ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

"ތަޖުރިބާކާރު ކޯޗު" އެދެނީ އެހެން ކޯޗުން އޭނާގެ ބަސް އެހުމަށް

ރާއްޖޭގައި މަސައްކަތްކުރާ ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކޯޗަކީ އޭނާ ކަމަށާއި އެކަމަކު މައްސަލައަކީ އޭނާ ދައްކާ ވާހަކަ އެއްވެސް މީހަކު އަޑުނޭހުން ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަމަށް ގައުމީ ޓީމަށް ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

ސެގާޓް ބުނީ އެ މުބާރާތް ކާމިޔާބުކުރުމަށް ފަހު ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަންތައްތައް ކުރަން ދިވެހި ހުރިހާ ކޯޗުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ރާއްޖޭން އެންމެ ފުރަތަމަ ސަރަހައްދުގެ ޗެމްޕިއަންކަން ހޯދީ 2008 ވަަނަ އަހަރު އެވެ. އެ ކާމިޔާބީ އަށް ފަހު ރާއްޖެ އަށް އެ ތަށި އަލުން ހޯދަން 10 އަހަރުގެ އިންތިޒާރެއް ކުރަން ޖެހުނެވެ. އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެ، މި ފަހަރުގެ ސާފް ކާމިޔާބުކުރި ދިވެހި ޓީމުގެ އެވްރެޖް އުމުރަކީ 23.7 އަަހަރެވެ.

މިހާރު މި އޮތް ޓީމަށް ވެސް އަދި ކުރިއަރަން ތިބި ކުޅުންތެރިންނަށް ވެސް ގޮތްތަކެއް ހޯދައިދެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

"އަހަރެމެން ޖެހޭނެ މި ކާމިޔާބީން ގެނެސްދެނީ ކޮން ބަދަލެއްތޯ ބަލަން. ދިވެހި ކޯޗުން އެބަޖެހޭ އަހަރެން ދައްކާ ވާހަކަ ވެސް އަޑުއަހަން. (މިތަނުގައި ތިބި މީހުންގެ ތެރެއިން) އެންމެ ތަޖުރިބާ ބޮޑު ކޯޗަކީ އަހަރެން. އެކަމަކު އެއްވެސް މީހެއް އަހަރެން ދައްކާ ވާހަކަ އަޑެއް ނާހާ. މިކަން ބަދަލުކުރަން ޖެހޭ،" ސެގާޓް ބުންޏެވެ.

"ކޯޗުންނަކީ ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ މުހިއްމު އެއް ބައި. ދިވެހި ކުޅުންތެރިންނަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ."

ގައުމީ ޓީމާ މާޗް މަހު ހަވާލުވުމަށް ފަހު ސެގާޓް ވަނީ ރާއްޖޭގެ ކްލަބްތަކުގައި ކުޅުންތެރިން ކުޅުވާ ސިސްޓަމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެފަ އެވެ. އޭރު އޭނާ ބުނީ ރާއްޖޭގެ ލީގުގެ މެޗުތަކުގައި ކުރިއަށް ކުޅޭ ކުޅުންތެރިންނާއި ފަހަތަށް ކުޅޭ ކުޅުންތެރިންނާ ދެމެދު 70 މީޓަރުގެ ދުރުމިން ހުންނަ ކަމަށާއި އެގޮތަށް ކުޅެގެން މޮޅެއް ނުވާނެ ކަމަށެވެ. ސެގާޓްގެ ނަޒަރުގައި ރާއްޖެ އަށް އެންމެ ފައިދާ ބޮޑީ ފިޒިކަލީ ކުޅުންތެރިން ރަނގަޅުކޮށް ހައި ޕްރެސިން ގޭމަކަށް ކުޅުންތެރިން ތައްޔާރުކޮށްގެންނެވެ.

އެ ވާހަކަތަކަށް ދިވެހި ކޯޗުން އޭރު ރައްދުދިނެވެ. އެގޮތުން އެ ކޯޗުން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ޕްރެކްޓިސް ކުރަން ފުލް ޕިޗެއް ނުލިބުމެވެ. ދަނޑުގެ އެއް ފަޅީގައި ޕްރެކްޓިސް ކުރާއިރު ލިބެނީ ވެސް މަދު ވަގުތުކޮޅެއް ކަމަށާއި އޭގެ ސަބަބުން ޓީމު އެންމެ ރަނގަޅަށް ތައްޔާރުކުރަން ދަތި ކަމަށް ކޯޗުން ބުނެފައިވެ އެވެ،

ރާއްޖޭން ސާފް ކާމިޔާބު ކުރިއިރު ކުޅުނީ ގިނަ ބަޔަކަށް ކަމުދާ ކަހަލަ ކުޅުމެއް ނޫން ކަމަށާއި އެ ކަމަކު ފުޓްބޯޅައިގައި ކުރިއެރުން ލިބޭނެ ފަދަ ކުޅުމެއް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

"މި ފަހަރުގެ ވޯލްޑް ކަޕް ފްރާންސުން ކާމިޔާބުކުރީ މާ ރީތި ފުޓްބޯޅައެއް ކުޅެގެނެއް ނޫން. އެ މީހުންނަށް ފައިދާހުރި ކުޅުމެއް ކުޅެގެން. ހަމައެގޮތަށް އަހަރެން ރާއްޖޭގެ ކުޅުންތެރިން ބައްޓަން ކުރަން ބޭނުންވަނީ މި ކުޅުންތެރިންނަށް ފައިދާހުރި ގޮތަަކަށް. ފަހަރުގައި އެންމެން އެގޮތަށް ހިތްހަމަ ނުޖެހިދާނެ،" ސެގާޓް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ އަނެއް މަސައްކަތަކީ ވަސީލަތްތައް ގިނަ ކުރުން ކަމަށާއި އެކަން ކުރެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމާބެހޭ ފަރާތްތަކަށް ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ. ސާފް ތަށި ފުރަަތަމަ ފަހަރަށް ހޯދި ޓީމާ މިހާރު އޮތް ޓީމާ އަޅާކިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އޭރާއި މިހާރު އޮތް ފުޓްބޯޅަ މުޅިން ތަފާތު ކަމަށް ވެސް އޭނާ ބުންޏެވެ.

12 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 3%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމަ333

22 September 2018

މޮޅު ކޯޗުންނަކީ މިއީ...އާދައިގެ ޓީމެއް ނުވަތަ އާދައިގެ ކުޅުންތެރިންތަކެއް ލައިގެންވެސް ކާމިޔާބު ހޯދަން އެނގުން އެއީ މޮޅު ކޯޗުންގެ ޒިންމާއަކީ...ދުނިޔޭގެ ބޮޑެތި ލީގުތަކުގަވެސް ފެނޭ ވަރަށް އާދައިގެ ޓީމެއް އަތުން އެންމެ މަޝްހޫުރު ޓީމުތަކަށްވެސް ލަނޑުލިބޭތަން...އެހެން އެވަނީ ގޭމް ޕްލޭން ރަނގަޅުވުމާއި އިދިކޮޅު ޓީމުގެ ކުޅުން ރީޑްކުރަން އެގުމާއި އެމީހުންގެ ކުޅުން ހުއްޓުވަން އެނގުން...މި ކޯޗު މިދެއްކީ މިފަހަރު އެކަންތައް...

The name is already taken The name is available. Register?

އިސްލާހު

21 September 2018

މީނާގެ ވާހަކަ މީހުން އަޑުނާހާ ސަބަބުތަކެއްވެސް އެބައޮތެވެ. ފުރަތަމަވެސް މީނާގެ ފަރާތުން ފެނުނީ ދިވެހި ފުޓްބޯޅައަށް ފާޑުކިޔަން ފެށިތަނެވެ. ނުވިތާކަށް އިތުރު އެކިފާޑުފާޑުގެ މައްސަލަތަށް ދިވެހި ޤައުމީފުޓްބޯޅަ ޓީމުގެ ތެރެއަށް ވެއްދިތަނެވެ. ފުރަތަމަ ދެއްކިވާހަކަޔާ ފަހުން ކަން ކުރިގޮތާ ދިމާނުވިމަންޒަރެވެ.

The name is already taken The name is available. Register?

ޅަަަaaޖ

21 September 2018

ކަމުނުދަންޏާ ފާޑު ވެސްކިޔާނެ.. ފާޑު ނުކިޔާހާ ރަނގަޅަށް ކަން ކަން ދާކަަމައްތަ ތިހީކުރަނި.. ފާޑު ކީމަ ފާޑު ކިޔާ މީހާމި ގޯސްވަނި...

The name is already taken The name is available. Register?

ޕުތަރަދީފް

20 September 2018

ސާފް ސުޒުކީ ކަޕް 2018 އަކީ ސެގާޓްގެ މާމޮޅު ރޭވުބްތެރިކަމެއް އޮވެގެން ނުވަތަ އޭނާގެ މޮޅުކަމަކުން ލިބުނު ތައްޓެއްނޫން، އެއީ ދިވެހި ގައުމީޓީމުގަ ކުޅެންތިބި ކުޅުންތެރިންގެ ހިންމަތާ މިންނަތުން އަދި ނަސީބުރަނގަޅު ކަމުން ކާމިޔާބުކުރެވުނު ތައްޓެއް. ގްރޫޕް ސްޓޭޖުގަ މެޗަކުން މޮޅުނުވިތާގަ ލަނޑެއްވެސް ނުޖެހުނު. ސެމީގަޔާ ފައިނަލުގަ މޮޅުވިޔަސް ޓީމު ޕްރެސަރަށް ވެއްޓި ކުޅުންތެރިން މޫނުހުރިދިމާއަކަށް ބޯޅަޖަހަމުން ދިޔައިރު ތިބުނާ މޮޅު ކޯޗު ވީތަނެއް ނޭގޭ

The name is already taken The name is available. Register?

އަސްލުހާލަތު

20 September 2018

ދެން ނަސީބަކުން ތައްޓެއް ލިބުނީމަވެސް ހާދަ ބޮޑާކަމެއް ތި ދައްކަނީ.. ބަލަ ރާއްޖެއަށް ތަށި ލިބުނީ ރާއްޖެ މާ މޮޅުވެ ފުޓު ބޯޅަ ކުރިއަރައިފަ އޮތީމައެއް ނޫން. އެހެން ޓީމުތަކުން ރާއްޖެ މާބޮޑަަށް އަންޑަ އެސްޓިމޭޓުކުރުމުން ހެދުނު މިސްޓޭކުތަކުން..

The name is already taken The name is available. Register?

ހާޖަރާ

20 September 2018

މީ ހާދަ ފޮނިކަނޑާ މީހެކޭ. ފުރަތަމަ ދެމެޗް ކުޅުނީ ތިބުނާ ކޯޗަކު ބުނިގޮތަށް، އެކަމަކު ފަހުގެ ދެމެޗް ކުޅުނީ ކޯޗުބުނިގޮތަކަށްނޫން. ކޯޗު މިކަމާ އެއްޗެއް ބުނެބަލަ ވަރަށް ވިސްނާލާފަ. އަހަރެންވެސް އުފާވޭ ކޯޗުގެ މޭސްތިރިކަމުގެ ދަށުގާ ނަމަވެސް ދިވެހި ގައުމީ ފުޓުބޯޅަޓީމަށް ރަންތަށި ލިބުނީމަ. އެކަމަކު ކޯޗުކަމާ ހަވާލުވީއްސުރެ ފޮނިކެނޑުންނޫނީ ނުފެނޭ.

The name is already taken The name is available. Register?

ރަދީފުލް އައްވަލް

20 September 2018

ކޯޗު އެބުނަނީ ތެދެއްހެން މަށަށް ހީވަނީ.

The name is already taken The name is available. Register?

ޚޮހީ

20 September 2018

ފިސާރިތެދެއް ބުނަން ؟؟ ކޯޗާ ޖައްސާލިމީހުން ޙާއްސަކޮށް އެއުޅޭ ގާޑިޔޯލާމެން ގެ ކުޑަވެސް ހެވެއް އެދުންނަމަ ޓީމަށް މަރުހަބާ ކިޔަން ކުރީ ސަފުގަ ތިބީސް ދަގޭވެސް ނުފެނުން؟؟ ެހެނެތްނޫން އިމްރާން އިއްސޭ. ޓޮމް ފަދަ ކުަލުންތެރިން ތިއްބަ ފެނުން..ކޯޗް ހަބޭސް

The name is already taken The name is available. Register?

އިއްސޭ

20 September 2018

ދިވެހި ފުޓުބޯޅައިގަ ބަނޑުއަޅައިގެން ތިބި ބައެއް ކޯޗުންނަށް، އައްމުކޮށް މިކަހަލަ ވާހަކަތައް ބަލައިގަންނަން އުދަގޫވޭ. ކިރިޔާވެސް ބަދަލެއް ގެންނަން މަސައްކަތްކުރާއިރަށް ބޮޑާހާކައިގަނޭ. ވިސްނާލަންޖެހޭ ކަމަކީ، މިއަދު ތިބި ގިނަ ދިވެހި ކޯޗުންނަނީ އިރާންއަތުން 17-0 ބަލިވި ޖީލުގެ ކުޅުންތެރިން. މިމީހުންނަށް ޒަމާނާއި އެއްގޮތަށް ފުޓުބޯޅަ ކުރިއަރުވަން އިނގޭނެތަ؟ އަދިވެސް ޕްރެކްޓިސްތަކުގައި ގެންގުޅެނީ އެދުވަސްވަރު ގެންގުޅުނު އުކުޅުތައް.

The name is already taken The name is available. Register?

ޑޯޑީ

20 September 2018

ބޯ ހަމަނުޖެހޭ މީހެއް. ޢެންމެ މުހިންމު ކަމަކީ ބައްސާމް ދިފާއު ކުރުން. ސެމީ އާއި ފައިނަލް ކުޅުނީ ސީނިއަރ ކުޅުންތެރިން ބޭނުންވި ގޮތަށް. ކޯޗު ހުރީ ނަމެއްގަ

The name is already taken The name is available. Register?

ޙެންޑި

20 September 2018

ޢަސްފާގު ބޭނުންވި ގޮތައް ކުޅުނީ. ކޯޗުކަން އަސްފާގަ ދޭންވީނުންދެން.

The name is already taken The name is available. Register?

މަ މޮޅު

20 September 2018

މިއީ ޔާމީނު ކަހަލަ ސޮރެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454