ޚަބަރު / ޝިދާތާ ޝަރީފް، ކުރީގެ ޖެންޑާ މިނިސްޓަރު

ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭ ހަރުދަނާ ނިޒާމެއް މުހިއްމު: މިނިސްޓަރު

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު، ދިރާގުން ބޭއްވި ރޯޑުރޭހުގައި ބައިވެރިވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މިންވަރު މަދު ކުރުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ނެރުނު ހިތޯބުގައި މިނިސްޓަރު ވިދާޅުވީ އެހެން މީހުންނެކޭ އެއްފަދައިން ޝާމިލްވެ އުޅުމުގެ މަގުތަނަވަސްކޮށްދީ އެ މީހުންނަކީ މުޖުތަމައުގައި ބާކީވެފައިވާ ބައެއްކަމަށް އިހުސާސްކުރެވޭނެ ޖާގަ މިހާރަށްވުރެ ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ.

އެމީހުން ބާރުވެރިކުރުވައި އަދި ބައިވެރިވުން އިތުރުކުރެވޭނެ ފަދަ ގޮތަކަށް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށާއި އެ އަމާޒުގައި މަސައްކަތް ކޮށްފިނަމަ އިޖުތިމާއީ ގުޅުންތައް މިހާރަށްވުރެ ވަރުގަދަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި މި މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ބޭނުންވޭ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު އެނގޭނެ ފަދަ ދަފްތަރެއް އެކުލަވާލުމަކީ ހާއްސަ އިސްކަމެއްދީގެން ހާސިލްކުރަންޖެހޭ ކަމެއް ކަމަށް ދެކެން،" މިނިިސްޓަރު ނެރުއްވި ހިތޯބުގައި ވެ އެވެ.

ތައުލީމީގޮތުން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިޔަވައިދިނުމަށް އެކަމަށް ގާބިލް ޓީޗަރުން ބިނާކުރުުމާއި ކިޔަވައި ދިނުމަށް ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަން ވެސް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި މަގުފަދަ ތަންތަން ހުންނަންޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ކަމަށާއި އަދި އާއްމު ހިދުމަތްދޭ އިމާރާތްތަކަށް ވެސް އެ ބަދަލު ގެންނަންޖެހޭ ކަން ހިތޯބުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

"މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އެ ފަރާތެއްގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަމަށް ބަލައި އެކަށޭނެ ވަޒީފާތައް ދިނުމަށް ހާއްސަ ސަމާލުކަމެއްދީ އެ ފަރާތްތަކަށް ރައްކާތެރި އަދި އިހުތިރާމް ލިބިގެންވާ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް ބޭނުންވޭ. ހަމައެހެންމެ ގައުމުގެ އިގުތިސޯދީ ނާރޭހުގައި މިފަދަ ފަރާތްތައް ޝާމިލްކުރުމުގެ ގޮތުން މަސައްކަތްތެރިކަމުގެ ބާޒާރުގައި މިފަދަ ފަރާތްތަކާ މެދު ހުރި ތަފާތު ކުރުންތައް ނައްތާލަން ބާރުއަޅަންޖެހޭ."

ގާނޫނާއި ގަވާއިދުތަކަށް ރިއާޔަތްކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، ހަމަހަމަ ފުރުސަތުތައް ހޯދައިދީ ހާއްސަ ރައްކާތެރިިކަން ފޯރުކޮށްދިނުމަށް ހުރިހާ ދާއިރާއަކުން އިސްނަގައިގެން މަސައްކަތްކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަންބުއްދި

04 December 2018

ކުޅެދޭ ހަމައިގަ ތިބި މީހުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ނުކޮށްދެވޭޢިރު ދެންކިހިނެއް ނުކުޅެދޭ މީހުންގެ ވާހަކަ މިދައްކަނީ.ކުރާކަންތަކަށްވުރެ ފޮނި ހިތާބެއް ދިނަކަސް ނުވާނެ

The name is already taken The name is available. Register?

މުހައިމިން

03 December 2018

"""ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ"""............... ކުޅިވަރުގެ ދާއިރާގަ އުޅޭމީހުންތެރެއިން ޤައުމީ ޓީމަށް ނޭރޭ މީހުން އެއީ ނުކުޅެދޭ މީހުން ކަމަށް ޤަބޫލް ކުރަން... އެއްމެނަށް އެލަވަންސް ދޭންވެއްޖެއްޔާ ބަޖެޓް ހާދަބޮޑުވާނޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454