އެންޓި ކޮރަޕްޝަން ކޮމިޝަން
29 ޖެނުއަރީ 2019 - 13:56
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ އަނެއްކާ ވެސް ފަހަތަށް ހިނގައްޖެ އެވެ.
ގައުމުތަކުގައި ކޮރަޕްޝަން ހުރި މިންވަރު ދެނެގަނެ އެކުލަވައިލާ އެ ރިޕޯޓުގައި މިދިޔަ އަހަރު ރާއްޖެ ފަހަތަށް ދިއުމަކީ "ޑިމޮކްރެޓިކް މުއައްސަސާތައް ރޫޅިފައިވާ" ކަމުގެ ނިޝާނެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުންޏެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ނެރެނީ އެކި ދާއިރާތަކުގެ ރިޕޯޓްތަކާއި ދިރާސާތައް ބޭނުންކޮށްގެނެވެ. ކޮރަޕްޝަން އިންޑެކްސްގައި ދަށުން މާކްސް ލިބެނީ ކޮރަޕްޝަން އެންމެ ގިނަ ގައުމުތަކަށެވެ. މަތިން މާކްސް ލިބެނީ ކޮރަޕްޝަން މަދު ގައުމުތަކަށެވެ.
ރާއްޖެއާ ގުޅޭ ގޮތުން މިދިޔަ އަހަރު ކޮށްފައިވާ ދިރާސާތަކަށް ބަލައި ޓްރާންސްޕޭރަންސީން ދީފައި ވަނީ 31 ޕޮއިންޓުގެ ސްކޯ އެކެވެ.
މީގެ ދެ އަހަރު ކުރިން 2016 ގައި ރާއްޖެ އަށް ލިބިފައި ވަނީ 36 ޕޮއިންޓެވެ. އޭގެ ފަހުން 2017 ގައި ރާއްޖެ އަށް ދިނީ 33 ޕޮއިންޓުގެ ސްކޯ އެކެވެ. އެހެންވެ، 2018 ގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އަށް 31 ޕޮއިންޓުގެ ސްކޯއެއް ލިބުމުން އެއީ ފަސް ދަރަޖައިގެ ވެއްޓުމެކެވެ.
"[މިއީ] މިދިޔަ އަހަރުގެ ސީޕީއައިގެ ނަތީޖާ އަކީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ރޫޅިފައިވާ ކަމާއި އަތްނުފޯރާ ވަރަށް ކޮރަޕްޝަންގެ ވަބާ އަށަގެންފައިވާ ކަމުގެ ބިރުވެރި ނިޝާންތަކެއް،" ރިޕޯޓާ އެކު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުންޏެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ފަސް އަހަރުގައި އަސާސީ ހައްގުތައް ނިގުޅައިގަނެ، ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކޮރަޕްޝަން އިންތިހާ ދަރަޖަ އަށް މައްޗަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުންޏެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަން ނިގުޅައިގަނެ، މަޖިލީހާއި ޖުޑީޝަރީ ހިމެނޭ ގޮތަށް ދައުލަތުގެ މުހިންމު މިނިވަން މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ނަތީޖާ އަކީ އެއްވެސް ހުރަހަކާ ނުލައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔުން،" ޓްރާންޕޭރަންސީން ބުންޏެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެ އިން ހަތަރު ކަމެއް ކުރުމަށް ޓްރާންސްޕޭރަންސީން ވަނީ ގޮވާލައިފަ އެވެ. އެއީ:
- މިނިވަން މުއައްސަސާތައް ހަރުދަނާކޮށް ބާރުވެރިކުރުވުން.
- ކޮރަޕްޝަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށް ހުރި ހުރަސްތައް ނައްތާލުން.
- މަދަނީ ޖަމިއްޔާތަކަށް އެއްބާރުލުންދީ އެ ފަރާތްތައް ބާރުވެރިކުރުވުން.
- މީޑިޔާތަކަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމުގެ ސަގާފަތް ނައްތާލައި އަމާން މާހައުލެއް ގާއިމްކޮށްދިނުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީ
29 January 2019
ޔާމީނު ކަންތައް
މިހަކު
29 January 2019
މިދިޔައަހަރު ވެރިކަމްކުރި މީހެއްބަލާކަން ނުޖެހޭ މިހާރުހުރީއިބޫ އެހެން ވީމާ 7 މެންބަރުންގެ ކޮމެޓީއެއްއަވަހަންހަދާލާ އޭރުން ކޮމެސައް ބަލާނެމީހުންތިބޭނެ އަދި މި 7 މީހުންބެލުމަން 5 މީހުންގެކޮމެޓީ އެންނަގާނީ ދެންމި 5ބެލުމަން 3 މީހުންގެކޮމެޓީއެއްނަގާނީ ހާސްނުވޭ ޕާޓީގެހުރިހާ ކުދިންނަންބަހާލާ އެކަމަކު ލާރިކެއީޔާމީނު ކިހާހެއްވާ
މަންނާނު
29 January 2019
އެހެންނުންވާނީ އަމާބުނީތީ ފަރަށްދާ އުސޫލުން ހަދާފަހުންނަ ކޮމިށަންވިއްޔާ ދިވެހި ނިކަމެތި ޓެކުސް ފައިސާއިން ކުރެވޭ ބޭކާރު ޚަރަދެއްވިއްޔާ
އެންޓިކޮރަޕްޝަން
29 January 2019
އެންޓި ކޮރަޕްޝަން ކޮމިޝަން ކޮރަޕްޓްވީމާ ދެންވާނީ ކިހިނެއް؟
މެސީ
29 January 2019
ޝުކުރިއްޔާ އިބޫ. ކޮމެޓީ އެއް އުފައްދާ އަވަހަށް.
މޮޔަޔަ
29 January 2019
އިބަުތަ މިދިޔަ އަހަރު ވެރިކަން ކުރީ