އިންޑިއާގައި ފުލުސް އޮފީހަށް ހާޒިރުކުރި ހައު، އޭގެ ވެރިމީހާއާ އެކު
05 ފެބުރުއަރީ 2019 - 07:31
އިންޑިއާގައި، ކުޑަ އަންހެން ކުއްޖަކަށް ހަމަލާ ދޭތީ، ފުލުހުންގެ މަރުކަޒަކަށް ހާލެއް ހާޒިރުކޮށްފި އެވެ.
ހުދު ހައު ފުލުހަށް ގެންދަން ޖެހުނީ އަވަށްޓެރިޔާގެ ހާލެއް ދަރިފުޅަށް ހަމަލާދޭ ކަމަށް ބުނެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެންނެވެ. ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ދަރިފުޅަށް ހާލުގެ ފަރާތުން އެކި ފަހަރުމަތިން ހަމަލާ ދީފައިވާ ކަމަށާއި އެކަން ނުހުއްޓުނު ކަމަށެވެ. އެހެންވެ ހައު ހައްޔަރުކޮށްދޭން ވަނީ އެދިފަ އެވެ.
ހާލުގެ ވެރިންނަކީ ދެމަފިރިއެކެވެ. އެ ދެ މީހުން ބުނީ ހައު ހައްޔަރުކުރުމަށް ވުރެ އެ ދެ މީހުން ޖަލަށް ލުން ވެސް މާ ރަނގަޅު ކަމަށެވެ. އެއީ އެ ދެމަފިރިންގެ ދަރިއެއް ވެސް ނެތުމާ އެކު ދަރިއެއް ފަދައިން ގެންގުޅޭ ހާލެއް ކަމަށް ވާތީ އެވެ.
"އަހަރެން ބޭނުމެއް ނޫން ދަރިފުޅުގެ ގައިގައި އެ ހާލުގެ ސަބަބުން ދެން އިތުރަށް އެންމެ ކޫރެއް ވެސް އެޅޭކަށް،" މައްސަލަ ހުށަހެޅި މީހާ ބުނެފައިވެ އެވެ.
އެންމެ ފަހުން މައްސަލަ ހައްލުކޮށްފައިވަނީ ގޭގައި ބަންދުކޮށްގެން ހައު ގެންގުޅޭނެ ކަމަށް ދެމަފިރިން އެއްބަސްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
05 February 2019
ހާލު ޕޮލިހަށް ގެންދިޔައިމަ އިޚުތިޔާރު ކުރީ ހަނުހުންނަން. ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިން.
އަހުމަދުބެ
05 February 2019
ގަމާރެކޭނުބުނެވޭނެ އަވައްޓެރިންގެފަރާތުން އަނެއްއަވައްޓެރިޔާއައް އެއްވެސްކަހަލައުދަގުލެއްވެގެންނުވާނެ މިރާއްޖޭގަވެސް އެއްގޯތިތެރޭގައިންނަ ގަހަކުން ކުނިއެޅެތީ އެބަހުރި މައްސަލަޖެހިފަ މިހާރު ހުރިހާގަސްތައް ކަނޑާލާފަހުންނީ
ގެދާނޯމޮސް
05 February 2019
ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކުރާނަމަ އެމީހަކަށް ބުއްދީގެ ނިޢުމަތް ލިބިގެން ނުވެއެވެ. އިންސާނުންނާ އި ޖަނަވާރުންގެ ތަފާތަކީ ބުއްދީގެ ނިޢުމަތެވެ. އިންޑިޔާ މީހުންގެ މިކޮށި ވިސްނުމަށް ރާއްޖޭގެ ގިނަބަޔަކު މިހާރުދަނީ ތަބާވަމުންނެވެ. މީހަކު މާބޮޑަށް ހެޔޮކޮށް އުޅޭނަމަ އެމީހަކީ މުސްލިމެއް ކަމުގަ ދެކެއެވެ. އަދި އެކަން ޚިޔާލައްވެސް ނުގެނެވެއެވެ. ﷲ ވޮޑިގެން ވާކަން ގަބޫލުނުކޮށް ހެދިގަނެގެން އުޅޭމީހުން ގެ ބަޔަކު ދިވެހިންގެ ތެރޭގައި މަދެއްނޫނެވެ.
shadow
05 February 2019
ކީކޭތޯ ބުނަން ތިއުޅެނީ؟ ނުވިސްނުނު؟
އަލްޖިބްރާ
05 February 2019
ގަމާރު ! އިންޑިއާ !