ލިޓަސްގެ ޝޯރޫމް: މައިންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ވަނީ ފަށާފައި | ފޮޓޯ: މިހާރު
03 ޑިސެމްބަރ 2018 - 12:17
ލިޓަސް އިން މައިންނަށް ހާއްސަ ކޮށްގެން 'ފިސާރި ކަނބަލުންނަށް' ނަމުގައި އެ ފިހާރައިން ވިއްކާ ސައިކަލަށް ހާއްސަ ޑިސްކައުންޓްތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ފިސާރި ކަނބަލުންނަށް ފެށި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ގަންނަ ސައިލަކަށް މައިންނަށް ލިބޭ ހާއްސަ ޑިސްކައުންޓްތަކުގެ ތެރެއިން އެއް ކުއްޖެއްގެ މައިންނަށް 1500 ރުފިޔާގެ ޑިސްކައުންޓެއް ލިބެ އެވެ. އަދި ދެ ކުދިންނާއި ތިން ކުދިންގެ މައިންނަށް 2500 ރުފިޔާގެ ޑިސްކައުންޓެއް ލިބެ އެވެ. ހަމަ އެގޮތުން ހަތަރަކަށް ވުރެ ގިނަ ކުދިންގެ މައެއް ނަމަ 3000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭ އިރު އެކަނިވެރި މައެއް ނަމަ، މި ހުރިހާ ޑިސްކައުންޓެއްގެ އިތުރަށް 1000 ރުފިޔާގެ ޑިސްކައުންޓެއް ދޭން ވަނީ ހަމަޖެހިފަ އެވެ.
"އަޅުގަނޑުމެންގެ އަބަދުވެސް އެއް ލަނޑުދަނޑިއަކީ އަންހެނުން ކުރިއެރުވުން. އަދި އާއިލާއަށްޓަކައި އަންހެނުން ކުރާ މަސައްކަތަކީ އެންމެން ވެސް ދެނެގަނެ، އޭގެ އަގު ވަޒަން ކުރަންވާނެ ކަމެއް،" ލިޓަސްގެ ސީނިއަ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
ލިޓަސް އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ބޭނުމަކީ މައިންނަށް ސައިކަލު ލިބޭނެ ފަސޭހަ ގޮތެއް މަގު ފަހި ކޮށްދީ، ދަރިންގެ ކަންތައަތަކުގައި އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ ގޮތެއް ހޯދައިދިނުން ކަމަށެވެ.
ލިޓަސް އިން މިއަދު ފެށި ޕްރޮމޯޝަން އަކީ ލިޓަސް އިން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ. އަދި މި އަހަރުގެ ޕްރޮމޯޝަން ވަނީ ޑިސެމްބަރު 31، 2018 އާ ހަމައަށް ކުރިޔަށް ގެންދަން ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާނު ބިންތު އަދުރޭ
03 December 2018
"ފިސާރި" ނޫނިއްޔާ މިތަނުން އެއްވެސް ޑިސްކައުންޓެއް ނުލިބޭނެ އުތަ؟