ކުޅިވަރު

ކްރިކެޓް ތަރި ހަސަން އޮސްޓްރޭލިއާ އަށް ދިއުމަށް ފަންޑް ހޯދަނީ

ހަސަން (ކ) މެލްބަން ރެނެގޭޑްސްގެ ކޯޗާ އެކު އަދި މާލޭގައި ތަމްރީން ހަދަނީ.

ރާއްޖޭގެ ހުނަރުވެރި ކްރިކެޓް ކުޅުންތެރިޔާ ހަސަން އިބްރާހިމް އޮސްޓްރޭލިއާގައި ކުޅެން އަދި ތަމްރީން ހަދަން ދިއުމަށް ފަންޑް އެއްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހަސަނަށް ފުރުސަތު ލިބިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު ކަމަށްވާ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު ތަމްރީން ހަދާށެވެ. އަދި އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް ކުޅެން ވެސް ވަނީ ފުރުސަތު ލިބިފަ އެވެ.

މި އަހަރުގެ ކުރީކޮޅު ވެސް އެ ފުރުސަތުގެ ބޭނުން ހިފައި އަމިއްލަ ހަރަދުގައި އަދި ކްރިކެޓް ބޯޑުގެ ވެސް އެހީތެރިކަމާ އެކު އޭނާ އޮސްޓްރޭލިއާ އަށް ދިޔަ އެވެ. މި ފަހަރު ދިއުމަށްޓަކައި ފަންޑް ހޯދުމަށް ހަސަން ވަނީ ކްރައުޑްފަންޑިންގެ ދުނިޔޭގެ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ގޯގެޓްފަންޑިންގައި އޭނާގެ ޕްރޮފައިލް ޖަހައިފަ އެވެ. އެ ވެބްސައިޓް މެދުވެރިކޮށް އޭނާ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

Small Island Cricketer

Small Island Cricketer

I, Hassan Ibrahim, the former Captain of the Maldives National Cricket Team, am seeking sponsorship’s to cover the costs associated with an international training opportunity with the Melbourne Renegades (International T20 Franchise Team) in Australia. In addition to this, I will be playing for Carlton Cricket Club in Victoria Premier Cricket. Since starting my career in 1999, I have represented Maldives at various international cricket tournaments playing for the Under 15s, Under 19s and the National Cricket Team. Through my hard work and sheer dedication, I was appointed the captain-ship of the national team, to which I was first selected in 2006 as the youngest player, as well as being an influential part of the winning Team at the 2010 ACC Trophy Challenge in Thailand. I also had the honor of leading the first ever Maldives National Team in an International Cricket Council event earlier this year (ICC World T20 Qualifying) I have made history by becoming the first Maldivian cricketer to secure a professional contract to play outside of the Maldives, by playing in the Malaysian Premier League and Malaysian Cricket Association Inter-State Fast Track League 2016. Last year, I had my highest level of experience in club cricket, play for Carlton Cricket Club in the Victoria Premier Cricket and training with the Melbourne Renegades in Australia. My hard work and achievements in the international stage has been acknowledged in the Maldives, with the National Award of Recognition in Sportsmanship in the year 2012. My dreams and aspirations have not stopped at this. Currently I am training in the Maldives under the guidance of a world-class coach who has worked with international team such as Bangladesh, Zimbabwe and also top franchises such as Islamabad United and Adelaide Strikers. My aim is to be franchised cricketer at global cricket leagues. To achieve my goal, I believe this opportunity with the Melbourne Renegades will be the setting stone of my journey from a small island cricketer to a global cricket star.

GoGetFunding

އޭގައި އޭނާ ބުނެފައިވާ ގޮތުން ތިން މަސް ދުވަހުގެ މި ތަމްރީން ހެދުމަށް 4000 ޑޮލަރު (61،680ރ.) ބޭނުންވެ އެވެ.

"ކުރިން ދިޔައީ އަމިއްލަ އަށް ފަންޑް ހޯދައިގެން. މި ފަހަރު އެބަ ބޭނުންވޭ އެހީތެރިކަން،" ހަސަން ބުންޏެވެ.

މި އަހަރު އޭނާ އޮސްޓްރޭލިއާގައި ހެދި ތަމްރީންތަކާއި އަދި ކުޅުނު މެޗުތަކަށް ފަހު ހަސަން ބުނީ ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށެވެ. ހަސަން ބުނީ ތަމްރީންތަކުގައި އޭނާ އަށް އެ ކުޅުންތެރިންނާ ވާދަކުރެވުނު ކަމަށެވެ.

"ދެން އެހިސާބުން އުފެދޭ ސުވާލަކީ އެ ކުޅުންތެރިން ކީއްވެހޭ އެހާ މަތީ ފެންވަރެއްގައި އެ ކުޅެނީ. އަހަންނަށް ލިބުނު ޖަވާބަކީ ބުރަ މަސައްކަތޭ އޭގެ ސިއްރަކީ. ލިބިފައިވާ ހުނަރު ކުރިއަރުވަން ކުރާ ބުރަ މަސައްކަތާއި އެ ހުނަރު ބޭނުންކުރަން ކުރާ ބުރަ މަސައްކަތް،" ހަސަން ބުންޏެވެ.

ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަދެ އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަން އެ ފުރުސަތުގެ ބޭނުން އަނެއްކާ ވެސް ހިފަން ނިންމީ އެހެންވެ އެވެ.

"މަސައްކަތްކޮށްފިއްޔާ އެހިސާބަށް ދެވިދާނެކަމަށް ގަބޫލުކުރެވިއްޖެ. ހަގީގަތުގައި މި ދަތުރުން އަހަންނަށް ކުރި އެންމެ ބޮޑު ފައިދާއަކީ ވެސް އެއީ. ކުރިން އަހަރެން ދުށީ ހުވަފެނެއް. މިހާރު އެކަން ހާސިލްކުރެވިދާނެކަން ޔަގީންކުރެވިއްޖެ. އެކަމަކު އެއީ ވަރަށް ބުރަ މަސައްކަތް،" ހަސަން އޭރު ބުނެފައިވެ އެވެ.

ހަސަންގެ އުއްމީދަކީ އޮސްޓްރޭލިއާ ނުވަތަ އިންޑިއާ ފަދަ ގައުމެއްގެ ޓީމަކުން ޖާގަ ހޯދުމެވެ. އެފަދަ ޓީމެއްގެ ސްކައުޓެއްގެ ލޮލުގައި އޭނާ އަޅައިގަންނާނީ ވެސް އޮސްޓްރޭލިއާ ފަދަ ގައުމެއްގައި ތަމްރީން ހަދައިގެންނެވެ.

މީގެ ހަތް އަހަރު ކުރިން ރާއްޖެއާ ދެކޮޅަށް އޭސީސީ އެލީޓް މުބާރާތުގައި އަފްގާނިސްތާން ޓީމަށް ކުޅުނު މުހައްމަދު ނަބީ އަށް ރެނަގޭޑްސް ޓީމުން ފުރުސަތު ލިބި އަދި މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އިން ވަނީ ފުރުސަތު ލިބިފަ އެވެ. މީގެ އިތުރުން ނޭޕާލް ކުޅުންތެރިޔަކަށް ވެސް އައިޕީއެލް އަށް ވަނީ ޖާގަ ދީފަ އެވެ.

"އަފްގާނިސްތާނާއި ނޭޕާލަކީ ރާއްޖެއާ އެކު ވާދަކުރި ގައުމުތައް. މިހާރު އަފްގާނިސްތާން ކުޅެނީ ޓެސްޓް ކްރިކެޓް. އަފްގާނިސްތާނުގެ ނަބީ އަށް އެ ފުރުސަތު ލިބުނީ އައިޕީއެލް އިން،" ހަސަން ބުންޏެވެ. "ކީއްވެ ދިވެއްސަކަށް އެފަދަ ފުރުސަތެއް ވަކި ނުލިބެންވީ؟."

ހަސަނަށް އޮސްޓްރޭލިއާ އިން މިދިޔަ ފުރުސަތު ހޯދައިދިނީ އޭނާގެ ޕާސަނަލް ކޯޗު އޮސްޓްރޭލިއާގެ ޑީން ވުޑްފޯޑެވެ. ރާއްޖޭން ބޭރުގެ ޓީމަކަށް ކުޅުނު ދިވެހި ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް މިދިޔަ އަހަރު ކުޅުނު ހަސަނަށް އޮސްޓްރޭލިއާ އިން ޑީން ފުރުސަތު ހޯދައިދިނީ ވެސް އޭނާ ކުރިން ބުނެފައިވާ ގޮތުގައި ހަސަންގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެނުމުންނެވެ.

"އޭނާ ފެންނަނީ ވަރަށް ބޮޑަށް ކުރިއަރަން ބޭނުންވާ ކުޅުންތެރިއެއްގެ ގޮތުގައި. ހަގީގަތުގައި އަހަރެން އެ ފުރުސަތެއް ހޯދައިނުވެސް ދޭނަން އެ ކުޅުންތެރިއެއްގެ އަޒުމެއް ނެތިއްޔާ. އޭނާގެ ކިބައިގައި އަމާޒެއް އެބައޮތް އަޒުމެއް އެބައޮތް. އެހެންވެ މި ފުރުސަތު ހޯދައިދެނީ،" ބަންގްލަދޭޝް، ޒިމްބާބްވޭ އަދި އަފްގާނިސްތާން ގައުމީ ޓީމާއި ޕާކިސްތާނާއި އޮސްޓްރޭލިއާ ކްރިކެޓް ލީގުގެ ކްލަބްތަކާ އެކު މަސައްކަތްކޮށްފައިވާ ޑީން ބުންޏެވެ.

5 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެޔޮއެދޭ ފަރާތެއް

17 December 2018

ޙަސަނުގެ ބޭންކް އެކައުންޓް ނަންބަރު އެނގޭނެ ގޮތެއް ނުވަތަ ގުޅޭނެ ގޮތެއް ހަދައިދެނިކޮށް އަހަނަށް ދެވުނު އަދަދެއްގެ ފައިސާ ދޭނަމެވެ. ހަމަ އެގޮތަށް ފައިސާ ދޭންބޭނުންވާ އެހެންމީހުންވެސް ތިބޭނެއެވެ. މިގޮތަށްވެސް ފަންޑުކުރެވިދާނެއެވެ.

The name is already taken The name is available. Register?

ކުރިކެޓް

17 December 2018

ހަސަން އިބްރާހިމް 7730000032124.

The name is already taken The name is available. Register?

ތިމާވެށި

16 December 2018

މިއީ އަހަރުމެން ދައްކާ ވާހަކައެވެ. ބޭރުގެ އެހީ ހަރަދު ކުރާ ގޮތުގެ ތަފްސީލެއް ނުހުރެއެވެ. ވެރީން ޔޫރަޕައް ދާން ވީމަ ޖަމްއިއްޔާގަ ފައިސާ ހުރެއެވެ. ޒުވާނުން ބޭރުން ތަމްރީން ހަދަން ފޮނުވަން ވީމަ ފައިސާ އެއް ނުހުރެއެވެ. ވިޔަފާރި ވެރީންގެ އެހީ ވެސް އެސޯސިއޭޝަން ތަކުން ހޯދަން މަސައްކަތް ކުރާ ނަމަ ކޮންމެ ވެސް ވަރެއް ވާނެއެވެ.

The name is already taken The name is available. Register?

އޯޖީ

17 December 2018

ވިޔާފާރިވެރިން މަތިން ހަނދާން ނައްތާލާ. ފަޅު ސާފުކުރަން ނިކުތަން މައިލޯ ޕެކެޓް، ޔޭޔޭ ޕެކެޓް، ރާނީ ޖޫސްފުޅި، މިހެންގޮސް ކިޔާނެ ކަމެއްނެތް. އެކަމަކު މިއެއްޗެހި އެތެރެ ކުރާ ކުންފުންޏަކަށް ގޮވާލިޔަސް ސާފު ކުރުމުގެ އިވެންޓެއްގައި ސްޓާފަކު ބައިވެރި ނުކުރާ ހާލު އެހީއެއްވެސްދޭ ބައެއް ނޫން. އަމިއްލައެދުމުން ފޯވެފައިވާ ބަޔަކަށް ދެވޭނީ ކޮން އެހީއެއްތަ ؟

The name is already taken The name is available. Register?

ށަންޑޔ

16 December 2018

ކިރިކެޓައް ލޯބި ކުރާ މީހެއްގެ ހައިސިއްޔަތުން އަހަރެން ދެކިލާ ހިއްވޭ ރާއްޖެ ވޯލްޑް ކަޕުގާ ކުޅެލާތަން. ހަސަން އިބްރާހިމްގެ ހުވަފެން ހަގީގަތަކަ ވާނެކަމަ އުންމީދު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454