ޕިއްޒާ ބޯނާގެ އައުޓްލެޓް--ފޮޓޯ:މިހާރު
22 ޖެނުއަރީ 2019 - 09:51
ޕިއްޒާ ބޯނާ އިން ހެޕީ އަވާ ޕްރޮމޯޝަން ފަށައިފި އެވެ.
މި ޕްރޮމޯޝަން ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގެ ތެރެއިން ސްކޮއާ ޕިއްޒާއެއް 99ރ. އަށް ލިބޭނެ ކަމަށް ޕިއްޒާ ބޯނާ އިން ބުނެ އެވެ.
ޑެލިވެރީ ކުރުމަށާއި ރެސްޓޯރެންޓްގައި ކެޔުމުގެ އިތުރުން ޓޭކްއަވޭ އަށް ވެސް މި އަގުގައި ޕިއްޒާ ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން މެނޫގައި ހިމެނޭ ހުރިހާ ޕިއްޒާއެއް ވެސް މި އަގުގައި ލިބޭނެ އެވެ.
ޕިއްޒާ ހެޔޮ އަގުގައި ލިބޭނީ ގުޅައިގެން ޕިއްޒާ އޯޑަރު ކުރާ ފަރާތްތަކަށެވެ. ޑެލިވަރީ ކުރުމަށް ހުޅުމާލެ ނަމަ ގުޅާނީ 3359779 އަށެވެ. މާލެ ނަމަ 3009779 ގުޅައިގެން ޕިއްޒާ އޯޑާ ކޮށްލެވޭނެ އެވެ.
ޕިއްޒާ ބޯނާގެ ހުރިހާ އައުޓްލެޓަކުން ހެޔޮ އަގުގައި މި ޕިއްޒާ ލިބިގެންދާ އިރު ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 28 ފެބްރުއަރީގެ ނިޔަލަށެވެ.
އެތަނުގެ ޕިއްޒާގެ ރަހަޔަށް އާންމުންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އިރު މިހާރު 35 އަށް ވުރެ ގިނަ ބާވަތުގެ ޕިއްޒާ ލިބެން ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
22 January 2019
ގުޅާނަން އިންޝާﷲ...އެކަމަކު ސްކޮއާ ޕިއްޒާ އެހާ މީރެެއްނޫން! ރައުންޑް ޕިއްޒާޔާ ތަފާތު ފުއްގަނޑު..އެކީތްވެ؟
މަލްބަރޯ ރީއިންކާރނޭޓަޑް
22 January 2019
ސްކޮއާ އޭ، ކޮން ސްކޮއާ އެއްތަ؟ އިސްކުޔަރ ނޫނީ ހަތަރެސް ކަން ޕިއްޒާ ކިއާބަލަ. ސްކޮއާ ޔޯ.