މޯލްޑިިވެސް ރެޑް ކްރެސެންޓްގެ ކޯޕަރޭޓް މެމްބަރަކަށް ވެ، 50،000ރ. އެތަނަށް ހަދިޔާ ކުރުމަށް ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ދިރާގު
16 އޯގަސްޓް 2016 - 13:06
ދިރާގުން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި މިއަދު ބައިވެރިވެ، މެމްބަޝިޕް ފީގެ ގޮތުގައި 50،000ރ. އެ ޖަމާއަތަށް ހަދިޔާކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިސަބެލް ހަޖްރީ ވިދާޅުވީ އިންސާނިއްޔަތަށް ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ރެޑް ކްރެސެންޓާ ގުޅުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ރެޑް ކްރެސެންޓުން ދިރާގަށް ދިން މި ފުރުސަތަށް ޝުކުރު އަދާކުރައްވަައި އޭނާ ވިދާޅުވީ ކުރިއަށް އޮތް ތާނގައި ވެސް ރެޑް ކްރެސެންޓުގެ މަސައްކަތްތަކަށް ދިރާގުން އެއްބާރުލުން ދޭނެ ކަމަށެވެ.
ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ކުރިއަށް އޮތް ތާނގައި އިތުރު ހިދުމަތްތަކާ އެކު ދެ ފަރާތުގެ ގުޅުން ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދިރާގަކީ އިންސާނީ ހިދުމަތުގައި އެހެން ކުންފުނިތަކަށް ނަމޫނާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދެ ހާހަށް ވުރެ ގިނަ ވޮލަންޓިއަރުންނާ އެކު ރާއްޖޭގެ 20 ރަށެއްގައި ރެޑް ކްރެސެންޓުން މައިގަނޑު ތިން ދާއިރާއަކުން ހިދުމަތް ފޯރުކޮށްދެ އެވެ. އެއީ ސިއްހަތާއި ދުޅަހެޅޮކަން އިތުރުކުރުމާއި ބޮޑެތި ހާދިސާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާއި ޒުވާނުންގެ ގާބިލުކަން އިތުރުކޮށް ބާރުވެރިކުރުމެވެ.
ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޖަމާއަތުގެ ވޮލަންޓިއަރުން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީސީ
16 August 2016
ތީ މާބޮޑު އެއްޗެއްތަ.. ތިވަރުގެ ބޮޑު ކުންފުއްޏަކުން ދޭން
ަެއައްޔަ
16 August 2016
ތީހަމަ ތެދެއް
އިބްރާހީމް
16 August 2016
މެންބަރޝިޕް ފީ އަކީ ހަދިޔާއެއްތަ؟ ނޫނީ ދައްކަންޖެހޭ އެއްޗެއްތަ؟