ރައީސް އަބްދުﷲ ޔާމީން
27 ސެޕްޓެމްބަރ 2018 - 14:38
ރާއްޖޭގެ ޓޫރިޒަމަށް ލބެމުން އަންނަ ކުރިއެރުންތައް ދަމަހައްޓައި، އެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އެންމެން އެކުގައި މަސައްކަތްކޮށް، ރާއްޖޭގެ ސުލްހަމަސަލަސްކަން ގާއިމްކޮށް، އެ އަޒުމުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާއިން މިއަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ [ޓޫރިޒަމް އެންޑް ދި ޑިޖިޓަލް ޓްރާންސްފޮމޭޝަން] ޝިއާރަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ޓެކްނޮލޮޖީއަށް އައި ބަދަލާއެކީ ޓޫރިޒަމް ވެސް ފުޅާވެ ކުރިއަރާފައިކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
ނޮވެމްބަރު 17ގައި ރިޔާސީ ދައުރު ނިމޭ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް ވާއިރު އެ އިންޑަސްޓްރީ ފުޅާކޮށް ތަރައްގީ ކުރުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މިދިޔަ ފަސް އަހަރު ކުރެއްވި މަސައްކަތާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 ރިޒޯޓް އަލަށް ހުޅުވައި، ހަތް ހޮޓެލް، އަދި 495 ގެސްޓްހައުސް ހުޅުވާފައިވާ ކަމަށެވެ. އެކަމަކު އެ މަނިކުފާނު 2013ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވައުދުވެވަޑައިގެންފައި ވަނީ ކޮންމެ އަހަރަކު ދިހަ ރިސޯޓު ހުޅުވާނެ ކަމަށެވެ.
މި ފަސް އަހަރުގެ ތެރޭގައި ހަތަރު ޑޮމެސްޓިކް އެއާޕޯޓް ހުޅުވާފައިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި އިތުރު ހަ ޑޮމެސްޓިކް އެއާޕޯޓުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެހެންކަމުން، މިކަން ކަމަކީ ރާއްޖެއަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ގައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެކެވެ. އަދި އަތޮޅުތަކަށް ޓޫރިޒަމް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި އާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމާއި ޓޫރިޒަމް ކުރިއެރުވުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމުގެ ކުރިއެރުމަށް ލިބޭ އިތުރު ބާރެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫން
28 September 2018
ޓޫރިޒަމް ކުރިއަރުވަން ގުޅެން މަޓީ ފަޑީގަތިބި މީހުންނާހުރެ ތިކަން ވާކަށްނެތް. ރާއްޖޭގެ ކުދި ޓްރެވަލް އެޖެންސީތަކެއް މިވޭތުވެދިޔަ ފަސްއަހަރުތެރޭ ބަނގުރޫޓުވެގެން ގޮސްފައިވޭ. ބޭރު އެޖެންސީތަކަށް އިސްކަންދީ ހެޔޮއަގުގައި ރޫމް ވިއްކައިގެންނާ ރިސޯޓު އޯނަރުން އަމިއްލަ ޓްރެވަލް އެޖެންސީހިންގާ ދިވެހި އެޖެންސީތައް އިނދަޖައްސާލީ. ސަރުކާރުންވެސް އަޅައެއްނުލާ. ރާއްޖޭގައި މިހިނގައިދިޔަ ފަހުގެ 3 ވެރިކަމުގައިވެސް އެކަންއޮތީ އެހެން.
ވާރޭގެޕަރީ
27 September 2018
ރިސޯޓު ހިއްސާ ދީފަ މަސްވެރިންގެ 10.000 ދީފަ ދަނޑުވެރިންގެ 8000 ދީފަ ހދ އަތޮޅުގަ ޓުވެރިޒަމް ގުޅާކޮއް 2 އަހަރުން ނިންމަންބުނި އެއާޕޯޓު ނިންމާފަ އާވައުދެއް ވީނަމަ ހޮވުނީސް ތީހަމަ އަމިއްލަޔައް ބުއިބޮނޑިޔެއް
ޟުހާ
27 September 2018
5 އަހަރުތެރޭ ކޮށްފައިވާ ކަންތައްތައް ކިޔަބަލަ އޮޅުވާލިޔަސް ބޮޑުވަރު
ސަންޕަތު
27 September 2018
ޓުއަރިޒަމުން ލިބޭނަފާނަގަނީ މަދުމީސްކޮޅެއް.ބޮޑުމަސައްކަތްކުރާމީހާ ލިބެނީ ލޯލާރިފޮއްޗެއް. ފުރިހަމަގޮތުގައި ދިވެހިންނަށްލިބެންޖެހޭ ހަމަ އަގުލިބިގެންނޫނީ ޓުައަރިޒަމްގެ ފައިދާ ދިވެހިންނަކަށްނެތް. ރަންގަޑެކޭހިލަގަޑެކޭ ވާނީ އެއްވަރު
މިލިޓަރީ
27 September 2018
ހެޔޮވިސްނޭ ކޮމްމެމީހަކައްވެސް އެގޭނެ ޓުއަރިޒަމް ހަލާކުކޮއްލަން އުޅުނީ އެމްޑީޕީކަން.
މަންޑޭލާ
27 September 2018
މަނިކުފާން ނޮހޮވުނަސް މަނިކުފާން މިޤައުމަ ގެނައިތަރައްގީ ދިވެހިން ގަބޫލުކުރޭ.
ޝޮކްތެރަޕީ
27 September 2018
ރައިސް ޔަމީންގެ ވެރިކަން ނިމުނީމާވެސް ދިވެހި ރައްޖެއަ ހެވެއްއެދެނީ. ރައިސް ނަޝީދު ދިޔައީ ރައްޖެ ބަދުނާމުކުރަމުން އަދި މިރައްޖެއަ ޓުއަރިސްޓުން ނައުމައްގޮވަމުން ދިޔައީ. އަދި މިހާރުވެސް އެދަނީ މިރައްޖެގަ ޓެރަރިސްޓުން އުޅެއޭކިޔަމުން ބަދުނަމުކުރަމުން.
ރަސްޓީ
27 September 2018
މަނިކްފާނު ވެރިކަމުގަ ނެތސް ﷲ ގެ ރަޙްމަތާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދާނީ ކުރިއަށް! މަނިކްފާނުގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ޒައާާމަތުގައިވެސް ދިޔައީ ކުރިއަށް! މާބޮޑަށް ކުރެޑިޓް ނަންގަވަން ނޫޅުއްވާ!
ޑރ ސަރަގު
27 September 2018
ސާބަހޭ ކުރީގެރައީސް
އައްޑޫ ބެއްޔާ
27 September 2018
ބްރޯ ތިކަން ބަލާނަން 17 ނޮވެމްބާރ ގެ ފަހުން. ހަނދާން ކުރާތިި މި ހަބަރު ސޭވްކޮށްފިން. ސްކްރީން ޝޮޓްވެސް ނަގައިފިން