އާރްއާރް ޓޯކީން: އޭނާ މަރުވީ 1973 ގައި.
19 ޖެނުއަރީ 2019 - 07:20
"ދަ ލޯޑް އޮފް ދަ ރިންގްސް" އާއި "ހޮބިޓް" ފަދަ މަގުބޫލު ފެންޓަސީ ވާހަކަތައް ލިޔުނު ޖޭއާރްއާރް ޓޯކީންގެ ބައޮގްރަފިކަލް ޑްރާމާ "ޓޯކީން" އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އުމުރުން 81 އަހަރުގައި 1973 ގައި މަރުވި އިނގިރޭސި ލިޔުންތެރިޔާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމުޣާއި ޓޯކީންގެ ރޯލް ކުޅެފައި ވަނީ ނިކޮލަސް ހޯލްޓް އެވެ. އަދި އޭނާގެ އަންހެނުން އެޑިތު ބްރެޓްގެ ރޯލުން ފެނިގެން ދާނީ ލިލީ ކޮލިންސް އެވެ.
ޑޭވިޑް ގްލީސަން އާއި ސްޓެފެން ބްރެޒްފޯޑްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ޓޯކީން" ޑައިރެކްޓްކޮށްފައި ވަނީ ޓޮމް އޮފް ފިންލޭންޑް (2017) އާއި ހާޓް އޮފް ލަޔަން (2013) އަދި ލެޕްލޭންޑް އޮޑިސީ (2010) ފަދަ ފިލްމުތައް ގެނެސް ދިން ފިންލެންޑްގެ ޑައިރެކްޓަރު ޑޯމް ކަރޫސްކީ އެވެ.
ޓޯކީންގެ މި ފިލްމުގައި އޭނާގެ އެންމެ ޒުވާން ދުވަސްވަރުގެ ހާދިސާތަކާއި ލިޔުންތެރިއެއްގެ ގޮތުގައި އޭނާ ކިޔުންތެރިންގެ ހިތްތައް ފަތަހަ ކުރަމުން ދިޔަ ގޮތް ދައްކުވައި ދޭނެ އެވެ.
ފިލްމު "ޓޯކީން" ގައި ލީޑް ކުޅުނު ލިލީ އަދި ނިކޮލަސް.
އިނގިރޭސިވިލާތުގައި އުފެދުނު އެންމެ ކުޅަދާނަ ލިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓޯކީންގެ "ދަ ލޯޑް އޮފް ދަ ރިންގްސް" އާއި "ހޮބިޓް" އަކީ ފިލްމުތަކެއްގެ ގޮތުގައި ވެސް ގެނެސް ދީގެން، ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމުތަކެކެވެ.
އެ ވާހަކަތައް ހޯދި މަގުބޫލުކަމާ އެކު ޓޯކީން މަޝްހޫރުވެގެން ދިޔައީ ޒަމާނީ ފެންޓަސީ ވާހަކަތަކުގެ ބަފާގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy