ބާބީގެ މި އަހަރުގެ ކަލެކްޝަނުގައި ނުކުޅެދޭ ބާބީ ޑޯލް ހިމެނޭނެ.
14 ފެބުރުއަރީ 2019 - 07:36
މަޝްހޫރީ ބާބީ ބުދު ކަލެކްޝަން، އެންމެންނާ ގުޅޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތުގައި މިދިޔަ އަހަރު ވަނީ ބުރުގާ އެޅި ބާބީ ވެސް ތައާރަފުކޮށްފަ އެވެ، މި އަހަރަކީ ވެސް މި ކަލެކްޝަނުން ތަފާތެއް ގެންނާނެ އަހަރެކެވެ.
އެެގޮތުން އަންނަ ޖޫން މަހު ބާބީ ކަލެކްޝަނަށް އިތުރުވާނީ ނުކުޅެދުންތެރިކަން ހުންނަ ބާބީ އެވެ. އޭގެ ތެރެއިން އެކައްޗަކީ ފޮރޮޅުލީ ގޮނޑިއެއްގައި އިންނަ ބާބީ އެވެ. އަނެއް ބާބީއަކީ އެއް ފައި ނެތުމުގެ ސަބަބުން، މަސްނޫއީ ފައެއް ޖަހާފައިވާ ބާބީއެކެވެ.
މިއީ މި އަހަރު ބާއްވާ "މެޓެލްސް 2019 ބާބީ ފެޝަނިސްޓާސް ލައިން" ގެ ދަށުން ނެރޭ ކަލެކްޝަނެކެވެ.
ބާބީ އުފައްދާ ކުޅޭ އެއްޗެހި ތައްޔާރު ކުރާ ކުންފުނި މެޓެލް އިން ބުނި ގޮތުގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ގޮތް ސިފަވާ ގޮތަށް ތައްޔާރުކޮށްފައިވާ ބާބީއަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ވެސް ބާކީވެފައިވާ ކުދިން ނޫންކަންކަން ދައްކުވައިދޭނެ އުފެއްދުމަކަށް ވާނެ އެވެ.
Barbie now comes in a wheelchair and has a prosthetic leg. Mattel introduced the newest member of its Barbie Fashionista line-up, which features dolls with disabilities as well as different skin tones, hair textures and body types. https://t.co/kDSAAJyk2w
— CBS This Morning (@CBSThisMorning) February 12, 2019
"ބާބީއަކީ ހުރިހާ ފަންތިއެއްގެ އަދި ހުރިހާ އެންމެން ވެސް ތަމްސީލުކޮށްދޭ ކަހަލަ ކަލެކްޝަނަށް ވާން އަހަރެމެން ބޭނުންވޭ،" މެޓެލް އިން ނެރުނު ބަޔާނުގައި ބުންޏެވެ. "ނުކުޅެދުންތެރި ކަމެއް ހުރުމަކީ ބާކީ ވާން ޖެހޭ ސަބަބެއް ނޫންކަން މިއިން އަހަރެމެން ދައްކުވައި ދޭން ބޭނުން ވަނީ."
އެ ކުންފުނިން ބުނި ގޮތުގައި މަސްނޫއީ ފައެއް ޖަހާފައި ހުންނަ ބާބީގެ ފައި ފަރުމާކޮށްފައި ވަނީ އުފަންވި އިރު ވާތު އަތް ނެތް 13 އަހަރުގެ ޖޯޑަން ރީވްސް ކިޔާ ޑިސެބިލިޓީ އެކްޓިވިސްޓެކެވެ. އަދި ނުކުޅެދޭ ބާބީ އިންނަ ފުރޮޅުލީ ގޮނޑިއަކީ ޔޫސީއެލްއޭ މެޓެލް ޗިންޑްރަން ހޮސްޕިޓަލުގެ އެހީގައި ފަރުމާކޮށްފައިވާ ގޮނޑިއެކެވެ.
މެޓަލް އިން ބުނި ގޮތުގައި ފުރޮޅުލީ ގޮނޑިގައި އިންނަ ބާބީ ވިއްކާ އިރު، އެއާ އެކު އެއަށް ހާއްސަ ރޭމްޕަކާ އެކު ވިއްކަން ވަނީ ވިސްނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy