ފުޓްބޯޅަ މެޗެއް ބައްލަވަން ގަލޮޅު ދަނޑަށް ވަޑައިގެން ނަޝީދާ އެކު މައުމޫން ސެލްފީއެއް ނަންގަވާއިރު ރައީސް ޔާމީން އަރިހުގައި. ---ފޮޓޯ: ނޫނުޑެއިލީ
31 އޯގަސްޓް 2016 - 11:45
ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ "އަބުރު ކަތިލައި" ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރިޕޯޓެއް ގެނެސްދިނުމުން އެކަން ބަލައިދޭން އެދި ފުލުހުންނަށް ހުށަހެޅި މައްސަލަ ނަގައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ އަންހެން ސަޕޯޓަރެކެވެ.
އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފަށް އޭނާ ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމުގެ މަގުސަދު އޮވެގެން، ސަރުކާރުގެ މެމްބަރުން ފާސްކުރި އާ ގާނޫނުގެ ދަށުން އަބުރުގެ ދައުވާކުރަން ބޭނުންފުޅު ނުވާ ކަމަށް މައުމޫނާއި ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
މައްސަލަ ބާތިލްކޮށްދޭން އެދި ފޮނުވި ސިޓީގައި އޭނާ ބުނެފައި ވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވަނީ، މިހާރު އޮތް އަބުރާ ބެހުމުގެ ގާނޫނު، ދީނީ ހަމަތަކާއި ގާނޫނުއަސާސީއާ ފުށުއަރާތީ ކަމަށެވެ.
އެ ގާނޫނު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ދުވަހުގެ ރޭ މައުމޫނާއި ނަޝީދުގެ އަބުރަށް ހުތުރުވާ ގޮތަށް ޕީއެސްއެމުން ރިޕޯޓެއް ގެނެސްދިނީ އެ ދެ ބޭފުޅުން ކުރެއްވި ޓުވީޓެއްގެ މާނަ އޮޅުވާލައިގެންނެވެ. އެ ރިޕޯޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ޕީއެސްއެމްގެ ވެބްސައިޓުން ފަހުން ވަނީ ރިޕޯޓް ނަގައިފަ އެވެ.
މައުމޫނާއި ނަޝީދުގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް ފޮނުވި ރިޕޯޓްގެ މައްސަލަ އެ ދެ ބޭފުޅުންނާ ގުޅުމެއް ނެތް މީހަކު ހުށަހެޅުމުން، އޭރު ވެސް ބެލެވުނީ އެއީ އެ ގާނޫނަކީ ރަނގަޅު އެއްޗެއްކަން ދައްކަން ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގަ އެވެ. މިހާރުގެ ގާނޫނު އޮތީ މީހެއްގެ އަބުރާ ބެހިއްޖެކަން ސާބިތުވެއްޖެ ނަމަ އެ މައުލޫމާތެއް ފެތުރި މީޑިއާއެއް ބޮޑުވެގެން 2 މިލިއަން ރުފިިޔާ އިން ޖޫރިމަނާކުރުމުގެ ފުރުސަތު ދީފަ އެވެ. އަދި އެ ލިއުމެއް ލިއާ މީހަކަށް އަންނަ ޖޫރިމަނާ ނުދައްކައިފި ނަމަ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށް ވެސް ލެވެ އެވެ. ގާނޫނު ބުނާ ގޮތުން އަބުރާ ބެހުމަކީ ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ދައްކާ ހަރަކާތެއް، އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން ނުވަތަ އިހްސާސް ކުރެވޭ ކޮންމެ ބަހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޞީހަތް
01 September 2016
ކަލޯ ނާފިޒް ތިހާވަރަށް ނަޝީދާހެދި ތިޔައުޅެނީ އެއީކަލޯ ބަލަދުއަރާ މީހަކީތަ؟ ނޫނީ މާ ރަނގަޅުމީހަކީތަ؟
ތާރުކުނާވަޙީދު
31 August 2016
ކްރިމިނަލް މައްސަލަތަކަކީ މީހަކު ދައުވާކުރުމުން ބަލާފައި ދަޢުވާ ނުކުރުމުން ނުބަލައި ދޫކޮށްލަންޖެހޭ މައްސަލަތަކެއްނޫން. ޒަމާނުއްސުރެ ރާއްޖޭގައި މިކަން ކުރަމުން އަންނަ ގޮތަކީވެސް ކްރިމިނަލް މައްސަލައެއް ނުވަތަ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ އެމައްސަލައެއް ފުލުހުން ބަލާނެ. ގެއްލުމެއް ލިބުނު ފަރާތުން ދަޢުވާ ކުރަން ބޭނުންނޫންކަމަށް ނުނެފިނަމަ އޭނާއަށް ދޫކޮށްލެވެނީ އޭނާއަށް ލިބުނު ގެއްލުމުގެ ބައި. ކުށުގެ ދަޢުވާ ދައުލަތުން ކުރާނެ. އެހެންވީމާ ތިމައްސަލާގައިވެސް ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންވިޔަސް އެއީ ދައުލަތުގެ ކަމާބެހޭ ފަރާތުން ކުރިޔަށް ގެންދަންޖެހޭނެ މައްސަލައެއް.
އަކީ
31 August 2016
އެމީހާއަށް ރައްދުނުވާ އަބުރުގެ މައްސަލައެއް އެމީހާއަށް ނުވެސް ހުށަހެޅޭނެ. ސަރުކާރަކަށްވެސް.
ކަބަޑި
31 August 2016
ޖޫރިމަނާ ލާރިލިބެނީ ސަރުކާރައް ކަށް އެންގުމުން މައްސަލަނެގީ
އޮޅިއްޖެ،ތިބޭތި.....
31 August 2016
ކިހާވަރެއް ދީގެންބާ އެކަކު އެކި ނަންނަމުގަ މި ކޮމެންޓުކުރަނީ. އެއްނަމެއް ބޭނުންކުރަން ނުކެރޭ ސަބަބު ބުނެލަދީފާނަންތަ؟ ފިނޑިކަމުންތަ އެއީ އަނެއްކާ؟
ވައި
31 August 2016
ކިއެއްކުރަންތަ އެއީ
ބޫ
31 August 2016
ޤާނޫނު ހެދި މީހުން އެންމެކުރިން ޤާނޫނު މުގުރާލުމުން ޤާނޫނުގެ ޙަޤީޤި މަޤްޞަދާއި އެ ހިނގާނީ ކޮންބައެއްގެ މައްޗަށކަން ވަރަށް ސާފެވެ.
މީތޯ
31 August 2016
ރައީސް ނަޝީދުގެ އަބުރު ކަތިލަން މަމެންގެ ޕިންކް ސަރުކާރުގައި ނޯންނާނެ ޓީވީއެމް އިން އެއްވެސް ނުބައި ކަމެއް ކޮށްފައި. ތީ ދެން ބޮޑު އޮޅުމެއް ކަމަށް ވާނީ. މަމެން ނަކީ ތިޒާތަށް ރަންރީނދޫ ކުދިން އުޅޭ ގޮތަށް މީސް މީހުންގެ އަބުރާއި ބެހެމުން ދާ ބައެއް ނޫނެވެ. މިހާރުވެސް ރަންރީނދޫގެ މައި ޓްވިޓަރ ގައި މަމެންގެ ފަސްޓް ލޭޑީއަށް އަބުރާއި ބެހޭ ގޮތުން ލިޔެފައިވާލިޔުން ތައް ބަައްލަވާ. މަމެން ހިތަށް އަރަނީ މިކަން ހަމަ ބްރޯޑް ކާސްޓް ކަމިޝަނަށް ވެސް އަދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ވެސް އަދި ބްލޫސް ކުދިންނަށް ނުފެންނަނީ އެއީ ކީއްވެގެންތޯއެވެ. ކުރީގައި ބުނާނެ ގާނޫނެއް ނެތީމައޭ މިހާރު ގާނޫނު އޮތުމުން ވެސް އެގާނޫނު ތަންފީޒު ކުރަން ތިބި އިދާރާ ތަކުން އެކަން ނުކުރަންނާނެ ދެން މަމެން ތިބެން ޖެހޭނީ ހަމަ އެފަދަ ޓްވީޓް ތައް ރީޑް ކޮށްލާ މެއަށާއި ހިތަށް ތަދުވޭވޭ ނޫންތޯއެވެ. މީތޯ މިކަން އޮންނަން ޖެހޭ ގޮތަކީ.
ތަމް
31 August 2016
ފުލުހުންނަށް ހުށަހެޅިއްޔާ ވަކި ވާކަމެއް ހުރޭތަ؟ ބޭކާރު.
ޜީމާ
31 August 2016
ރައީޝް ނަޝީދުއަކީ ހިތްތިރި ،ހިތްވަރުގަދަ ،ހިންގުންތެރި ، × ، ޤަދަރުވެރި ، ހަމަހަމަކަން އަދި މިނިވަންކަން ދަމހައްޓަން މަސައްކަތްކުރާ ފަހުލަވާނެކެވެ....
ޒީމާ
31 August 2016
އެއް ނަންބަރުގެ ފިލްމް އިސްޓާރެކެވެ.
މަރޭމިތުރާ(ޓެކްސީ ޑުރައިވަރު)
31 August 2016
ދައްކާ އަބުރު ކަތިލީތަނެއް!. ދެއްކުނު ރިޕޯރޓް ނެގިވެސް ތަނެއް.! ހެއްކާއެކީ ބެލިވެސްކަމެއް! ދައްކާގޮތުން ދައުލަތުތަނެއް! ޢަސްތާ މިއީ ކޮންތަނެއް؟؟؟؟؟
ކޮށްދީ
31 August 2016
ރައީސް ނަޝީދުގެ އަބުރު ކަތިލި މައްސަލަ ނަގާ ކަށް ނޫން މަމެން ބޭނުންވަނީ ރައީސް ނަޝީދު ކޯޓް އަމުރުގެ ދަށުން ހައްްޔަރުކޮށްގެން ގެނެސް މާފުށީގައި ބެހެއްޓުމަށެެވެ. މީމަމެން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ. މިކަން ކޮށްލަދީ ދެން ރަންރީނދޫ ކުދިން. ކޮށްދީ ކޮށްދީ ކޮށްދީ ކޮށްދީބަލަ ދެން.
ޢަބްދުﷲނާފިޒު
31 August 2016
ބަލަގަ ތިޔަބުނާ ކޯޓުން ނެރޭ އަމުރަކީ ރާއްޖޭގެ އަސްދަނޑިން ބޭރުވީމަ ފައިފުއްސަށްވުރެވެސް ދަށުދަރަޖައިގެ އެއްޗެއްކަން ހަމަ ނުވިސްނޭތަ، ގާދުކޮލުން ބޭރަށް ތިޔަ ކޯޓުތަކުގެ އަމުރު ނުހިނގާކަން އިނގޭއިރުވެސް ކޮމެންޓްކުރެވޭތޯ ބަލާތި، އހ.