ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ދިރާގު ހެޑްއޮފީހުގަިއ--ފޮޓޯ:އާކައިވް
18 އެޕްރީލް 2019 - 11:06
ދިރާގުޓީވީން އެންމެ ފަހުން ނެރުނު ޓީވީ ޕެކޭޖުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ބޭސިކް ޕެކޭޖު 300ރ. އަށް ލިބޭނެ ކަމަށެވެ. އަދި މި މަހުގެ ކުރީކޮޅު "އެގްޒައިޓްމެންޓް" ނަމުގައި ތައާރަފް ކުރި އެޑް-އޯން ހިދުމަތް ހިލޭ ލިބޭނެ އެވެ.
އެގްޒައިޓްމެންޓް އެޑް-އޯންގެ ދަށުން 22 އިތުރު ޗެނަލް ބަލައިލެވޭނެ އެވެ. އެ ހިދުމަތަށް މީގެ ކުރިން 120ރ. ދައްކަންޖެހެ އެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް 399ރ. ހޭދަކޮށްގެން ދިރާގުން ދޫކުރާ ހުރިހާ ޗެނަލެއް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
ދިރާގުޓީވީގެ ހިދުމަތް އިއްޔެއިން ފެށިގެން ނަގާފައިވާ ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޕީޓީވީ ހިދުމަތާ އެކު ގިނަ ޗެނަލްތައް ފޯރުކޮށްދޭ އިރު މިހާރު 90 އަށް ވުރެ ގިނަ ޗެނަލް ދިރާގުޓީވީން ލިބެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ހިދުމަތް 52 ރަށަކަށް ދެމުންދާ އިރު އެއީ ރާއްޖޭގެ އާބާދީގެ 72 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނުގަތި
21 April 2019
އަގު ތިންސަތޭކައިގާ ބަހައްޓާށެވެ. ޗެނަލް އިތުރުވުމަކީ ކަސްޓަމަރުން އިތުރުވާނެކަމެކެވެ. ކަސްޓަމަރުން އިތުރުވުމަކީ ލިބޭފައިސާގިނަވާނެ ސަބަބެކެވެ. މީޑިއާނެޓްހެން ޕެކެޖްތައް ހަދައިގެން ރައްޔިތުން ފެލަން ނުހަދާށެވެ. މީޑިއާނެޓް ދޫކޮށް ދިރާގުޓީވީ ނަގަނީ އެކަނުން ސަލާމަތްވާށެވެ.
އިދުރީސް
18 April 2019
މޯބައިލް އަށްވެސް މި ހިދުމަތް ހިލޭ ނުލިބޭތީ މައްސަލައަކީ. ގެއަށް ޕެކޭޖް ނަގާފަ އަދި އެހެނިހެން ޑިވައިސް ތަކުން ބަލަންވީމަ ޑޭޓާކޮޅު ހުސްވޭ. އަނެއްކާ ޕޯނައް ލިބެނީ މާ މަދު ޗެނަލްތައް
މުލޭ
18 April 2019
އިއްޔެގެ ކުރިން ނެގި ކަސްޓަމަރުންނަށް ނުލިބޭނެތޯ.
ޟަރިޔާ
18 April 2019
ގަބޫލުކުރޭ.. ދިރާގެއް އުރީދޫ އެއް ހިލެއަކު އެއްކަމއްވެސް ނުކޮށްދޭނެ. އޮޅުވާލުން އިންތިހާގަ
އަހޫ
18 April 2019
ބޭނުންވާ މުހިއްމު ހުރިހާ ޗެނަލެއް ބަލަން ބޭނުންނަމަ 550 ދައްކަން ޖެހޭނެ ތިވާގޮތުން. ފެލަން މޮޅު ގޮތެއް ހަދާލީ.
ލާނާ94
18 April 2019
ސްޓާރ ޕްލަސް ގެންނާނަމޭ ކިޔާތާވެސް 10 އަހަރު ދިރާގުޓީވީން.