ވިޔަފާރި / ބީއެޗްއެމް ޓްރޭޑާސް

ސިންގަޕޫރުގެ ފެންވަރު ރަނގަޅު އައުލް ކޮފީ ރާއްޖެއަށް

މިއީ ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް ކޮފީ. އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީ އަކީ ތާޒާކަމާ އެކު ބްރޫކޮށް ފަސޭހަކަމާ އެކު ތައްޔާރުކުރެވޭނެ ގޮތަށް ހުންނަ ޕްރޮޑަކްޓެއް.

އައުލް ކޮފީ ތައާރަފްކުރުމަށް އިއްޔެ ބޭއްވި ހަރަކާތުގައި އެ ކޮފީ ތައްޔާރުކޮށް ބަހަނީ.

06 އޯގަސްޓް 2016 - 13:09

3 comments

މިއީ ކޮފީއަށް ލޯބިކުރާ ދިވެހިންނަށް މުޅިން ތަފާތު ރަހައެއް ލިބޭނެ ކޮފީ އެކެވެ. މީގެ ކޮފީ ތައްޓެއް ތައްޔާރުކުރާނީ އެންމެ އިހުޒަމާނުގައި ވެސް އޭޝިއާގައި ކޮފީ ތައްޔާރުކުރުމަށް ބޭނުންކުރާ ފޮތި ފުރޭނި ފިލްޓާ ބޭނުންކުރުން އަސްލަކަށް ބަލައިގެންނެވެ. އެއީ ކޮފީ ފިލްޓާ ކުޑަ ބޭގެއް ބޭނުންކޮށްގެންނެވެ. މިގޮތަށް ފިލްޓާ ބޭގެއް ބޭނުންކުރުމުގެ ސަބަބުން ކެރަމަލައިޒްކޮށްފައި ހުންނަ ކޮފީ ބީންސްގެ ރަހަ އެންމެ ފުރިހަމަ ގޮތުގައި އެރޯމާއާ އެކު ކޮފީތަށީގައި ލާނެ އެވެ. މިއީ ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެއަށް އަލަށް ތައާރަފްކުރި ސިންގަޕޫރުގެ މަޝްހޫރު "އައުލް ކޮޕީތިއަމް ރޯސްޓް" އަދި "ގްރައުންޑް ކޮޕީ" އެވެ.

އައުލް ބްރޭންޑް ރާއްޖެއަށް އެތެރެކުރާ އަދި ޑިސްޓްރިބިއުޓްކުރާ ހަމައެކަަނި ކުންފުނި، ބީއެޗްއެމް ޓްރޭޑާސް އިން އައުލް ކޮޕީތިއަމް ރޯސްޓް އެންޑް ގްރައުންޑް ކޮފީ ތައާރަފްކޮށް، އާންމުކޮށް ދައްކާލަން ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ހަވީރު ވަނީ ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ. އެތަނުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި އާންމުންނަށް ހިލޭ ކޮފީ ބަހަމުން ދިޔައީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮފީ ގާޑިއާއަކުންނެވެ.

އައުލް ކޮފީ ތައާރަފްކުރުމަށް ބޭއްވި އިވެންޓަށްފަހު ބީއެޗްއެމްގެ އިސްވެރިން މީޑިއާ ބައްދަލުކުރައްވަނީ. ފޮޓޯ: ބީއެޗްއެމް

"ރާއްޖޭގައި އައުލް ކޮފީ ޕްރޮޑަކްސްގެ އެކްސްކްލޫސިވް ޑިސްޓްރިބުއުޓާގެ ހައިސިއްޔަތުން، އަޅުގަނޑުމެން ވަރަށް އުފާކޮށް ފަހުރުވެރިވަން ފިލްޓާ ބޭގްއަކުން ފަސޭހަކަމާ އެކު ކޮފީ ތައްޔާރުކޮށްލެވޭ ޕްރޮޑަކްޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޮންޒިއުމާސްއަށް ތައާރަފް ކުރެވުނީތީ. އަދި ހުރިހާ ބޭފުޅުންނަށް ވެސް ބާރުއަޅަން ހުރިހާ ފްލޭވާސްތައް ރަހަބަލާން އަދި މިތަފާތު ކޮޕީތިއަމް ކޮފީ ތަޖުރިބާކޮށްލަން،" ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ބީއެޗްއެމް އިން ބުނީ އައުލްގެ ބައިނަލްއަގުވާމީ އުފެއްދުންތަކުގެ ތެރޭގައި އޭޝިއާ އަށް ހާއްސަ އުފެއްދުންތަކުގައި ބޭނުންކޮށްފައި ވަނީ ފްރީޒްކޮށް ހިއްކައި ނުވަތަ ސްޕްރޭއިން ހިއްކާފައި ހުންނަ ކޮފީގެ ބަދަލުގައި ތާޒާކަމާ އެކީ ގްރައުންޑްކޮށްފައިވާ ކޮފީ ބޭނުންކޮށްގެން ކަމަށެވެ.

އައުލް ކޮފީ ތައާރަފްކުރުމަށް ހުޅުމާލޭގައި އިއްޔެ ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން. ފޮޓޯ: ބީއެޗްއެމް

"މިކޮފީގައި ގްރައުންޑްކޮށްފައިވާ އަރަބިކާ އަދި ރޮބަސްޓާ ކޮފީ ބީންސްތައް ހުންނާނީ އެންމެ އިހުޒަމާނުގައި ވެސް ކޮފީ ކެރަމަލައިޒްކުރާ ގޮތަށް ޗާކޮއިލް ބޭނުންކޮށްގެން ހަކުރާ އެކު ރޯސްޓްކޮށްފައި. ފަސޭހަކަމާ އެކު ތައްޔާރުކުރޭނެ ގޮތަށް މިކޮފީ ބަންދުކޮށްފައި ހުންނަނީ ހާއްސަ ފިލްޓާ ބޭގްސްގައި. މިފިލްޓާ ބޭގްސްގައި އެ ކޮފީއެއްގެ ރަހައަކާއި ގުޅޭ ގޮތުން ވަކި މިނަކަށް ކްރީމް އަދި ހަކުރު ވެސް ގްރައުންޑް ކޮފީއާ އެކު މިކްސްކޮށްފައި ހުންނާނެ،" އެ ކޮފީއާ ބެހޭ ގޮތުން ބީއެޗްއެމް އިން ބުންޏެވެ. ބީއެޗްއެމް އިން ތައާރަފްކުރި އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީގެ ސެލެކްޝަންގައި ހިމެނޭ "ކޮޕީ" އަކީ ކްރީމާއި ހަކުރާ އެކު ހިމެނޭ ކޮފީ އެކެވެ. އަދި "ކޮޕީ-އޯ ގައޯ" އަކީ ކަޅުކޮފީ ހަކުރާ އެކު ހިމެނޭ ކޮފީ އެކެވެ. މީގެ އިތުރުން "ކޮޕީ ސިއުޑައި"އަކީ ކްރީމާ އެކު ހަކުރު މަދުން އަޅާފައި ހުންނަ ކޮފީ އެކެވެ.

"އައުލް ކޮޕީތިއަމް ރޯސްޓް ހުންނާނީ ފަސޭހަކަމާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކުރެވޭގޮތަށް ފިލްޓާ ބޭގްސްގައި ޕެކޭޖުކޮށްފައި. ތައްޔާރުކުރުމަށް ހޫނު ފެންތައްޓަކަށް ފިލްޓާ ބޭގު ލުމަށްފަހު ތިން މިނެޓް ބެހެއްޓުމަށްފަހު ކުޑަކޮށް ގިރާލުމުން ރަހަމީރު ކޮފީތައްޓެއް ލިބޭނެ،" އެ ފިހާރައިން ބުންޏެވެ.

އައުލް ކޮފީ ތައްޔާރުކުރުމަށް އިއްޔެ ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ: ބީއެޗްއެމް

ކޮފީގެ އާ ރަހައާ އެކު ބީއެޗްއެމް ޓްރޭޑާސް އިން ވަނީ "ކެޗް ދަ އައުލް އެންޑް ވިން ފްރީ ގުޑީސް"ގެ ނަމުގައި ސޯޝަލް މީޑިއާ މުބާރާތެއް ވެސް ފަށައިފަ އެވެ. މި ހަރަކާތް މެދުވެރިކޮށް ކޮފީ އިވެންޓަށް އަންނަ ފަރާތްތަކުން އެތަނުގައި ނަގާ ފޮޓޯ ފޭސްބުކް ނުވަތަ ޓުވިޓާގައި OWLCoffeeMV ހޭޝްޓެގާ އެކު ޕޯސްޓްކޮށްގެން އައުލް ބްރޭންޑްގެ އިނާމެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. ސޯޝަލް މީޑިއާގެ މުބާރާތް ކުރިޔަށްދާނީ މިމަހުގެ 13ގެ ނިޔަލަށެވެ. އައުލް ކޮފީ ގާޑިއާ މާލޭގައި ވެސް ފިނިކޮށް އަދި ހޫނުކޮށް ހިލޭ ކޮފީ ރަހަބެލުމުގެ ހިދުމަތާ އެކު ސުނާމީ ބިނާ ކައިރީ ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު 4:00އިން 6:00އަށް އަދި މިމަހުގެ12 ވަނަ ދުވަހު ވިލިމާލޭގައި ވިލިމާލެ ޓާމިނަލް ކައިރިގައި ހަވީރު 4:00އިން 6:00އަށް އަދި 13 ވަނަ ދުވަހު މާލެ ބޮޑުތަކުރުފާނު މަގުގައި ވިލާ ކޮލެޖް ކައިރިގައި ރޭގަނޑު 8:00އިން 10:00އަށް ކުރިޔަށް ގެންދާ ގޮތަަށް ވަނީ ހަމަޖައްސައިފަ އެވެ.

އައުލް ކޮފީ ތައާރަފްކުރުމަށް އިއްޔެ ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން. ގިނަ އަދަދެއްގެ ބަޔަކު މި އިވެންޓްގައި ބައިވެރިވި. ފޮޓޯ: ބީއެޗްއެމް

ބީއެޗްއެމް އިން ބުނީ އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީގެ އެކި ރަހަތައް ކަމަށްވާ ކޮޕީ އަދި ކޮޕީ ސިއުޑާގެ ކާޓަންއެއް 1،080ރ. އަށް އަދި ހޯލްސޭލް ކުރާއިރު ކޮޕީއޯގެ ކާޓަންއެއް 1،180ރ. އަށް ލިބެންހުންނާނެ ކަމަށެވެ. އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީ ރާއްޖޭގެ އެކި ސުޕާމާކެޓްތަކުންނާއި ފިހާރަތަކުން އިއްޔެއިން ފެށިގެން ދަނީ ވިއްކަމުންނެވެ.

3 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 7%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮފީގެރަހަ

06 August 2016

ސިންގަޕޫރުގެ ކޮޕީ ނޮބޮވިގެނެއްނޫނޭ މިއުޅެނީ ރާއްޖެތެރޭގެ މީހުން އެއުޅޭ ނިކަމެތި ހާލު އިހުސާސްވޭބާ؟ މަސް ނުބާނާތާ މިވަނީ 6 މަސްދުވަސް ކޮބާ ދޭންބުނި ބެޔަސްނުބެޔަސް.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

06 August 2016

ލިޓިލް ސިންގަޕޫރަށް ރާއްޖެ ވާނެކަމުގެ "ބިއުޓިފުލް" ކުލަވަރު ބިއުޓިފުލް ސަރުކާރުން ގެނެސް ދޭނެ ކަމުގެ ކޮޅުމަތި ތިއޮތީ ފެނިފަ، ދެން އަވަހަށް ހަވާ އަރުވަމާ އުޅޭ.

The name is already taken The name is available. Register?

އުމަރު

06 August 2016

ސިންގަޕޫރަށް ބަދަލުވެތި ނިމުނީ. ޔާމީނަށް ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454