ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ސަމީރު ވާހަކަ ދައްކަވަނީ. ---
01 އެޕްރީލް 2019 - 10:39
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ނުނިމެނީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުން އެންމެ ލާރިއެއް ވެސް ނުނެގޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އަލީ ނިޔާޒްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ސަމީރު ވިދާޅުވީ މަޖިލިސް އިންތިޚާބަށް ހަރަދު ކުރާށޭ ކިޔާފައި ޔާމީނަށް "ފައިސާ ފޮއްޗެއް" ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
"ފްރީޒް ކުރި ފައިސާ އަދިވެސް ހުންނާނީ ފްރީޒް ކަން މަތީގައި. އަޅުގަނޑުމެންނަށް އެނގޭ ކަންކަން ކުރާނެ ގޮތް،" ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން ސަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކަންކަން ކުރާނެ ގޮތް. އަޅުގަނޑުމެންނަށް އެނގޭ ޔާމީނާ ކުޅޭނެ ގޮތް. ޔާމީނާ އެކުގައި ތިބި މީހުންނާ ކުޅޭނެ ގޮތް. އަޅުގަނޑުމެންނަށް އެނގޭ އެކަންކަން ހައްލު ކުރާނެ ގޮތް. އަޅުގަނޑުމެން މިތިބީ އަޅަން ޖެހޭ ފިޔަވަޅު އަޅައިގެން،" ---ސަމީރު
މަނީ ލޯންޑެރިން އާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު، އެކައުންޓްތައް ފްރީޒްކުރުމުގެ އާ އަމުރެއް އެބަ އޮތް ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއި (މ) ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު (ވ) އަދި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް (ކ) --
ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގި ކަމަށް ބުނެ ފުލުހުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރު ނެރުނީ ޑިސެމްބަރު 13 އިން މާޗު 12 ގެ ނިޔަލަށް ޔާމީންގެ ހުރިހާ އެކައުންޓްތަކެއް ފްރީޒް ކުރުމަށެވެ. އެ އަމުރާ އެކު ބީއެމްއެލް އާއި އެމްއައިބީގައި ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓްތައް، 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު، ފްރީޒް ކުރި އެވެ.
އިއްޔެ އެ އަމުރު ބާތިލްކުރި ނަމަވެސް ފަހުން ނެރެފައިވާ އަމުރާ ގުޅޭ ގޮތުން ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ. އަދި ޔާމީންގެ ފަރާތްޕުޅުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅި ކަމެއް ވެސް އެނގިފައެއް ނުވެ އެވެ. ފަހުގެ އަމުރު ނެރުނީ އަންނަ ޖޫން މަހުގެ މެދަކާ ހިސާބަށް އެމަނިކުފާނުގެ އެކަައުންޓްތައް ފްރީޒްކުރުމަށެވެ.
ސަމީރު ވިދާޅުވި ގޮތުގައި ޔާމީންއާ ކުޅޭނެ ގޮތް އެނގިވަޑައިގަންނަވަ އެވެ. އަދި ސަރުކާރުން ތިބީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެމަނިކުފާނުގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެންނަށް އެނގޭ ކަންކަން ކުރާނެ ގޮތް. އަޅުގަނޑުމެންނަށް އެނގޭ ޔާމީނާ ކުޅޭނެ ގޮތް. ޔާމީނާ އެކުގައި ތިބި މީހުންނާ ކުޅޭނެ ގޮތް. އަޅުގަނޑުމެންނަށް އެނގޭ އެކަންކަން ހައްލު ކުރާނެ ގޮތް. އަޅުގަނޑުމެން މިތިބީ އަޅަން ޖެހޭ ފިޔަވަޅު އަޅައިގެން،" ސަމީރު ވިދާޅުވި އެވެ.
ޔާމީންގެ އެކައުންޓްތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ރޭގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ދެ ތިން ދުވަހުން މީހަކު މިލިއަނަރަކަށް ނުވާނެ ކަމަށެވެ. އެއީ ހަދިޔާގެ ގޮތުގައި ލިބޭނެ އަދަދުތަކެއް ނޫން ކަމަށާއި އެ ހޯދި ގޮތް ބަލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މުއައްސަސާތަކުން ކަންކަން ބަލާނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ ދެން ރައްޔިތުންނާ ނުކުޅެވޭނެ. އަޅުގަނޑުމެން މިތިބީ ހޭލާ،" ޔާމީންގެ ނަން ނުގެންނަވައި ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި "އަނިޔާވެރި ވެރިއަކަށް އޮތް ފުރުސަތު" ރައްޔިތުން ބަންދު ކުރަން ޖެހެ އެވެ. ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ގެއްލުނު މައްސަލައިގައި ފައިސާތައް ނެގި މީހުންނަށް ފިޔަވަޅު އަޅަން ޖެހެނީ ރަނގަޅު މުސްތަގުބަލެއް ނުހޯދޭނެތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑައަލީ
03 April 2019
ރާއްޖޭގައި އެންމެ ގިނައަދަދަކަށް ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވީ ކޮން ސަރުކާރެއްގައިތޯ ސުވާލެއް ކޮށްލައިފިނަމަ ޖަވާބު ދޭނީ ކީކޭތޯ؟
ކަރީމްބާއީ
03 April 2019
ކަލޯމެން ތިޔަ ފައިސާ ނަގައިގެން ހުރެބަލަ. ޔާމީން ނޫޅޭ ތިޔަ ފައިސާ ނުލިބިގެނެއް
ސަމާ އާދަނު ލާރި ބެހި
02 April 2019
ވަރަށް ހަގީގީ ވާހަކަ ކޮޅެއް ސަމީރު ތި ދެއްކެވީ ރައްޔިތުންގެ ލާރި ގަނޑު ދަވާލާފަ ބަދަލް ނުދީ ހުރެވިގެން ނުވާނެ
ވަހީދު
03 April 2019
ނެގިކަން ސާބިތު ކޮށްފައި ކޯޓު އަމުރަކުން ބަދަލު ނަގަން ޖެހޭނީ. އެހެން ނޫނީ ވަރަށް ނުބައި ކަމެއްގެ ދޮރު ތިހުޅުވަނީ. ވެރިކަމަށް އަރާ ބަޔަކު އަނެއް ކޮޅު އެންމެންގެ މުދާ ފޭރުން ޢާއްމުވެދާނެ.
ަސދފ
02 April 2019
އެންމެ ލާރިއެއްވެސް ދީގެން ނުވާނެ...ބޮޑު ކަރަޕްޝަނަށް ތުހުމަތުކުރެވޭ ރިޝްވަތު ދޭނެކަން ޔަގީން.
ޢިބުރަތް
02 April 2019
އެމްޑީޕީގެޢައުވާނުންނައްބުނަންއޮތީ ބާރެއްލިބުނޭކިޔާފަބޮޑާވެނުގަންނާށޭ ތިޔަހެން ބާރުދެއްވިފަރާތްހަނދާން ނައްތާލިމީހެއް ޤާރޫންއަކީ އާޚިރުނަތީޖާ އެއޮތީ ޤުރުއާނުންފެންނަން
.ތަހުގީގު
02 April 2019
.މިހާރުވެސް އެނގިއްޖެ ނޫންތޯ މި ސަރުކާރުން ކޯޓުތަކާ ޝަރީއަތްތަކަށް އަތްބާނާވަރު.
ދޮގުވެރިޔާ
02 April 2019
ކޮން އިރަކު މި ސަރުކާރު ކޯޓުތަކަށް އަތް ބޭނީ...؟ސިފައިންނާއި ފުލުހުން ވެސް އެތިބެގެން ހެކިވަނީ،،މިކަހަލަ އުފާވެރި ވެރިކަމެއް ދުވަހަކުވެސް ނުދެކޭ ކަމަށް...
.ތަހުގީގު
02 April 2019
.މިހާރުވެސް އެނގިއްޖެ ނޫންތޯ މި ސަރުކާރުން ކޯޓުތަކާ ޝަރީއަތްތަކަށް އަތްބާނާވަރު.
ހަމަހޭ
01 April 2019
ހަމަތިޔަގޮތައް ހަޅޭއްލަވަލަވާތިއްބާ މިހާރު އެއްފަހަރު އޮންނަނީ ބެރުއަރުވާލާފަ. އަދިވެސް ތިޔަބައިގަނޑައް ވަނީ ހަމައެހެން.
ތުއްޔޮންބެ
01 April 2019
އެއީ ކީއްވެބާ؟ އެމީހެއްގެ ފައިސާއެއް އެމީހަކައް ލިބެންޖެހޭނެ ހިތްއެކަމާ ކިތަންމެ ނުރުހުނަސް.
ދަ ގޭމް ޓްރިޕަލްއެޗް
01 April 2019
ޔާމީނުގެ އައުވާނުންނަށް ބުނެލަން އޮތީ ކޯޓްތެރެއިން މިސަރުކާރާއި ކުޅޭނަމޭ ހީނުކުރައްޗޭ. އެކަމެއް ނުކުރެވޭނެ. ޔާމީނު ކުޅުނު ގޭމް ވެސް އެބައޮތް. ހަމަ ބޭނުމިއްޔާ ކުޅެލަން.