މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މިނިސްޓަރު މުނައްވަރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
14 އޯގަސްޓް 2018 - 00:32
ފައިސާގެ ދަތިތަކާ ހެދި، މިހާތަނަށް ނިންމައި ނުލެވި ހުރި ރިސޯޓުތަކުގެ ވެރިންނަށް ލޯނު ދީގެން، އިގްތިސާދީ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިރޭ ރައްދު ދެއްވައިފި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ އިސް މެމްބަރު އިބޫ، ތ. އަތޮޅު ވޭމަންޑު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވަނީ ރިސޯޓް ހެދުމަށް މިހާރު 160 ރަށް ދޫކޮށްފައިވާ އިރު ފައިސާގެ ތާށިކަމާ ހެދި އެ ތަންތަން ނުނިމޭ ކަމަށެވެ. އެހެންވެ، އިދިކޮޅު ވެރިކަމެއްގައި ރިސޯޓުތަކުގެ ވެރިންނަށް ލޯނު ލިބޭނެ އެކި ގޮތްގޮތް ހޯދައި އެ ރަށްތައް މާކެޓަށް ނެރެވޭނެ ގޮތް ފަހި ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ވެރިކަން ކުރާ ޕާޓީން ޕީޕީއެމުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ، ރިސޯޓު ނުހެދިފައި ހުރި ފަރާތްތަކަށް ލޯނު ދޭ ވާހަކަ އަކީ މީގެ އެތައް އަހަރެއް ކުރިން ދެއްކުން ހުއްޓާލާފައިވާ ވާހަކަތަކެއް ކަމަށެވެ. ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކައި، ބޭންކުތަކުން ލޯން ދޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ސަރުކާރުން ކިހިނެއްތޯ ޕްރައިވެޓް ސެކްޓާ ވެންޗައަކަށް މިފަދަ ބޮޑު ލޯނު ދޭނީ؟ އަނެއްކާ މި އުޅެނީ އިތުރު ލޯން ސްޓާތަކެއް ތައާރަފް ކުރަންތޯ؟ މިއީތޯ އެބޭފުޅުންގެ އެޖެންޑާ އަކީ؟" އާންމުކޮށް ސިޔާސީ އެއްވުންތަކުގެ ޕޯޑިއަމުން ނުފެންނަ ކަމަށް ފާހަގަކުރެވޭ މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، ސަރުކާރަށް ދެވޭނީ އެސްއެމްއީ އާއި ގެޓްސެޓް ފަދަ މުހިންމު، ބޭންކިން ސެކްޓައަށް ނުދެވޭ ލޯނުތަކެވެ. އަދި ރިސޯޓުތައް ހަދަން، ބިލިއަނުން ފައިސާ ލޯނުގެ ގޮތުގައި ދިނުމުން، މަޝްރޫއުތައް ނުހިންގޭނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. -
"ކިހިނެއްތޯ ވާނީ ބިލިއަނުން ދޭން ފެށީމަ؟ އިގްތިސާދީ ޕްރޮޖެކްޓުތަކެއް ނުހިންގޭނެ. ހިންގޭނެތޯ ފެނާއި ނަރުދަމާ؟ ހިންގޭނެތޯ ބަނދަރު؟ ހިންގޭނެތޯ ހައުސިން ޕްރޮޖެކްޓު؟ ނުހިންގޭނެ،" އިބޫ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިއްސާއެއް ބޮޑުކުރާނީތޯ ނުވަތަ އަމިއްލަ ފަރާތްތަކުގެ ހިއްސާ ބޮޑުކުރާނީތޯ ނިންމަން ޖެހޭ ކަމަށެވެ. އަދި ދެ ކަމެއް އެއްފަހަރާ ކުރުމުގެ ގާބިލްކަން ސަރުކާރަކަށް ލިބިގެން ނުވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ އިގްތިސާދީ ސިޔާސަތަކީ ދޯހަޅި ސިޔާސަތެއް ކަން ފާހަގަ ކުރައްވައި، މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ކުރި ކަމަކީ ދައުލަތުގެ މުދާތައް ވިއްކުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އިގްތިސާދީ އެޖެންޑާ ތާކުން ތާކު ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މުނައްވަރު ސިފަ ކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އެޖެންޑާއަކީ "ތަންދޮރު ނުދަންނަ" އެޖެންޑާއެކެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖޭގެ އިގްތިސާދު ވަނީ ދިވެހިން ނުދެކޭ ފަދަ އެތައް ގުނައެއް އިތުރުވެގެން ގޮސްފަ އެވެ.
ރައީސް ޔާމީންގެ އިގްތިސާދީ ބަދަލުގެ ތެރޭގައި ފައްޓަވާފައި ހުރި ބޮޑެތި މަޝްރޫއުތަކަކީ މީގެ އެތައް އަހަރެއް ކުރިން، ފަށަށް ޖެހިފައި ހުރި މަޝްރޫއުތަކެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު ނުފެށި ލަސްވުމުގެ ސަބަބުން، އިގްތިސާދު ދުވެލި އެތައް ގުނައަކުން ލަސްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
- އިގްތިސާދު ފުޅާކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާ ކުރަން ޖެހޭ.
- އަމާޒަކީ 1.4 މިލިއަން ޓޫރިސްޓުންގެ ބަދަލުގައި ހަތް މިލިއަން ޓޫރިސްޓުން ގެނައުން.
- ބޮލަކަށް ޖެހޭ މިންވަރު ވަނީ، 5000 ޑޮލަރުން، 10،000 ޑޮލަރަށް އިތުރުވެފައި.
- އުންމީދަކީ ބޮލަޖަށް ޖެހޭ މިންވަރު 20،000 ޑޮލަރަށް އިތުރުވުން.
- ބޮލަކަށް ޖެހޭ މިންވަރު އިތުރުވާނަމަ، ރައްޔިތުންގެ ޖީބަށް ފައިދާވާނެ.
މުނައްވަރު ވިދާޅުވީ ޑޮލަރު ތިޔާގިވެގެން ދަނީ އިގްތިސާދުގެ ރަނގަޅު އެޖެންޑާތަކެއް ރައީސް ޔާމީން ފައްޓަވައި ދެއްވާފައިވާތީ ކަމަށެވެ. މި ސަރުކާރު އައި ފަހުން، އެމްއެމްއޭ އިން ލާރި ޖެހުން އެއްކޮށް ހުއްޓިގެން ދިޔަ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
"ކުރީ ސަރުކާރުގައި ކިހިނެއްތޯ؟ ލާރި ޖަހަމުން ގޮސް، ބޭރު ފައިސާގެ އަގު ވެއްޓިގެން ދިޔައީ. އެހެންވީމަ، މިހާރު އިގްތިސާދީ ބަދަލު ގެނައުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދަނީ. މިހާރު ނުޖެހޭ ޑޮލަރު ކިއުތަކެއް. މިހާރު ޑޮލަރު ތިޔާވިގެން ދަނީ. ޑޮލަރު ވަންނަވަރު އިތުރުވެގެން ދަނީ. އެއީ އިގްތިސާދީ ޓްރާންސްފޯމޭޝަނެއް ހުރުމުގެ ސަބަބުން. އެހެންވީމަ، ރައްޔިތުންނަށް އޮޅުވާލަކަށް ނުޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދާލު
14 August 2018
ކަލޯ ހަމަތަ؟؟؟؟ ޕަޕެޓް
ފުދިއްހެ
14 August 2018
މީކީ މޮޅުވާހަކައެއްނޫން އިބޫބުއްޔަކަސް. ޢަހަރުންވީ މުއްސަންދިންނަ ލޯނުދީންގެން އުމީހުންނq މުއްސައްދި ކޮއްދޭން އޭރުން ރަށެއްގަ ހުރި ދެތިންމީހަކަ ޜޫމް ބޯއީގެ ވަޒީފާ ހޯދައިދޭން.
މޫސާމުނީރު
14 August 2018
ސަރުކާރެއް އަންނަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް، ސަރުކާރުން ޖެހެނީ ޓެކުސް ނަގައިގެން އިންފްރަސްޓްރަކްޗާ ޤާއިމުކުރަން، އަދި ޕްރައިވަޓް ސެކްޓަރަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، ބޮޑު އިޤްތިސާދެއް ބިނާކުރަން، ސަރުކާރުގެ ބަޖެޓަށް ވަންނަ ޓެކުސް ފައިސާއަށް ބަލައިގެން ގޮލަކަށް ޖެހޭ މިންވަރު އެނގުނަސް އެއީ އަސްލު ހަގީގަތެއްނޫން، ސަރުކާރުގެ އެކައުންޓަށް ބިލިއަނުން ވަނަސް އެފައިސާ ބޭރުގެ ކުންފުނިތަކަށް ލިބޭގޮތަށް ބަހާލެވެންޏާ އޭގެ ފައިދާ ދިވެހިންނަށް ނުކުރާނެ. އެކަން މިސަރުކާރުން ކުރަނީ ކަޓްޖެއްސުމަށް، ޕްރޮޖެކްޓް ހިންގަނީ ކަޓްޖެއްސުމަށް، ދުރުރާސްތާ ޕްލޭނެއްގެ ދަށުން ރައްޔިތުންނައްޓަކައި ދެމެހެއްޓެނިވިގޮތަކަށްނޫން
އަލިފް ހ
14 August 2018
މި ކާރު ކަންތައްތައް ކުރައްވަނީ ލޯނު ނުނަގާ ވެލި ނަގައިގެންތޯ؟
ދިއްދޫ
14 August 2018
މިސަރުކާރުން ތިޔަކަމާއި ދެކޮޅުވާނެ، އެކަމަކު މަސްވެރިންނަށް ޑެބިޓްކާޑު އޯކޭ، ދުވަސްވީ މީހުންނަށް 5000 ރުފިޔާ އޯކޭ، ފުޓްސަލް ދަނޑުތަކާއި ޕާކުތަކަށް އިންވެސްޓްކުރުން އޯކޭ، ބުރިޖުމަތީގައި ކާވެނިކުރަން ވެޑިންގް ޑްރަސް އަދި މޭކަޕް ފައިސާދޭން އޯކޭ، އާޓިފިޝަލް ބީޗް ހަދައި އަމިއްލަ ބަޔަކަށް ބިމެއްދީ އެތަން ހަދަން ސުވަރިންގ ގެރެންޓީދޭން އޯކޭ، އެކަމަކު މިފިނޭންސް މިނިސްޓަރު ހަމަ އެކެއްޗެކޭވެސް ވިދާޅުނުވޭ
ސިއްދީގު ހޯމޭ
14 August 2018
ބަލަ އެހެރަ 25 ބުރީގެ އިމާރާތް ވެސް ނުފެންނަނީތަ. މިއައީވެސް މެޑިލަޗެކަޕް އަކަށް ސިންގަޕޫރަށް ޖައްސާލަފަ މި ދިވެހިން މިއަދު ކުރިއަރާތިބި ވަރު ސާބަހޭ ރައީސް
ރިޔާޒު ރަސީދު
14 August 2018
އެމްޑީޕީ ސަރުކާރު އޮތް މަގޭ އަތުގަވެސް އެއްވެސް އެއްޗެއްނެތް. އެކަމަކު މިސަރުކާރު އައި ފަހުން ފަސް ތެޔޮބާޖާއި ހުޅުމާލެއިން ގޯޗެއް ގަނެގެން ބުރިބުރި އަށް ހަދައިވެސް ނިމިއްޖެ. މީ ކުރިއެރުމެއް ނޫންތަ؟ ނުފެންނަނީތަ
ދެން އަތް ޖަހާ
14 August 2018
އެއާޕޯޓް ފުޅާކަމުން މިއަދުވެސް އެއޮތީ ޓާމިނަލްގައި ކޯރު ހެދިފައި. މުޅި ސޯޝަލް މީޑިއާގައި އޭގެ ފޮޓޯއާ ވީޑިއޯ. 5 އަހަރުވީ އެއަރޕޯޓު ތަރައްގީ ކުރަނީ އޭ ކިޔާތީ؟ ވާރޭ ހިޔާވާނެ ގޮތެއް ނެހެދޭއިރު ދެން ކޮން ތަރައްގީއެކޭ ތިކިޔަނީ މުނައްވަރު؟
އަސްތާ
14 August 2018
އިދި ކޮޅުގަ އެތިބީ މާތް ކަމުން ހުދު ފޮތި ކޮޅެއް ކަހަލަ ބައެއް
ޝިމްލާ ހައިލަމް
14 August 2018
މީގެ 30 ވަރަކަށް އަހަރުކުރިން ފަޅުރަށްތަށް އަމިއްލަ ފަރާތްކަށް ދިނީ ބީލަމެއްގެ ތެރެއިން އިވެލުއޭޓްކޮށްގެން އެއްވެސް އެޑްވާންސް ފައިސާއެއް ނުނަގައި، ބީލަމަށް ކުރިމަތިލާ މީހާ ކުރިމަތިލަނީ ބިޑު ފޮތެއް ގަނެގެން ބެންކު ގެރެންޓީއަކާއި އެކުގައި، އެއިރު ރަށްލިބުނީމަ ބެންކަށް ދެއްކުމުން ރަށް ބަލައިގަންނަނީ އިކުއިޓީގެ ގޮތުގައި ދެން ބެންކުން ފައިސާދޫކުރޭ އެތަން ހަދަން، ދެން އެތަނުން ލިބޭ ޓެކުހުން ސަރުކާރު ހިންގަމުން އައީ، މިހާރު އޮތްގޮތަކީ ރަށުގެ ކޮންމެ ހެކްޓަރަކަށް އެތަކެއް ހާސް ޑޮލަރު ދެނީ ކުރިއަށް، ދިނުމަށްފަހު އެތަން ހެދުމަށް ބޭނުންވާ ކޮންމެ ހުއްދައަކަށް ކަޓުގެ ގޮތުގައި ހާހުން ލައްކައިން ޑޮލަރު ދޭންޖެހޭ، އަދި އެގްރީމެންޓަށް ގެންނަ ކޮންމެ ބަދަލަކަށް ލައްކައިން ޑޮލަރު ނަގާ، ހިއްސާ ބަދަލެއް ނުކުރެވޭ ލައްކައިން ދީގެންނޫނީ، ދެން ރިސޯޓް ހަދަން ބެންކަށް ޕްރޮޕޯސަލް ވައްދާއިރު އޭނާއޮންނާނީ މީރާއަށް ޓެކުސް ދައްކަން ޖެހިފައި ރިސޯޓް ނުހުޅުވެނީސް، މިހާލަތުން އިބޫ އެއުޅެނީ އަރުވައިދޭން