ފިޒިކްސް އިން ނޯބެލް އިނާމު ލިބިވަޑައިގެންނެވީ ޑރ. ސްޓްރިކްލޭންޑް. --ފޮޓޯ:ވޯޓާލޫ ޔުނިވާސިޓީ
03 އޮކްޓޯބަރ 2018 - 12:09
ސްވިޑަން (އޮކްޓޯބަރު 3) - ވޭތުވެދިޔަ 55 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނޯބެލްގެ ފިޒިކްސްގެ އިނާމު އަންހެނަކަށް ލިބިއްޖެ އެވެ.
ކެނެޑާގެ ޑޮންނާ ސްޓްރިކްލޭންޑަކީ ނޯބެލްގެ ފިޒިކްސްގެ އިނާމު ލިބިވަޑައިގެންނެވި ތިން ވަނަ ފަރާތެވެ. މީގެ ކުރިން ވަނީ 1903 ވަނަ އަހަރު މާރީ ކުރީ އަދި 1963 ވަނަ އަހަރު މާރިއާ ގޮއެޕާޓް-މާޔާ އަށް ފިޒިކްސްގެ ނޯބެލް އިނާމު ލިބިވަޑައިގެންފަ އެވެ.
ޑރ. ސްޓްރިކްލޭންޑާ އެކު މި އަހަރުގެ އިނާމު ހިއްސާކޮށްފައި ވަނީ އެމެރިކާގެ އާތާ އަޝްކިން އާއި ފްރާންސްގެ ޖެރާޑް މާރޫ އެވެ. އިނާމު ލިބިވަޑައިގެންފައި ވަނީ އެ ބޭފުޅުން ހޯއްދެވި ލޭޒާ ފިޒިކްސްގެ ދާއިރާ އިންނެވެ.
ފިޒިކްސްގެ ނޯބެލް އިނާމު އެންމެ ފަހުން ލިބިވަޑައިގެންނެވި އަންހެން ބޭފުޅާ ކަމަށް ޖަރުމަނަށް އުފަން އެމެރިކާގެ މާރިއާ ގޮއެޕާޓް-މާޔާ އަށް ލިބިވަޑައިގެންނެވީ އެޓޮމްގެ ނިއުކްލައިގެ ހޯދުންތަކަށެވެ. ޕޮލެންޑަށް އުފަން ފިޒިސިސްޓް މާރީ ކޫރީ އަށް 1903 ވަނަ އަހަރު އެވޯޑް ލިބިވަޑައިގެންނެވީ ރެޑިއޯއެކްޓިވިޓީގެ ދާއިރާތަކުން ހޯއްދެވި ހޯއްދެވުންތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
03 October 2018
މަރުހަބާ ޖަޒީރާ ރާއްޖެ..
ކިހިނެތްވެ؟
03 October 2018
އެބޭފުޅާ ކުރެއްވީ ކޮންކަމެއްކަން ހާމަކޮށްލެއްވިނަމަ ވަރަށް ރަނގޅުވީސް ؟ ކިޔާ ނިމުނުއިރުވެސް ނޭނގުނު.
ލޮރާ
03 October 2018
ލޭޒަރ ފިޒިކްސް މަ ފުރެންޑް.....
އައްދުރޭ
03 October 2018
އަދި އެއްފަރު ވިދާޅުވެލައްވަންވީ ނު.
ޕުލީޒް
03 October 2018
އޭ މަންޖޭ.. މާބޮޑަށް ނުކިޔަވާ..އަންނަން އޮއެއް ޖީލުތަކުގެ ކުދިން ތިކަމުގެ ސަބަބުން ގޭނޭނީ...?
ފުންއަސަރު
03 October 2018
މަރްހަބާ ޑޮންނާ ސްޓްރިކްލޭންޑު.