ސައިކަލްތަކަކަށް ޕެޓްރޯލް އަޅަނީ: އެސްޓީއޯއިން މިއަދުން ފެށިގެން ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކޮށްފައި --ފޮޓޯ/މިހާރު
13 ނޮވެމްބަރ 2018 - 11:08
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮ ކޮށްފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް އެ ކުންފުނިން ވިއްކާނީ 11.19 ލާރި އަށެވެ. އަދި ޑީސަލް ލީޑަރެއް 11.99 ލާރިއަށް ލިބޭނެ އެވެ.
އެސްޓީއޯއިން މި ބަދަލު ގެނައީ މިދިޔަ މަހު ދެ ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑު ކުރުމަށް ފަހު އެވެ. އެންމެ ފަހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ތެލުގެ އަގު ބޮޑު ކުރިއިރު، ޕެޓްރޯލް ލީޓަރަކުން 42 ލާރި އަދި ޑީސަލް ލީޓަރަކުން 66 ލާރި ބޮޑުކުރި އެވެ.
އެހެންވެ، މިއަދާ ހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11:39 ލާރިއަށް އަދި ޑީސަލް ލީޓަރެއް 12.09 ލާރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
13 November 2018
ޔާމީން ވޯޓް ހޯދުމަށްޓަކާ ތެޅިފޮޅިގެން ނުނިމެނީސް ހުޅުވި ބްރިޖް މަތިން އެމްޕީއެލް އިން ދުއްވާ ބަސް ހިލޭ ދުއްވަނީ އެދިމާލުން މޫދުން ނަގާ ލޮނުއަޅައިގެން. . . . ސްޓެލްކޯގެ އިންޖީނަށްވެސް މޫދުން ހޮޅިގުޅާފަ ލޮނުއަޅަންފަށައިފިނަމަ މާލޭ މީހުނަށް ކަރަންޓް ހިލޭ ކޮށްލެވިދާނެ.
ތެޔޮބޯ
13 November 2018
ލީޓަރަކުން 2 ރުފިޔާ އަގު ބޮޑުކޮށްފަ ހެޔޮކުރާނީ 10 ލާރި އެވަރުންވެސް ބުނާނެ އަގުހެޔޮކޮށްދިނީމޭ ތެލަކީ ރައްޔިތުން އަތުން އެންމެ އަވަހަށް ފައިސާ ފެލާލެވޭނެ މަގަކީ އެހެންވިމަ ސަރުކާރުން ރައްޔިތުން ފެލާލާންބޭނުންކޮށްމެ ފަހަރަކު ތެލުގެ އަގު ބޮޑުކޮށްލާނެ
ބަރުބާދު
13 November 2018
ދެބުރައް 1.5 ރުފިޔާ އައްވުރެބޮޑައް ބޮޑުކޮއްފަ 20 ލާރި ކަނޑާލުން، ސަޅި ވަރައް ސަޅި، ކުރިހުރިހާ ވައުދެއް ހަމައެކަނި ބުރިޖައް ހުސް.
ހޫ ކެއާރްސް
13 November 2018
ކަލޯ؟ މީތި ލިޔެފަ އިން ގޮތުން އަގު ބޮޑުވީ ދޯ؟
ފިޔާޒު
13 November 2018
ކަލޯ! ތިއީ އެވެރިން އަބަދުވެސް ހަދާގޮތް!!!!