ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވި މެމްބަރުން.--ފޮޓޯ:އެމްޕޮލޯއިމަންޓް ޓްރައިބިއުނަލް
07 އޯގަސްޓް 2016 - 11:34
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އެ ޓްރައިބިއުނަލްގެ މެމްބަރު ކަމުގައި ހުންނެވި ހުސެއިން ފާއިޒު ރަޝާދާއި ނައިބު ރައީސްގެ މަގާމަށް އިސްމާއިލް އަހުމަދު މިދިޔަ ބުރާސްފަތި ދުވަހު ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.
ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މި ދެ ބޭފުޅުން މި އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އިދުރީސް އިސްމާއީލް އަދި ނައިބު ރައީސް އަބްދުﷲ އަލީ މިދިޔަ ޖޫން 27 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ޜިޝްފާ (ވ) އަދި ޒާލިފް.---ފޮޓޯ: ރައީސް އޮފީސް
ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ވެސް ދެ މެމްބަރުން އައްޔަންކުރައްވާފައި ވެ އެވެ. އެއީ ރ. އަލިފުށީ، ނިއޯލައިން، މަރިޔަމް ރިޝްފާ އަދި ގެމަނަފުށީ، އޯކިޑުމާގޭ، އާދަމް ޒާލިފް އެވެ. ޒާލިފަކީ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީ
07 August 2016
ޒާލިފް އަކީ ޖަސްޓިސް ސްޓަޑީޒް އިން މަތީ ތަޢުލީމް ހާޞިލްކޮށްފައިވާ ޤާބިލު، މި މަޤާމަށް އެކަށީގެންވާ މީހެއް.. މަރުހަބާ ޒާލިފް.
ސިރާޖް
07 August 2016
މިހުރިހައި މަގާމުތަކަކީ ހިޔާލު ފާޅުކުރުމާ ބެހޭ ބިލާގުޅިގެން ދެވުނު މަގާމުތަކެއް، އެބިލައް ވޯޓް ހޯދަން ސަރުކާރުން ހިންގި ޖަރީމާއެއް، ތިޔަ ހުރިހައި މަގާމުތަކަށް ހޮވުނު މީހުންގެ މީހެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނޭނެ
ފަރީދު
07 August 2016
ތިޔައީ މެންބަރުންނަށް ދިން ހަދިޔާއެއް، އެހެންވެ މެންބަރުން ވޯޓްދެނީ
ފޫހި
07 August 2016
ތިޔަތާގެ މިނިވަންކަންވެސް ކަފުން ކުރީ. ވަﷲ އަޢުލަމް.
މުސްތޮ
07 August 2016
މިކަހަލަ ހަބަރު ގެނެސް ދޭއިރު އައްޔަން ކުރެވުނު ބޭފުޅުންގެ ވަނަވަރު ގެނެސްދިނުން މުހިންމު. އެހެނޫނީ އެނގެނީ ހަމަ އެކަނި ނަންތަކެއް.