ޑައުން ސިންޑްރޮމް އެސޯސިއޭޝަނަށް ދިރާގުން އެހީތެރިވަނީ--ފޮޓޯ:ދިރާގު
24 މާޗް 2019 - 13:56
ޑައުން ސިންޑްރޮމް އެސޯސިއޭޝަނުން ހދ. އަތޮޅުގައި ކުރިއަށްގެންދާ ސްޕީޗް ތެރެޕީ އެސެސްމެންޓް ޕްރޮގްރާމަށް ދިރާގުން އެހީވެއްޖެ އެވެ.
މި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ބިއުޓިފުލް އައިސް ޑައުން ސިންޑްރޮމް އެސޯސިއޭޝަނުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މި އެސޯސިއޭޝަނަކީ ޑައުން ސިންޑްރޮމް މީހުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އާންމުންގެ މެދުގައި ޑައުން ސިންޑްރޮމަށް ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ.
ކުޑަކުދިންގެ ހެދި ބޮޑުވުމަށްޓަކައި ވާހަކަދައްކައި މުއާމަލާތް ކުރުން މުހިއްމު ދައުރެއް އަދާކުރާ އިރު ޑައުން ސިންޑްރޮމް ހުންނަ ގިނަ ކުދިންނަކީ ވާހަކަ ދެއްކުމަށް އުނދަގޫތަކާ ކުރިމަތިވާ ކުދިންނެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާ) ގެ ތެރެއިން މި އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ވަނީ މިފަދަ އެންޖީއޯތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
ދިރާގުން ކޮންމެ އަހަރަކު ބާއްވާ ރޯޑް ރޭހުގައި ވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޯން
26 March 2019
މިދެން ބަޔަކު ހަބަރުގަ ޖަހާކަމެއްތަ. އެހީ ދީފިއްޔާޖެހޭތަ އެންމެންނަށް ނޫހުގަ ޖަހައިގެން އަންގަން. ތިދެންބޮޑުވަރު ދެއްކެން އުޅުނަސް.