ގަމުގެ އީކްއޭޓަ ވިލެޖް: މި އަހަރުގެ އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ އޮންނާނީ މިތަނުގައި.
24 މާޗް 2019 - 11:00
އެޗްއާރް މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ މި ފަހަރު އައްޑޫގައި ބާއްވަން ނިންމައިފި އެވެ. ހިއުމަން ރިސޯސް (އެޗްއާރް) ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 26 އާއި 27 ގައި ގަމުގެ އީކުއޭޓަ ވިލެޖްގަ އެވެ. އެޗްއާރު މޯލްޑިވްސްގެ ސީއީއޯ އާދަމް އިބްރާހިމް ވިދާޅުވީ އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ ކުރިއަށް ދާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އަންނަ މަހުގެ 26 ވަނަ ދުވަހު ސްކޫލްތަކުގެ ގްރޭޑް 10 އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
އަދި އެ ދުވަހު އެޗްއާރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ 50 ފަރާތަށް އެވޯޑް ދިނުން ވެސް އޮންނާނެ އެވެ. އެއަށް ފަހު އެކްސްޕޯގެ ދެވަނަ ދުވަހު 9:00 އިން ފެށިގެން އެޗްއާރު ސަމިޓް ކުރިއަށް ދާނެ އެވެ. ސަމިޓުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ މީހުން ބައިވެރިވެ އެ ދާއިރާއާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަން ދިނުމާއި ޑިސްކަޝަންސްތަކާއި ދާއިރާގެ މީހުންގެ ހިޔާލު ބަދަލު ކުރުން ވެސް އޮވެ އެވެ. އެޗްއާރް ސަމިޓް އެންޑް އެކްސްޕޯގެ މި އަހަރުގެ ތީމަކީ "އެޗްއާރް އޮޓޮމޭޝަން: ދަ ފިއުޗަ އޮފް ޕީޕަލް މެނޭޖްމަންޓް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއުމިނާ
24 March 2019
އަޅެ މި އެޗް އާރް މީހުންނަކީ ކޮންމެ ދެދުވަހަކުން ސަމިޓެއް ބާއްވާ ބައެއްތަ؟ އެއްވެސް ޕްރޮޑަކްޓިވް ވެލިއު އެޑިން މަސައްކަތެއް ކުރާ ބައެއްނޫން. މުވައްޒަފުންނާ ޖައްސާލައިގެން އެ މީހުނަށް ކޮންމެވެސް ފިޔަވަޅެއް ނޭޅިގެން އަބަދު އުޅޭނީ
މިނިސްޓަރ ރޯނު
24 March 2019
"އެޗްއާރް އޮޓޮމޭޝަން: ދަ ފިއުޗަ އޮފް ޕީޕަލް މެނޭޖްމަންޓް" ގެ މާނަޔަކީ އެޗް އާރ (ހިއުމަން ރިސޯސް) އެލިމިނޭޝަން. އެއިގެ މާނަޔަކީ އިންސާނުންނާއި ނުލައި ކުރާ މަސައްކަތް އިތުރުކުރުން. ބޭނުމަކީ ކުންފުނިތަކަށް ނަގާ މުވައްޒަފުން މަދުކޮށް ފައިދާ ބޮޑު ކުރުން. ވީމާ ތިއިން ދިވެހިންނަށް ވާނެ މާބޮޑުފައިދާއެއްނެތް. ސޮފްޓްވެއަރ ނުވަތަ އާޓިފިޝަލް އިންޓެލިޖެންްސް މަސައްކަތް ކުރާމީހުންނަށް ފުރުސަތު ލިބޭނީ.