ސޫދާންގެ ވެރިކަމުން ދުރުކުރި އުމަރު ބަޝީރު. --ފޮޓޯ:އޭއެފްޕީ
21 އެޕްރީލް 2019 - 11:59
ޚަރްތޫމް (އެޕްރީލް 21) - ސޫދާންގެ ވެރިކަމުން ދުރުކުރި އުމަރު ބަޝީރުގެ ގެކޮޅުން 130 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށާއި އުމަރު ބަޝީރުގެ މައްޗަށް މަނީ ލޯންޑަރިންގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފި އެވެ.
އުމަރު ބަޝީރުގެ ގެއިން ސަލާމަތީ ފަރާތްތަކުން ހޯދި ތަކެތީގެ ތެރޭގައި ޑޮލަރާއި ޔޫރޯ އަދި ސޫދާންގެ ފައިސާ ހިމެނެ އެވެ.
އަސްކަރީ ބަޣާވާތެއްގައި އުމަރު ބަޝީރުގެ 30 އަހަރުގެ ވެރިކަން މިދިޔަ ހަފުތާގައި ވައްޓާލުމަށް ފަހު އޭނާ ފުރަތަމަ ބެހެއްޓީ ރިޔާސީ ގަނޑުވަރުގައި ބަންދުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ ސޫދާނުގައި ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ޖަލުކަމަށްވާ ކޮބާރަށް ބަދަލުކޮށްފަ އެވެ.
#Sudan authorities seize Al #Bashir cash stash #bashirhasfallen #SudanNews #SudanProtests #SudanUprising #Sudan_Revolts #Sudan_UpRising https://t.co/sup6OnZ9TP pic.twitter.com/oPID9FZNhI
— Radio Dabanga (@Radiodabanga) April 19, 2019
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި އުމަރު ބަޝީރުގެ ގެކޮޅުން ވަނީ 351،000 ޑޮލަރާއި ހަ މިލިއަން ޔޫރޯ އާއި 5.2 މިލިއަން ޕައުންޑް އަދި ފަސް ބިލިއަން ސޫދާން ޕައުންޑް (105 މިލިއަން ޑޮލަރު) ފެނިފަ އެވެ. މި ފައިސާ ހުރީ ފޮށިފޮއްޓަށް އަޅައި ފޮރުވައިފަ އެވެ.
ޕްރޮސެކިއުޓަރުން ބުނީ މިހާ ގިނަ އަދަދެއްގެ ފައިސާ އުމަރު ބަޝީރުގެ ގެކޮޅުން ފެނުނު މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ޖަލުގައި ހުންނެވި އުމަރު ބަޝީރާ ސުވާލު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސޫދާންގެ އެޓާނީ ޖެނެރަލް ވިދާޅުވީ ކޮރަޕްޝަނުގެ ތަހުގީގުތައް ބެލުމަށް އާ ކޮމިޓީއެއް އުފައްދާނެ ކަމަށެވެ.
އުމަރު ބަޝީރުގެ ގެކޮޅުން ފެނުނު ފައިސާތައް ގޯނި ގޯންޏަށް އެޅުމަށް ފަހު ނޫސްވެރިންނަށް ވަނީ ދައްކާލައިފަ އެވެ.
ސޫދާންގެ ވެރިކަމުން ދުރުކުރި އުމަރު ބަޝީރު. --ފޮޓޯ:އޭއެފްޕީ
ސޫދާންގައި ގާތްގަނޑަކަށް 30 އަހަރު ވެރިކަން ކުރެއްވި އުމަރު ބަޝީރަކީ ދެކުނު ސޫދާނުގެ ދާފޫރުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އައިސީސީން ހޯދަން ބޭނުންވެފައިވާ މީހެކެވެ.
ޔޫގެންޑާގެ ޚާރިޖީ ވަޒީރު އޮންރީ އޮރިޔެމް އޮކެއްލާ ވިދާޅުވީ އުމަރު ބަޝީރު ހުށަހަޅުއްވައިފި ނަމަ އެ ގައުމުން އޭނާ ސިޔާސީ ހިމާޔަތް ދޭނެ ކަމަށެވެ. އެކަމަކު އުމަރު ބަޝީރު ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަނީ އަމުރެއް ނެރެފަ އެވެ. ޔުގެންޑާ އަކީ އައިސީސީގެ މެންބަރަކަށްވާ އިރު އެ ގައުމަށް އުމަރު ބަޝީރު ވަޑައިގެންފި ނަމަ އައިސީސީއާ ހަވާލު ކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުއްޅަބޭ
21 April 2019
މިތާ ބަލާފާސްކުރާނެ ގެއެއްނެތް. މެޑަމްޓީމުން ދުނިޔޭގެ އެތައް މިތަނުން ގެދޮރު ގަނެލާ ކަރުދާސް ބޭރުކޮށް ނިންމާ ފުރައިގެން ގޮސްވީ.
ސަމޭދާން ބުނި ގަތޫރާ
21 April 2019
ބައްޓޭމެން ނުވާނެ ރަގަނޅެއް.
މުލިޔާގޭ ހުރި ބާ
21 April 2019
ތިއީ ފުލުހުން އެ ތަނަށް ވެއްދި ތަކެތި..
އަލީރާޖާ
21 April 2019
އެއީ ނޭގި ހުއްޓާ އެތާގެ އެސްއޯއެފުން ގެއަށް ގެނެސް ވައްޓާލާފަ ހުރި އެއްޗެއް.
ހުއްބުލްވަތަން އަސްލު
21 April 2019
މިގޮތަށް ރާއްޖޭގެ ރައީސްކަމުން ފޭބި ބޭފުޅާގެ ގެވެސް ޗެކުކޮށްލިނަމަ ލައްކަ ބައިވަރު ސާމާނު ފެނުނީސް. ނަސީބަކުން މި ގައުމުގާ އެފަދަ ކަމެއް ނުހިނގި. ވެދުމާ ސަލާމް
ރަދީފްސް ޑޭޑް
21 April 2019
ނަންވާނީ ޔާމީނު.
ކަދުރުދައިތަ
21 April 2019
ނަންވީ ކަންވެސް ކުރީމަ!