ހުރަވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި އަލާ ވާހަކަފުޅުދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
08 ފެބުރުއަރީ 2019 - 15:48
"ކޮބައިތޯ ޖުމާދުލްއާހިރާ މަހެއްގެ ތިނަކާއި ހަތަރަކާ ހުރި ފަރަގަކީ؟ ކޮބައިތޯ މި ބުރާސްފައްޗަކާ މިދިޔަ ހަފުތާގެ ބުރާސްފައްޗަކާ ދެން އަންނަން އޮތް ބުރާސްފައްޗެއްގެ ފަރަގަކީ؟
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އެހެނިހެން އިސްވެރިން ހާޒިރުވެވަޑައިގެން ތިއްބެވި ޖަލްސާގައި، ޒުވާން ތާރީހު އިލްމުވެރިޔާ އަހުމަދު އަލާ ދީދީ ވާހަކަ ފެއްޓެވީ ސުވާލަކުންނެވެ. ރާއްޖޭގައި އެ ދުވަހެއް ފާހަގަކުރާތާ 39 އަހަރުވީ، ހުރަވީ ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީން ބޭއްވި ޖަލްސާ ފަށަމުން އެފަދަ ސުވާލެއް އޭނާ ކުރެއްވީ ކީއްވެ ހެއްޔެވެ؟ އުމުރުން 28 އަހަރުގެ ޒުވާނާ އެކަމަށް ޖަވާބު ދެއްވީ 28 މިނެޓުގެ އެ ތަގުރީރުންނެވެ.
ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އެ ތަގުރީރަށް އެތައް ބަޔަކު ތައުރީފު އޮއްސަމުން އެ އަންނަނީ ހަމައެކަނި އޭނާގެ ބަލާޣާތްތެރި ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުން އެކަންޏެއް ނޫނެވެ. ހުރަވީ ދުވަހަކީ ކޮބައިކަން އޮޅި، ތާރީހާއި ސަގާފާތާއި ގައުމިއްޔަތު އަގުކުރުމުގައި ފަހަތު ފަޔަށް ބުރަވެފައިވާ މިއަދު ޖީލަށް، އެ ޖީލުގެ ޒުވާނުއްގެ ފަރާތުން ދިން އަގުހުރި މައުލޫމާތާއި ނަސޭހަތްތަކުގެ ސަބަބުން ވެސް މެ އެވެ.
ވަރަށް ޅަ އުމުރުން ފެށިގެން ދިވެހި ތާރީހާއި ސަގާފަތް ދިރާސާކުރައްވަމުން އަންނަ އަދި އެ މާއްދާ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ކިޔަވައިދެއްވާ މި ޒުވާނާ އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ދެއްވި އެ ފުރުސަތުގައި ބޭނުން ހިފައި ދެއްވި އެ ތަގުރީރު އެތައް ބަޔެއްގެ ހިތުގައި މިވަނީ ބިންވަޅު ނެގިފަ އެވެ. އޭނާ ކޮނެ، ވެލި ފޮޅައި ސާފުކޮށް ޒުވާނުންނަށް ވެދުމަށް އެރުވީ ދިވެހި ތާރީހުން މުހިއްމު ފިލާވަޅުތަކެވެ. ގައުމިއްޔަތު ދިރުވަން ސިކުނޑިއަށް އަށް ބޭނުންވާނެ ކާނާ އެވެ.
"ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި އަހުމަދު އަލާ ދެއްވި ތަގުރީރަކީ މައުލޫމާތުގެ ގޮތުން މުއްސަނދި، އިލްމީ، އިބުރަތްތެރި ތަގުރީރެއް. ދެހާސް ފައްސަތޭކަ އަހަރުވީ ދިވެހި ޙަޟާރަތުގެ ވެރިކަން ހިނގާދިޔަގޮތް ދިރާސާކޮށް ޒުވާން ޖީލަށް ދަސްކޮށްދިނުމަކީ މުހިންމުކަމެއް،" ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އަލާ ވާހަކަ ފެއްޓެވީ ވެސް، ހޮޅިން (މަލާބާރީން) އަތްދަށުން ދޮންބަންޑާރައިން ރާއްޖެ މިނިވަންކުރައްވައި، ޝަރަފާއި އިއްޒަތުގައި ދިދަ ވިހުރުވާލި މި ދިވެހިރާއްޖެ އަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަތާ އަދި އަމިއްލަ ސިވިލައިޒޭޝަނެއް އޮތްތާ 2،500 އަހަރުވީ ގައުމެއްކަން ފާހަގަކުރައްވަމުންނެވެ.
@alaadidii is a fantastic historian. His speech was so powerful and his narration was so simple and easy to follow and understand. Thank you 🙏 Alaadidi for the wonderful speech.
— Moosa Haleem (@moosay100) February 8, 2019
"ދުނިޔޭގެ އެތައް ޖަޒީރާ ގައުމެއް މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން އެބައޮތް. އެހެނަސް ޝައްކެއްނެތި ތިޔަބޭފުޅުންގެ މި ރާއްޖެ އަކީ ހަމައެކަނި ދުނިޔޭގަ އޮތް ޖަޒީރާ ގައުމު ހަޟާރަތެއް ބިނާކުރި. ތިޔަބޭފުޅުންގެ މި ކުޑަކުޑަ ޖަޒީރާ ގައުމަކީ އަމިއްލަ ވެރިކަމެއް ކުރާތާ މިހާ މުސްކުޅި އުމުރެއް އޮތް (ހަމައެކަނި) ގައުމު،" އޭނާ ވިދާޅުވި އެވެ.
ހުރަވީ ދުވަސް ފާހަގަކޮށް ދޮންބަންޑާރައިންގެ ޒިކުރާ އާކުރަން ޖެހޭ ސަބަބަކީ، އަލާ ދެކިވަޑައިގަންނަވާ ގޮތުގައި އެއީ އެވެ. ރާއްޖޭގެ މި ދައުލަތް މި ފަހުރުތަކާ އެކު އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކަ އެވެ. ދޮންބަންޑާރައިން ރާއްޖެ މިނިވަންކުރެއްވި ގޮތާއި އެއަށް ފަހު ދެން އަމަލުކުރެއްވި ގޮތަކީ، ހުރިހާ ދިވެހިން މިސާލު ނަގައި އަދި އަންނަން އޮތް ޖީލުތަކަށް ފަހުރުވެރިކަމާ އެކު ރައްދުކޮށްދޭން ޖެހޭ ވާހަކަތަކެކެވެ.
Thank you @alaadidii
— Athif Shakoor (@AthifShakoor) February 8, 2019
An informative, powerful speech rendered beautiful by clear oratory & breath of knowledge.
A must-hear for all students of history.
Hope we get to hear his complete thought about the essential need to cherish, protect & preserve our heritage.
Much Kudos 🙏 https://t.co/SygocWrHXW
ރާއްޖެ ހޮޅިންގެ އަތްދަށަށް ދިޔައީ މުހައްމަދު ޝަމްސުއްދީނާއި ކޮއްކޯފުޅު މުހައްމަދު މުހިއްދީން ވެރިކަމުގެ ދަހިތެތިކަމުގައި، ހޮޅިންގެ ވެރިޔާ ކަންނަންނޫރު އަލީ ރާޖާ އަށް ރާއްޖެ ހިފަން ދިން ދައުވަތުގެ ސަބަބުންނެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ޝަމްސުއްދީނަށް ވެރިކަން ނުލިބުނު ތަނުގައި، ހޮޅިން މާލެ އާއި ހުޅުލެ އަށް އަރައި ތަންތަން ރޯކޮށް، ރާއްޖޭގެ ވެރިކަން ބަދަލުކޮށް، އޭރު ހުންނެވި ރަދުންނާ ރަދުންގެ ކޮއްކޯފުޅު ގޮވައިގެން އިންޑިއާގެ ކަންނަންނޫރަށް ދިޔައީ އެވެ.
"އެތައް ހާސް އަހަރެއް ވަންދެން މިނިވަންކަމާ އެކު އަމިއްލަ ވެރިކަމެއް މަތީގައި ތިބި ދިވެހި ދައުލަތުގެ މިނިވަންކަން ގެއްލިގެންދިޔައީ ހިޔާނާތްތެރި ދެ ދިވެހި ދަރިއެއްގެ ސަބަބުން. އަމިއްލަ އެދުމެއްގެ ސަބަބުން،" އަލާ ވިދާޅުވި އެވެ.
Excellent Speech @alaadidii. Excellence of public speaking.
— Luke (@Lucasjalyl) February 7, 2019
Heevee Ibrahim Shihab ge speech eh belunu hen. pic.twitter.com/2UvEAcgfln
އެ މުސީބާތުން ރާއްޖެ ސަލާމަތްކޮށްދެއްވީ ހުރަވީ ދަރިކޮޅަށް ނިސްބަތްވެވަޑައިގެންނަވާ ދޮންބަންޑާރައިންނެވެ. ރާއްޖެ މިނިވަންކުރެއްވި ނަމަވެސް، ރަސްކަން ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުމެއް ނުކުރެއްވި އެވެ. ވިދާޅުވީ މިއީ ތިމަންނަގެ ހައްގެއް ނޫނޭ ކުރިން ރަސްކަންކުރައްވަމުން ގެންދެވި ރަދުންގެ ހައްގެއް ކަމަށެވެ.
"ކޮންފަދަ ފުރިހަމަ ރީތި މިސާލެއްތޯ؟ އަމިއްލަފުޅަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެން އޮއްވަވާ ވެސް، އަދި މުޅި ދިވެހި ދައުލަތުގެ އެންމެހާ ރައްޔިތުން ތަހުތައް އިސްވުމަށް އާދޭސް ކުރައްވަ ކުރައްވާ ހުންނެވި އިރުގަ ވެސް ދޮންބަންޑާރައިން އެ ތަހުތެއް، އެ ޖާހެއް، އެ އިއްޒަތެއް ބޭނުންފުޅުވެ ވަޑައެއް ނުގެންނެވި،" އަލާ ވިދާޅުވި އެވެ.
Mi zuvaanaa ge hithaai sikun’di dhivehi thaareekhuge thereygai!
The most trusted news source in the Maldives
Mihaaru
"މިހާރު" ނޫހުގައި ޖެނުއަރީ 19 ވަނަ ދުވަހު ޝާއިއުކުރި އަލާގެ ޕްރޮފައިލް ރިޕޯޓް.
މަސައްކަތްކުރައްވަމުން ގެންދެވީ ހޮޅިން ގެންދިޔަ ދިޔަމިގިލީ ދަރިކޮޅުގެ ރަސްގެފާނު އަނބުރާ ރާއްޖެ ގެންނަވާށެވެ. ދެލޯފުޅު ކޮނެލާފާ މަލިކަށް ފޮނުވާއްފައި ހުރި އެ ރަސްގެފާނު ގެންނަން ކުރެއްވި މަސައްކަތްފުޅު ނާކާމިޔާބުވީ މަލިކު މީހުން ކެހި ދެއްވުމުންނެވެ. އެކަން ނާކާމިޔާބުވުމުން ދެން މަސައްކަތްފުޅު ކުރެއްވީ އެރަދުންނަށް ބޮޑުބޭބޭފުޅު ވިދާޅުވާ މުހައްމަދު މަނިކުފާނުން ހޯއްދެވުމަށެވެ. އެ މަސައްކަތް ވެސް ކާމިޔާބުވެ އަދި އާމިނާ ރަނިކިލޭގެފާނު ވެސް މިއީ ތިމަންނާއަށް ވާވަރުގެ ކަމެއް ނޫނޭ ވިދާޅުވެ އަމިއްލަފުޅަށް ރަސްކަމުން ފައިބާ ވަޑައިގަތުމުން އެންމެ ފަހުން ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތީ އެވެ.
One very gripping speech that was @alaadidii. Thank you. Long live the #Maldives.
— Professor Ugail (@ugail) February 8, 2019
ރަސްކަން ކުރައްވަމުން ގެންދަވަނިކޮށް އަހަވާރަވުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން ދެން ދެއްކެވީ ވެސް އެހާމެ ރީތި ނަމޫނާ އެކެވެ. ދެ ފިރިހެން ބޭފުޅުން ހާޒިރުކުރައްވައި ވަސިއްޔަތްކުރެއްވީ ތިމަން ރަސްގެފާނު އަވަހާރަވުމުން ދިވެހި ރަސްކަން ދިޔަމިގިލީ މުހައްމަދު މަނިކުފާނާ ހަވާލޭ، އެއީ އެބޭފުޅުންގެ ހައްގެކޭ ކަމަށެވެ. އަމިއްލަފުޅަށް ހުރަވީ ހާންދާނުގެ ނަމުގަ ބޮޑު ހާންދާނެއް މި ރާއްޖޭގެ މައްޗަށް ވެރިކަން ކުރައްވަން އޮއްވާ އަދި އެމަނިކުފާނުގެ ނަންފުޅު ދިރުވާނޭ ބޮޑު ރަސް ދަރިކޮޅެއް ބިނާކުރެއްވެން އޮއްވާ، ވެރިކަން ދެއްވީ، ހޮޅީން ރާއްޖެ އަޅުވެތިކުރިއިރު އޮތް ދަރިކޮޅަށެވެ.
Dhevana faharah vx adu ahaalaa hiyvaa fadha rivethi thagureereh.. fashuvi basmoshuntheri kameh..v furihama vaahaka kolheh 👏🏻👏🏻👏🏻
— mose_N (@mosenizar) February 7, 2019
"އެ ވަސިއްޔަތްޕުޅަކީ މިއަދު އަޅުގަނޑުމެން މިތަނުގައި ޒިކުރާ އާކުރަންޖެހޭ އެންމެ ރީތި ވަސިއްޔަތްޕުޅު. އަޅުގަނޑުމެންގެ މަދަރުސާތަކުގަ ކިޔަވައިދޭންޖެހޭ ވަސިއްޔަތްޕުޅު. އަޅުގަނޑުމެން ކޮންމެ ދިވެހި ދަރިޔަކުމެ ހަނދާން އާކުރަންޖެހޭ ވަސިއްޔަތްޕުޅެއް،" އަލާ ވިދާޅުވި އެވެ.
ޖުމާދުލްއާހިރާ މަހެއްގެ ތިނަކާއި ހަތަރަކާ ހުރި ފަރަގަކީ އެއީ އެވެ. އެ މަހުގެ ތިން ވަނަ ދުވަހަކީ، މި ދިވެހިރާއްޖެ އަބަދުގެ އަބަދަށް ފަހުރުވެރިވުން ހައްގު އެތައް މިސާލުތަކެއް ދެއްކެވި، ހުރަވީ ހާންދާނުގެ އެ ބަންޑާރައިން މި ރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވި ދުވަހެވެ. އެހެންވެ މިއީ އަޅުގަނޑުމެން އެންމެން އަތާއަތް ގުޅާލައިގެން އާ ހުވަފެނެއް ދެކެން ޖެހޭ ދުވަހެއް ކަމަށް އަލާ ދެކެވަޑައިގަންނަވަ އެވެ.
Watched @alaadidii speech. I am not surprised about his knowledge knowing the passion he has for our history. Sorry academia, but I think he should be in @MACH_MV. He can contribute immensely. #mythoughts https://t.co/wyO1vxFfZ4
— Farah Didi 🎈 (@FarahDidi) February 8, 2019
"އަޅުގަނޑުމެންގެ މުސްކުޅި މި ހަޟާރަތް ވިލާތުގެ ގައުމުތަކަށް ވުރެ އެތައް މުހިއްމު ފަހުރުތަކެއް ލިބިގެންވާ މި ހަޟާރަތް، ވިލާތު ގައުމުތަކަށް ވުރެ މާކުރިން ގާނޫނީ ރަސްކަމެއް އޮތް މި ދިވެހި ދައުލަތަކީ އަންހެނުންނާ ފިރިހެނުންގެ ހަމަހަމަކަން މާ އިހުންސުރެ އޮތް ގައުމެއް. މި މުސްކުޅި ހަޟާރަތް އަޅުގަނޑުމެން އަތާއަތް ގުޅާލައިގެން މާދަމާގެ ޖީލަށް ފޯރުކޮށްދެމާތޯ؟،" އަލާ ވިދާޅުވި އެވެ.
ފޯރީގައި ދައްކަވަމުން ދިޔަ އެ ވާހަކަ ހުއްޓާލަން ޖެހުނީ، ކަނޑައެޅިފައިވާ ވަގުތަށް ވުރެ ގިނަ އިރުވެ، ނޯޓެއް އައުމުންނެވެ. އެކަމަކު އެ ވާހަކަތަކާ މެދު ވިސްނަން އަހަރެމެންންނަށް ވަގުތުގެ ދަތިކަމެއް ނެތެވެ. އިމެއް، މިނެއް ނެތެވެ. ސިކުނޑި ތަންމިނަށް ހުޅުވައިގެން ތިބެ ފިކުރުކުރަންވީ އެވެ. ރާއްޖޭގެ ތާރީހީ ބިނާތައް ތަޅާލީ އަހަރެމެން ކަމާ މެދުގައި ކަމެވެ. ރާއްޖޭގެ ބޮޑުގަނޑުވަރާއި އާކޯއްޓޭ ބޮޑުބުރު ތަޅާލީ ވެސް އަހަރެމެންގެ އަތުން ކަމެވެ.
"ވީމާ އަޅުގަނޑުމެން މިއަދު (އަޒުމް) އާކުރަމާތޯ މިތަންތަނަށް އިތުރު ސަމާލުކަމެއްދޭން. އަޅުގަނޑުމެންގެ މި ބަހާ، އަޅުގަނޑުމެންގެ މުސްކުޅި މި ހަޟާރަތާ، ޒިކުރާ އަޅުގަނޑުމެން (އާކުރަމާތޯ؟)" އަލާ ނިންމަވާލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަންދޮރުނުދަންނަ ކަމަނަ
10 February 2019
ހަގީގަތުގަ މި ތަޤުރީރުގަ މި ބޭފުޅާގެ އަޑާ މަޚްރަޖާ، ބަސްމޮށުންތެރިކަމާއި، ބަސްތައް ގެންގުޅެފަ ހުރި ތަރުތީބުގެ ސަބަބުން އަޑުއެހުންތެރިންގެ ގައިން ހީބިހި ނަގަނީ. އަނެއްކަމަކީ، ހުރިހާ ޒަމާނެއްގައިވެސް "ބޯދާ ވާހަކަ" އަކީ އާދަޔާ ޚިލާފު ޝައުޤަކާ ތަރުޙީބެއް ލިބޭ ވާހަކައެއް. މިތަނުގަވެސް މި ވަނީ އެހެން. މި މަޢުލޫމާތު ދެނަހުރި، މި ވާހަކަތައް ފޮތްތަކުން ކިޔާފައި ތިބި މީހުންނަކަށް މި ތަޤުރީރުގަ މިދެއްކޭ ވާހަކައަށް މާ ބޮޑު ހައިރާންކަމެއް ނުލިބޭނެ.
ވާލުސޮރު
10 February 2019
މިކަހަލަ ކިތަންމެ ވާހަކައެއް އިހުގަ ބޯޓު ދަތުރުކުރި މީހުންވެސް ވަރަށް ޖޯޝާ ފޯރީގަ ކިޔައިދޭ ތަފާތަކީ ބޮޑު ޖަލްސާއެއްގަ ޕޯޑިއަމެއްގެ ކައިރީ ހުރެ ނުކިޔާކަން. އެންމެ ފޯރިހިފާ އެއްވާހަކައަކީ ދިވެހި ފަޅުވެރިން ޕޯޗުގީޒުގެ ބަނދަރުތަކާ ރަށްރަށަށް ފޭބީމަ މެޝިންބަޑި ހިފައިގެންތިބޭ ސިފައިން ދިވެހިން އެރަށަކުން ދިވެހިން ފުރަންދެން ތިބޭވާހަކަ. އެކަމަކު އެއީ ރޯބުހުތާނު ދޮގެއްކަން އެނގުނީ މާފަހުން.
އަލިފުޅުގެ ބަސް
09 February 2019
ވަރަށްވެސް ހިއްގައިމު، އަދި އެހާމެ ފުރިހަމަ. ޝުކުރިއްޔާ.
ތާރީޚް
09 February 2019
އެއީ ތަޤްރީރެއް ނޫން. އެއީ ލިޔެފައިހުރި ތާރީޚީ މައުލޫމާތެއް. ތަފާތަކީ ހުށަހެޅިޢުސްލޫބް. ޝިހާބުގެ އުސްލޫބުގެ ކޮޕީއެއް. ތަފާަކީ ރައްދުވާ ރީނދުލޭގެ އައްޕަ ކުރިމަތީގައި ޖެހިލުމެއްނެތީ ހުށަހެޅިކަން
Haruge
09 February 2019
އެމްޑީޕީ ޚާއްސަކޮށް ނަޝިދު އައި ސާލިހު ވަނީ އިންޑިޔާ އަށް އަޅުވެތިވެ އިންޑިޔާގެ އެޖެންޓުންނަށް ވެފަ. ޢެހެންވެ ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ނަގަލާ އިންޑިޔާ އަށް ނުއަގުގަ ޤައުމު ވިއްކާލާފި. ޢަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގަ.
މާރަނގާ - އައްޑޫ ސިޓީ
09 February 2019
އަލާގެ ހުނަރާއިމެދު ޝައްކެއްނުކުރަން. އެހެންނަމަވެސް “ވިލާތަށްވުރެން ހާސްއަހަރުކުރިން ރާއްޖޭގައި ޤާނޫނީވެރިކަމެއްއޮތްކަމަށާއި” ތާރީޙީފޮތް ތަކުގައި އަލީރަސްގެފާނާއި، ރަންނަމާރިއާއި، “ވެލާނާގޭ ނާސިރުގެމޮޅުކަމުން އައްޑޫގައިތިބި އިޤިރޭސިދައުލަތުގެސިފައިން ފައްސާލިވާހަކަ” ފަދަ ރޯބުހުތާން ސާބިތުހެއްކާއިޤަރީނާއެއްނެތްއެތައްވާހަކަ ދިވެހިތާރީޙްގައި ލިޔެފައި އެބަހުރި. 3 ނޮވެމްބަރ އައީ ލޯމަތީގައި ކަމުން އަސްލާއި ތާރީހްފޮތް ތަފާތުހުރިވަރު އަހަރުމެނަށް އިގޭ.
ދާދޭ
09 February 2019
އަލާ އަށް ޝުކުރު އަދާލުރުމާއެކު ދަންނަވަން. މިރާއްޖޭގެ ތައުލީމީ ދާއިރާ ބައްޓަން ކޮށްފައިވަނީ ފަރަންޖީންގެ ތައުލީމާ އެއްގޮތަށް. އެހެންކަމުން ބޮޑެތިވާ ކުދިންގެ ވިސްނުން ހުންނާނީ ފަރަންޖީންގެ ފަލްސަފާއާ އެއްގޮތަށް. އަތުޖެހުނު އެއްޗެއް ދަމައިގަނެ އަންބޮޑިއަށް ބޮޑުކުރާ ވިސްނުމެއް.ކެއުމާ ބުއިމުގައި މުޅިދުވާލު ހޭދަކުރިމާއި ތަޅާފޮޅުން ދައްކާ ގޭމް ބަލައި އެފަދަ ގޭމް ކުޅުމާއި ސައިކަލު ބުރު ޖެހުމުގައި.
ނޮޓްސޯ
09 February 2019
ކޮން ގޮތަކަށް ބަލާފަ ބުނިއެއްޗެއްބާ ތިއައީ. ޕްރައިމަރީއިން ފެށިގެން ކުދިންނަށް ކިޔަވަދޭ ދިވެހި އިސްލާމް ގުރްއާން ފޮތްތައް ބަލާލާފަ ބުނިއެއްޗެއްތަ ތިއައީ؟ ފޮތްތަކުގައި ހުރޭ ރީތި ދިވެހި އަޚްލާގާ ބެހޭ ބައިތައްވެސް އަދި ދީނުގައި އޮންނަ ރީތި ރަގަޅު އާދަތައްވެސް. އެކަމު ކުދިންގެ ޝައުގުވެރިކަން އެކަމުގައި ނުހުންނަކަން ފާހަގަވޭ. މައިންބަފައިން އެކުދިންނަށް އެތަކެތި އިތުރަށް ކިޔައިދޭނަމަ އެކިޔެވޭ އެއްޗެހީގެ މުހިއްމުކަން އެކުދިންނަށް ބޮޑަށް ވިސްނޭނެ.
ޞަމާ
09 February 2019
މިހާރު އެމް.ޑީ.ޕީ އަކީ މި ޤައުމު ވިއްކާލަން ތައްޔާރަށްތިބި ބައެއް.
ޒަމީރު
09 February 2019
މިނިކާ ރާއްޖޭ މީހުންވެސް 6000 އަހަރުވެއްޖެ އެވެސް ބައެއްގެ އަޅުވެތިކަމައް ނުދާތާ، އަދި އެ ގައުމުގެ ދިފާއީ ބާރުތަކުން އެތެރެވާ ބޭރުމީހެއް ވީއްޔާ މަރާލާ
އޫބަޅައޫބަޅަ
09 February 2019
އެހެންނުވާނެ މިނިކާރާއްޖެ އޮންނަނީ އިންޑިއާގެ ދަށުގައި. އެތަނަކީ އިސްލާމްދީން އޮތްތަނެއް ނޫނީމަ ބަޔެއްގެ ސަމާލުކަން ނުހުއްޓެނީ ނުވަތަ ހިފަން ބޭނުންނުވަނީ
މަލިކުދިވެހިއާއިލާއެއް
09 February 2019
އަލާއަށް ކާމިޔާބު އެދެން. ނަމަވެސް މަލިކު މީހުންނަކީ ދިވެހިންނާ މެދު އަދާވަތްތެރިބައެއް ގޮތަށް ވިދާޅުވެފައިވާތީ އެކަމާ ހިތާމަކުރަން. މިއީ ތާރީހު އޮލުވާލެއްވުްން. އޭރު މަލިކު އޮތީ މަލާބާރުންގެ ބާރުގެ ދަށުގަ. މަލިކު މީހުން އަމިއްލައަށް އެހެން ދިވެހި އަހުންނަށް ދެރައެއް ދިނީކީ ނޫން. މަލިކު މީހުންނާ ދެން މިރާއްޖޭގެ ދިވެހިންނާ އެއްބައެއްވަންތަކަން ނެތްކަން ބުނުއްވުމަކީ އިންޑިއާއަށް މަލިކު ލެޖިޓިމޭޓްކުރުމަށް ތާރީހު އޮޅުވާލެއްވުން. ވަރަށް ދެރަ.
ދިވެހިރާއްޖޭން
09 February 2019
ޢަލާގެ ވާހަކާގައި ގެނައީ އޭރުގެ ޙާލަތު އޭރު ކަން ހިނގި ގޮތް، މަލިކުގައި ވަކިވަކި ފަރުދުންގެ ވިސްނުން ތަފާތުވިޔަސް ސިޔާސަތު ހިންގުމުގައި ތިބި މީހުން ތިބީ ރާއްޖެއާއި ދުޝްމިނު މީހުންގެ ޢަމުރުތައް ތަންފީޛުކުރަން، މިކަން ޤަބޫލުނުކުރުމަކީވެސް ތާރީޚު އޮޅުވާލުން.