މޮބައިލް ވޯލްޑް ކޮންފަރެނެސް (އެމްޑަބްލިއުސީ) ގައި ސްމާޓް ބުރުހާ ބެހޭ މައުލޫމާތު ދެނީ.
03 މާޗް 2019 - 07:37
ގެންގުޅޭ ސްމާޓް ފޯނު ފަތްޖަހައިލެވުމާއި މުއާސަލާތީ ހިދުމަތުގެ ތެރެއަށް 5ޖީ އައުން ކަހަލަ ބޮޑެތި ކުރިއެރުންތަކާ އެކު، ދަތް އުނގުޅާ ބުރުހަށް މި ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ވެސް އައިސްފަ އެވެ.
މިހާރު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުގެ ތެރެއަށް އޭއައި ވަންނަން ފަށާފައިވާ އިރު، އޯރަލް-ބީގެ ސްމާޓް ދަތްއުނގުޅު ބުރުސް "އޯރަލް-ބީ ޖީނިއަސް އެކްސް" ވެގެން ދާނީ ވަރަށް ވެސް ބޭނުންތެރި އާލާތާކަށެވެ.
މި ބުރުސް ދައްކާލައިފައި ވަނީ ބުރާސްފަތި ދުވަހު ސްޕެއިނުގެ ބާސެލޯނާގައި ނިންމައިލި މި އަހަރުގެ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) ގަ އެވެ.
What if you could get personalized dental care coaching from your toothbrush?
— P&G (@ProcterGamble) January 7, 2019
The @OralB Genius X with Artificial Intelligence instantly recognizes your unique brushing style and provides personalized feedback. #PGLifeLab #CES pic.twitter.com/Ruc8SICHEY
ކުރިން ޖިލެޓް ކުންފުނީގެ ދަށުގައި އޮތް އޯރަލް-ބީގެ ޖީނިއަސް އެކްސްއާ ބެހޭ ގޮތުން އެ ބްރޭންޑްގެ މިހާރު ބަލަދުވެރި ކުންފުނި ޕްރޮކްޓާ އެންޑް ގޭމްބްލް (ޕީއެންޑްޖީ) އިން ބުނީ އޭއައި ޓެކްނޮލޮޖީ ހިމަނައިގެން އީޖާދުކުރި ދަތް އުނގުޅާ ބުރުސް ވެގެން ދާނީ އަނގައިގެ ސާފުތާހިރުކަމާއި ދުޅަހެޔޮ ކަމަށް އިންގިލާބެއް ގެންނާނެ އުފެއްދުމަކަށް ކަމަށެވެ.
މި ބުރުސް ބޭނުންކުރަން ޖެހެނީ އެއަށް ހާއްސަ މޮބައިލް އެޕެއް މެދުވެރިކޮށެވެ. އެގޮތުން މީހާގެ އަނގައިގެ ހާލަތު ވަރަށް ތަފުސީލުކޮށް އެޕުން "ސްމާޓް މިރާއެއް" ގެ އެހީގައި ދައްކައި ދިނުމުގެ އިތުރަށް އަތަށް ގެންނަ ހަރަކާތްތަކާ އެކު އަނގައިގެ ދުޅަހެޔޮކަން ދަމަހައްޓާނެ ގޮތް ވެސް ކިޔައި ދޭނެ އެވެ.
"މިއީ ހަމައެކަނި ދަތް އުނގުޅައިދޭ ބުރުހެއް ނޫން. މިއީ މުޅި އަނގައިގެ ސާފުތާހިރުކަމާއި ދުޅަހެޔަން ގެނެސް ދޭނެ އުފެއްދުމެއް،" ޕީއެންޑްޖީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި "އޯރަލް-ބީ ޖީނިއަސް އެކްސް" އާންމުކޮށް ބާޒާރަށް ނެރޭނީ މި އަހަރުގެ ފަހުކޮޅު އެވެ. އެކަމަކު މި ބުރުސް ވިއްކާނެ އަގެއް އަދި ކަށަވަރެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy