މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ދިވެހި ސިނަމާގެ ސުރުހީތައް

"+40" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޔޫއްޕެ: އޭނަގެ މަސައްކަތްތައް މި އަހަރު ގިނަވާނެ.

އަންނަ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރަން ނިންމާފައިވާ ހޮރޯ ކޮމެޑީ "+40" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމުގެ ޓީޒާތަކެއް ކުރިން ވެސް ދައްކާލައި، ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަތުމަށް ފަހު، ރިލީޒް ކުރާ ދުވަހާ ކައިރިކޮށްފައި ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކައިލީ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ހެއްވާ މަޖާ ކަންތައްތަކެއްގެ ތެރެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް، ބެލުންތެރިން ހެއްވާލާނެ ގޮތަކަށް ގެނެސްދޭ "+40" އަކީ ދިވެހި ސިނަމާ އަށް އަންނަ ފުރަތަމަ ހޮރޯ ކޮމެޑީ ވެސް މެ އެވެ.

މި ފިލްމަކީ މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި "+40" ގެނެސް ދެނީ 2016 ގައި ޔޫއްޕެ ގެނެސް ދިން ކާމިޔާބު ކޮމެޑީ ފިލްމު "ނޯޓީ 40" ގެ ދެވަނަ ބައިގެ ގޮތުގަ އެވެ. އެހެންވެ އެ ފިލްމުން ފެނުނު މައިގަނޑު ކާސްޓް މި ފަހަރު ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

"+40" ގެ ޓްރެއިލާ.

ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ "+40" އިން މަޝްހޫރު ގިނަ ތަރިންތަކަކާ އެކު، ފިލްމީ ދާއިރާ އަށް އައު މޫނުތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ.

މި ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު ވިއްކަމުން އަންނަ އިރު، އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ފިލްމުގެ އެޅުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި އަދި ބެލުންތެރިން ބަލާފައި ހީހާ ހަލާކުވާ ވަރުގެ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "+40" ވެގެން ދާނީ މި އަހަރު އަޅުވާ ތިން ވަނަ ފިލްމަށެވެ.

"ދައުވަތު" ބެލުންތެރިން ސިއްސުވައިލާނެ

މި އަހަރު ޔޫއްޕެ ގެނެސްދޭން ނިންމާފައިވާ ފިލްމުތަކުގެ ތެރެއިން އޭނާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ދައުވަތު"ގެ ޓީޒާ ދައްކާލައިފި އެވެ.

މި ފިލްމަކީ ވީ މީޑިއާގެ މުނިފޫހި ގޮފިން ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ބ. ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ "ދައުވަތު" ގެ މައިގަނޑު ތަރިންނަކީ 2016 ގައި ރިލީޒް ކުރި ބިރުވެރި ފިލްމު "4426" ގައި މޮޅު އެކްޓިންއެއް ދައްކައިގެން، ފިލްމީ ދާއިރާގައި މިހާރު އެންމެ ގަދަ އަށް ފިޔަޖަހަމުން އަންނަ ބަތަލާ މަރިޔަމް އައްޒަ އާއި އަލީ (ދޮންއައްޔަ) އާޒިމްގެ އިތުރުން މިފަހަކަށް ވެސް ފިލްމާއި ޑްރާމާތަކުން ބެލުންތެރިންގެ ލޯބި ހޯދަމުން އަންނަ އަހުމަދު (އާނަންދު) އީސަ އެވެ.

ޔޫއްޕެ ބުނި ގޮތުގައި "ދައުވަތު" އަކީ ސިހުރުހާހޫރައިގެ ސަބަބުން ދިމާވާ ބިރުވެރި ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. މީގެ ޓީޒާ އަށް ބަލައިލާ އިރު، ފިލްމު ވަރަށް ޝައުގުވެރިވެފައި، ނޭވާ ހިފަހައްޓާލަން ޖެހޭ އަދި ސިނަމާގައި ބެލުންތެރިން ބިރުން ފިއްކަނޑައިގެންދާ ކަހަލަ ފިލްމަކަށް ވާނެ އެވެ.

"ދައުވަތު" ގެ ޓީޒާ

"ދައުވަތު" ޓީޒާ އިން ފެންނަ ގޮތުގައި މީގައި އައްޒަ އާއި ދޮންއައްޔަ ފެނިގެން ދާނީ ދެމަފިރިންގެ ރޯލުންނެވެ. އަދި މިއިން އެންމެ ބޮޑަށް އަޅައިގަންނަ އެއް ކަމަކީ އާނަންދު ފެނިގެންދާ ގޮތެވެ. އޭނާގެ ލުކްސް ވަރަށް ތަފާތެވެ.

"ދައުވަތު" ސިނަމާ އަށް ޖޫން މަހު ގެންނަން ނިންމި ނަމަވެސް އަދި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

"ނަފުރަތުވުމުން" އަކީ އަސަރުގަދަ ލޯބީގެ ފިލްމެއް

އަސަރު ގަދަ ލޯބީގެ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް މި އަހަރު އެންމެ ހާއްސަ ވާނެ އެއް ފިލްމަކީ "ނަފުރަތުވުމުން" އެވެ.

މިއީ އަނެއްކާ ވެސް ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ދަރަވަންދޫގައި ޝޫޓްކޮށްފައިވާ "ނަފުރަތުވުމުން" ގެ މައިގަނޑު ކާސްޓަކީ ހަމަ "ދައުވަތު" ގެ ކާސްޓެވެ. އަދި ޔޫއްޕެ ވެސް ފިލްމުގެ ރޯލަކުން ފެނިގެން ދާނެ އެވެ.

"ނަފުރަތުވުމުން" ގެ ޓީޒާ.

އަންނަ މަހުގެ ތެރޭގައި މި ފިލްމު ސިނަމާތަކަށް ގެންނަން އަމާޒު ހިފި ނަމަވެސް، އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. މީގެ ޓީޒާ ވެސް ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ލޯންޗްކޮށް ދިނީ މި އަހަރު އެޅުވި ފުރަތަމަ ފިލްމު "ނިވައިރޯޅި" އިން އެކްޓިން ކެރިއަރު ނިންމައިލި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ.

"ނަފުރަތުވުމުން" އާ ބެހޭ ގޮތުން ޔޫއްޕެ ބުނީ މިއީ ހިތާމަވެރި ލޯބީގެ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ކަމުދާނެ ހުރިހާ ރަހަތަކެއް ހިމަނައިގެން ހަދާފައިވާ ފިލްމެއް ކަމަށެވެ.

"ގޮށްރާޅު" މިހާރު ޝްވެކްގައި

މިދިޔަ މަހުގެ 4 އިން ފެށިގެން ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކްރައިމް ތުރިލާ "ގޮށްރާޅު" ކާމިޔާބު ޝޯތަކެއް އޮލިމްޕަހގައި ދެއްކުމަށް ފަހު، މި ފިލްމު ޝްވެކް ސިނަމާގައި ދައްކަން ފަށައިފި އެވެ.

އޮލިމްޕަހުގައި މި ފިލްމުގެ ފަހު ޝޯ ހުކުރު ދުވަހުގެ ރޭ ދެއްކި އިރު، އެ ސިނަމާގައި ޖުމްލަ 30 ޝޯ ދެއްކި އެވެ. އަދި އޭގެ ތެރެއިން 21 ޝޯ ހައުސްފުލް ކަމަށްވެ އެވެ. މި އަހަރު އެޅުވި ދެވަނަ ފިލްމު "ގޮށްރާޅު" އަކީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމު "4426" ޑައިރެކްޓް ކުރި އަހުމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ.

"ގޮށްރާޅު" ގެ ޓްރެއިލާއެއް.

މި އަހަަރުގެ ފުރަތަމަ ފިލްމު "ނިވައިރޯޅި" ގެ ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ގޮށްރާޅު" އަކީ ގިނަ އައު މޫނުތަކެއް ވެސް ފިލްމީ ދާއިރާ އަށް ދޫކޮށްލި ފިލްމެކެވެ. މީގެ އެންމެ ތަރިއަކީ ޑާކް ރެއިންގެ ޑާލިން ޖުމައްޔިލް (ޖުމަލް) ނިމާލެވެ.

ޝްވެކް ސިނަމާގައި "ގޮށްރާޅު" ދައްކަމުން އަންނަ އިރު، މި ފިލްމު ރަށްރަށުގައި ވެސް އަންނަނީ ދައްކަމުންނެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

3އެމްއެމް

03 March 2019

ސާބަހޭ ކުދިންނޭ.. ހޮލީވުޑަށާ ބޮލީވުޑަށް ގޮންޖަހާލާ ދެތިން ހަފްތާތެރޭ ދެފިލްމު ހަދާ ނިންމާލެވޭހާ މޮޅެތި ހުނަރުވެރިން މޮލީވުޑްގައި އުޅޭނެކަން ދުނިޔެއަށް ތިޔަހާމަ ކޮއްދިނީ.

The name is already taken The name is available. Register?

ސަކީނާ

03 March 2019

ނަފްރަތުގެ ޓޒާ ބެލެވޭ ވަރެއްނުވި ތީމް ލަވަޔާހެދި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454