުވާނެ ކަމަށެވެ.
"އަދި އަޅުގަނޑުމެން މާލޭގައި އެއްވުމެއް ބާއްވާކަށް، ޖަލްސާއެއް ބާއްވާކަށް ނޭދެން. އެދުނީމަ ވާ ގޮތެއް އެނގޭނީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އެކަން އެނގިގެންދާނެ. އަދި މިހާތަނަށް އަޅުގަނޑުމެން މަގުމަތީގެ އެއްވެސް ހަރަކާތެއް ހިންގާފައެއް ނޯންނާނެ. އުއްމީދަކީ ހުރިހާ ޕާޓީތަކަށް އެއްވަރަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހޯމް މިނިސްޓްރީ އަދި އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދިނުން،" އިބޫ ވިދާޅުވި އެވެ.
އިބޫ އެހެން ވިދާޅުވި އިރު ރިޔާސީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ޖުލައި، 11، ގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަމުރުކޮށްފަ އެވެ.
މީގެ އިތުރުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ އިންތިޚާބަށް ކުޑަ ދުވަސްކޮޅެއް އޮތް ނަމަވެސް އަމާޒަކީ ވީހާ ވެސް ގިނަ ރައްޔިތުންނާ ސީދާ ބައްދަލު ކުރެއްވުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ވޯޓުލުމާ ދެމެދު މި އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނާ ބައްދަލުކޮށް، އެ ރައްޔިތުންގެ އިހުސާސްތައް ދަނެގަނެ މިހާރު ބޭނުން ވަނީ އަދި ދަތި ވަނީ ކޮން ކަންތައްތަކެއްތޯ ބަލައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ހާސިލް ކުރުމަށްޓަކައި ހިންގޭނެ ޕްރޮގްރާމްތައް އެކުލަވާލުން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓުންނަށް ހިމާޔަތް ދިނުމަށް ބަންޑާރަ ނައިބު އަންގަވާފައި އޮތް ނަމަވެސް ފުލުހުން ބުނެފައި ވަނީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭނީ މި އޯގަސްޓް، 18ގައި، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން ކަމަށެވެ.
ދައުލަތުގެ ޕަބްލިކް ސާވިސް މީޑިޔާ އިން ވެސް ބުނެފައި ވަނޫ އިދިކޮޅު ފަރާތްތަކަށް އެއާޓައިމް ލިބޭނީ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން ކަމަށެވެ.
ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާ ދުވަހުން ފެށިގެން އެ މީހުންނަށް ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި 12 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ މީޑިއާ އިން ކެންޑިޑޭޓުންނަށް ހިލޭ އެއާޓައިމް ދޭން ޖެހޭނެ ކަމަށެވެ. ގާނޫނުގައި އެހެން ބުނެފައި އޮތް ނަމަވެސް ބަންޑާރަ ނައިބު އަނިލް ސޮއިކުރައްވައި ހޯމް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ޕީއެސްއެމް އަދި ފުލުހުންނަށް މިދިޔަ މަހު ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ "އިންތިޚާބާ ގުޅޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން ރަސްމީކޮށް އިޢުލާން ކުރެއްވެންދެން ވެސް" ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތު ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލުވާ
05 August 2018
ތިޔަ އަނިލް ތީ އީޔޫ އަށް ދައްކަން ކުރި ކަމެއް. އޭނާ ވަކި އެބައުޅޭތަ ޕޮލިހުން ނުވަތަ ޕީއެސްއެމުން ނުކުރާނެ ކަމެއް ކުރުވާކަށް. ކޯޓުތައް މިނިވަންވާހެން ހުރިހާ ކަމެއްވެސް. އެއޮތީ ބުނެފައެއްނުން އެކަމަކު އެއީ ވަކި މުވައްސަސާ ވީމަދެން އަނިލް ގެ ބަހެއްނާހާނެއްނު ދޯ
ޝޮކްތެރަޕީ
05 August 2018
އިބޫގެ ފޮޓޯ ނުހިއްޕަ ގައިދީންގެ ފޮޓޯ ހިއްޕީމަ ކިހިނެއްތަ އިބޫ ހޮވޭނީ މިހާރުވެސް އެހެރީ އިބޫކުރާކަންތަ.
falaku ain
05 August 2018
ކެމްޕެއިން ކުރުމުގެ ފުރުޞަތެއް އިސްތިހާރެއް ހިއްޕުމުގެ ފުރުޞަތެއް އިބޫއަކަށް ސިފައިންނާއި ފުލުހުން ދޭނޭކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް.
މަދިރި
04 August 2018
ކާކު ހުރަސްއެޅީ ދޭބަލަ. މިހާރު ދިވެހިންގެ މަދުބައެއް ކޯޅޭޝަން ފަހަތުން ދުވަނީ.ސިހުރު ދަނީ ބާތިލުވަމުން. ބޮޑިބަތް ކޮޅެއް ނުބަހާތަ؟ތިހާ ސަޕޯޓް ދައްވާއިރު.
އަށްޑޫ މީހާ
04 August 2018
މި ސަރުކާރަކަށް އެއްވެސް އުންމީދެއް ކުރާނެކަމެއް ނެތް، ޔަގީން ނުދޭނެކަން. އެކަން ފުލުހުންގެ ފަރާތުންވެސް މި ފެންނަނީ. ކެންޕެއިންގަ ބޭނުންކުރާ ޕޯސްޓަރުތަށް ނައްޓުވަން މި ދަނީ ފުލުހުން ޔުނީފޯމްގަ. ލަދުވެތި ކަމެއް އަދި ދެރަ ކަމެއް މީ ފުލުންކަމުގައި ވިޔަސް. އިރާދަ ކުރެއްވިއްޔާ މި ނުބައި ނުލަފާ ވެރިންގެ ކިބައިން އިސާހިތަކު މި ގައުމު ސަލާމަތްވާނެ.
އަފޫ ލެވަޓަން
04 August 2018
ރިޔާސީ އިންތިހާބަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެކަމާނެދު ދިވެހިން ސައްކެއްނުކުރޭ ވަރައްސާފު ... ތާއިދުނެތީމަ އެވާހަކަ ދައްކަން ލަދުން ދޮގުވާހަކަ ދަކަނީ....
އުވާލަންވީ
04 August 2018
ހަމްދަރުދީގެ ވޯޓުހޯދަންވެގެން ޖައްސާގޭމެ... ކުއްވެރިންގެ ފޮޓޯޕްރޮމޯޓު ކުރުމަކީ ގާނޫނީ ކުށެއްކަންނޭގޭމީހަކު 25އަހަރުގާނޫނުހަދަން މަޖުލިހުގައިނީމަ ކިޔަންވީއެތިނޭގިގެންމއުޅެނީ... ބޭނުމަކީ ފުލުހުންލައްވާ ތިކަންހުއްޓުވަން... ބޭރުދުނިޔެއަށް ވިއްކަންވާހަކައެއްހޯދާ ފޮޓޯފޮނުވަން... އަސްލުމިފަހަރު ކެންޕެއިންކުރާކަށް އިދިކޮޅުން ބޭނުމެއްނުވާނެ.... ބޭނުންވަނީ ސަރުކާރުން ތިމަންނާމެންނަ ފުރުސަތު ނުދިނޭބުނަން.... މިކަން ނުހުއްޓުވާފިނަމަ ބުނާނީ ކުރިން އައްނިގެފޮޓޯ ނެއްޓީކީއްވެހޭ... މިއޮތީ ތިމަންނާމެން މޮޅުކަމުން ގައިދީން ބައިވެރިކޮއްގެން ކެންޕެއިންކޮއްފައޭ މީގަނެތް ރގަޅުއެއްގޮތް... އޮތީ އެއްމެގޮތެ.. މޑޕ އުވާލުން... އެއީ މިގައުމުގެ ހަމަޖެހުމަށް ކުރަންޖެހޭ އެކަމަކު ނުކުރެވޭކަމެ...
ައަދެދެ
04 August 2018
ހާދަވަރެއް ތިވަނީ. ޕާޓީއެއް ދިރުވާލިގޮތަށް ރައްޔިތުންގެ މިނިވަންކަން ވެސް ދިރުވާލަނީ ދޯ
Abdul Latheef
04 August 2018
އަސްލު ކެމްޕޭއިން ކުރަމުން ފުރުސަތު ދޭނެކަމަށް ބުނުމަކީ ވަރަށްހެއްވާކަމެއް. މިކަހަލަ ހެއްވާ ވާހަކަ މުޅިންވެސް ދައްކަނީ. ދޮޅު އަހަރުތެރޭ ފައިބަން މިޝަން ޙަވާލުވެގެންހުރެ ކޮންވާހަކަ އެއްދައްކާކަށްތަ؟ އަހަރުމެންގެ ވަގުތު ބޭކާރުކޮށް ތަރައްގީގެ މަޝްރޫޢުތަށް ހުއްޓުވާލަން މިތަނަށް ދަނޑިބާނާނެ ކަމެއްނެތް.
ކަކުނި އިއްބެ
04 August 2018
ގައިދީންގެ ފޮޓޯ ޖަހައިގެން ތިކުރަނީ ކެމްޕެއިނެއް ނޫން .
ތުނިޔަ
04 August 2018
ދެންމެ ޕީޕީއެމް އޮފީހުން ގުޅާފަ ބުނެފި ރީރެޖިސްޓްރޭޝަންގެ މުއްދަތު ސަތާރަވަނަ ދުވަހަށް އިތުރުކޮށްފިޔޯ! ވަރަށް އަވަހަށް އީސީން އެކަން އިއުލާން ކުރާނެޔޯ...މިއީ ހަގީގަތެއް ވިއްޔާ އިތުރަޢް ދައްކާނެ ވާހަކައެއް ނެތް!