ހެޕީ މާޓުން ހިންމަފުށީގައި ހުޅުވި ފިހާރަ--ފޮޓޯ:ހެޕީމާކެޓް
17 އެޕްރީލް 2019 - 15:58
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް، ހެޕީ މާކެޓުން ކ. ހިންމަފުށީގައި ފިހާރައެއް ހުޅުވައިފި އެވެ.
'ހެޕީ މާކެޓު ޝޮޕް 7' ހުޅުއްވައި ދެއްވީ ހިންމަފުށީ ކައުންސިލްގެ ޒިންމާދާރުވެރިޔާ ހުސައިން އަބްދުއްރަހުމާނެވެ.
ހެޕީ މާކެޓުން މާކެޓުކޮށް، ޑިސްޓްރިބިއުޓް ކުރާ ހުރިހާ މުދަލެއް، މާލެއާ އެއް އަގެއްގައި ހިންމަފުށި ފިހާރަ އިން ލިބޭނެ އެވެ.
މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި ހެޕީ މާކެޓުން ހުޅުވި ފުރަތަމަ ފިހާރަ އެވެ.
ހެޕީ މާކެޓުން އުފައްދާ ލައިފު ފެންފުޅީގެ ބޮޓަލިން ފެކްޓްރީ ވެސް ހިންގަނީ ހިންމަފުށީގަ އެވެ.
ހެޕީ މާކެޓުން ބުނިގޮތުގައި، ހިންމަފުށީގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވީ، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ އަގު ވަޒަން ކުރުމަށެވެ.
އެ ފިހާރަ ހުޅުވުމުގެ ނަތީޖާ އަކީ ހިންމަފުށީގައި ވަޒީފާގެ ފުރުސަތު އިތުރުވުން ކަމަށް ހެޕީ މާކެޓުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޫބައްޑާ
17 April 2019
ސ.ފޭދޫގައި އެ ހުންނަނީ ހެޕީމާކެޓްގެ ބަދިގެއެއްދޯ؟؟؟