އިންޑިއާގެ މަގެއްގެ މަތީގައި ގެރިތަކެއް އޮށޯވެލައިގެން. -- ފޮޓޯ: އޭޕީ
31 ޖެނުއަރީ 2019 - 07:25
އިންޑިއާގެ އާބާދީ އެންމެ ބޮޑު ސްޓޭޓްގައި ގެރީގެ އާބާދީ މާބޮޑަށް އިތުރުވެ، އެސޮރުމެންގެ ފަރާތުން ދަނޑުބިންތަކަށް ލިބޭ ގެއްލުން އިތުރުވުމުން، ގެރީގައި ބާކޯޑު ޖަހައި އެ އެއްޗެހި އުޅޭ ތަންތަން ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.
ހަރުކަށި ހިންދޫންގެ ވެރިކަމެއް އޮންނަ އުއްތަރަ ޕްރަދޭޝްގައި ވަނީ ގެރި ކަތިލާ ތަންތަން ބަންދުކޮށްފަ އެވެ. އެއާ އެކު ގެރީގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ މަގުމައްޗަށް ނިކުމެ އުޅޭ ގެރި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންވެ އެ ސްޓޭޓްގެ ސަރުކާރުން ކަމާބެހޭ އިދާރާތަކަށް މިހާރު އަންގާފައި ވަނީ ދަނޑުބިން ހުންނަ ހިސާބުތަކަށް ގެރި ދާ ނަމަ އެކަން ކުރިން ދެނެގަނެވޭނެ ގޮތަށް ބާކޯޑު ޖަހައި ޓްރެކް ކުރެވޭނެ ގޮތް ހަދާށެވެ. އަދި މީހުން ނޫޅޭ ފަޅު ގެތަކުން ގެރިއަށް ހިޔާވަހިކަން ދޭން ވެސް އަންގާފައިވެ އެވެ.
އުއްތަރަ ޕްރަދޭޝްގައި ގެރި ކަތިލުން 2017 ވަނަ އަހަރު މަނާކުރުމުން، ގެރި ގެންގުޅޭ މީހުން ވެސް އެއިން ކިރު ނުފެލޭ ހިސާބަށް ދިއުމުން ގެރިތަކަށް ކާންދޭން ދަތިވެ .އެސޮރުމެން ދޫކޮށްލަނީ އެވެ. އެހެންވެ ރަށުތެރެއަށް އެ އެއްޗެހި ގިނަވަނީ އެވެ.
މި މަހު ކުރީކޮޅު ދަނޑުވެރިންގެ ބަޔަކު ވަނީ ގެރިތަކެއް ސްކޫލެއްގެ ތެރެއަށް ވައްދައިފަ އެވެ. ނަތީޖާ އަކަށްވީ ކިޔަވަން ތިބި ދަރިވަރުން ކްލާހުން ނިކުމެ ބޭރުގައި ތިބެގެން ކިޔަވަން ޖެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރު
31 January 2019
ސާބަސް މީވާގަމާރުބައެއް ދޫކޮއްފަބަހައްޓީ ދުވަސްކޮޅަކުން މޯދީއަންނާނެ ހުރިހާގެރިތަކައް ކާންދޭން
ދާދޭ
31 January 2019
މާތް ﷲ ކަމަކަށް ނިންމަވާފައި އޮތް ނިންމެވުމަކާ ޚިލާފުވާ ގޮތަށް ކަންކަން އަމިއްލައަށް ނިންމާނަމަ އެކަމުން ގެއްލުންވުން ނޫން އެހެންކަމެއް ނުވާނެ. އެކަލާނގެ ވަކިނިޒާމެއްގެ ދަށުން ވަކި އުސޫލަކުން ތަރުތީބު ކުރައްވައި އެގޮތަށް ކަންކަން ފުރިހަމަ ކުރެއްވީ.ފަހުންވާނެ ކަންކަމާއި އިސްވެ ގޮސްފައިވާ ކަންކަން އެކަލާނގެ އިލްމުފުޅުގައިވާތީ އިންސާނުންނަށް ވަކިގޮތަކަށް އުޅެން އެންގެވީ. ބަލަންތިބޭތި އަދި ގެރިކަތިލަން ނިންމާނެ. މުސްލިމުންނަށް އަންގާނީވެސް.
ފަންޖާސަރާ
31 January 2019
ރާއްޖޭގަ ތިބި ހުރިހާ ކޮރަޕްޓް ޕޮލިޓިޝަނުންގެ ގައިގެ ފެންނަ ތަނެއްގައި ބާކޯޑު ޖަހައިފިއްޔާ ވަރަށް ފަސޭހަވާނެ މަޖުލީހަށް ހޮވެން ރައްޔަތުން ކާރިއަށް އާދޭސް ކުރަން އަންނައިރު.
ނަފްސާ
31 January 2019
ކީއްކުރާނީ، އިންޑިޔާގެ މީހުންގެ ވިސްނުން، ބޮޑު މުސީބާތަކަށް އެންމެފަހުން ތިޔަބަދަލުވަނީ ގެރި.
ކިނބޫ ސަރުކާރު
31 January 2019
ހެެހެހެހެ . އެންމެ ފަހުން ހަމަ ކެރި ކަތިލާނެ. ﷲ އަށް އިންޑިޔާ މީހުނަށް ގޮންޖަހާލެވޭތަ؟
އުދުހޭ
31 January 2019
ދެން ވެރިކަންވެސް ގެރިއަކަށް ދޭންވީނުން
ބުރަދާ
31 January 2019
މިހާރުވެސް ހުރީ އޭގެ އެއްޗެއް
އޮބި
31 January 2019
އެއީ ގެރިތަކަށް އައިޑީކާޑު ހަދަންވެގެން ބޯހިމަނަން ކުރާކަމެއް. މޯދީ ބުނެފައިއޮތީ ގެރިތަކުގެ އަދަދުބަލާ އައިޑީކާދު ހަދާދޭނެކަމަށް.
ތުނިޔަ
31 January 2019
ތިކަން ހައްލުކުރަން ގެތަކުން މީހުން ނެރެފަ ގެރިތަށް ގޭގަ ބައިތިއްބާފަ، މީހުން މަގުމަތީގަ ދިރި އުޅެންވީނު!
އިބޫފޭން
01 February 2019
ތީވެސް ހަމަ ހަދާފާނެ ގޮތެއް. އިންޑިއާ އެއްނު.