ހޯރަފުށި މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށު ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ހަނޑޫ، ހަކުރު ބަސްތާއެއް ދިނުމަށް ވަނީ ނިންމާފައި:
26 އެޕްރީލް 2019 - 09:05
ހއ. ހޯރަފުށީގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް، ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ހަކުރު ބަސްތާއެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލްގެ މެމްބަރު މުހައްމަދު ނަސީރު އަބޫބަކުރު، "މިހާރު" އަށް މިއަދު ވިދާޅުވީ، އަންނަ މަހު ފަށާ މި އަހަރުގެ ރޯދަމަހަށް ހަދިޔާ ދިނުމަށް ނިންމާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން ހޯރަފުށީގެ މީހުންގެ ގެތަކަށް ކަމަށެވެ. އެއީ 301 ގެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަ ހަދިޔާ ދިނުމަށް ދެ ލައްކަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ ހިލޭ އެހީގެ ގޮތުގައި ކައުންސިލަށް ލިބިފައިވާ ފައިސާ ކަމަށް ނަސީރު ވިދާޅުވި އެވެ.
"ރައްޔިތުންގެ ފައިސާ އިން ރޯދަ ހަދިޔާ ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެއީ ވެންމަސް ވެނަށް ކާން ދިނުން. އަޅުގަނޑުމެން މި ހަދިޔާ މިދެނީ ކައުންސިލަށް ލިބިފައިވާ އެހީގެ ފައިސާ އިން،" ނަސީރު ވިދާޅުވި އެވެ.
މިއީ ހޯރަފުށީގެ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭ ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އެހީތައް ވެ އެވެ. އެގޮތުން، މި އަހަރު ވެސް އެކަން އެގޮތަށް ހިނގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދަންބަރު
27 April 2019
"މި އަހަރުގެ ރޯދަމަހަށް ހަދިޔާ ދިނުމަށް ނިންމާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން ހޯރަފުށީގެ މީހުންގެ ގެތަކަށް ކަމަށެވެ. އެއީ 301 ގެ ކަމަށް އޭނާ ވިދާޅުވި އެވެ." ކިހާ ދެރަކަމެއް. ދެން ތިރަށުގަ މީހުންއުޅޭ ގޭގޭގައި ރޯދަ ނުހިފާ މީހުންބާ އުޅެނީ.
މާހޯރަ
30 April 2019
ބުރޯ ދެން އެހުރީ ފަޅުގެތައް އަދި ހަދަން ފަށާފަ ހުރި ހުސް ގޯތިތަށް.. އެތަންތާކު މީހުނެއް ނޫޅޭ ދެން ކިހިނެއް ދޭނީ؟ ވާނުވާ ގެޓުވެގެން ކޮމެންޓުކޮށްބަލަ އެއްޗެއް ފެންނަ އިރަށް ހެދި ނުގަނެ
ސޯބު
27 April 2019
ތިރަށާ ވަރަށް ގުޅޭ އެއްޗެއް ހަކުރަކީ. ހުރިހާ އެއްޗެއް ހިލޭ ދިނަސް ވައްކަން ކުރުމެއް ތިތާކުން ނުހުއްޓޭނެ،
ލިން
30 April 2019
އެއްވެސް ގުޅޭ އެއްޗެއް ނޫން.. ތިޔަ ބުނާ މީހުންގެ އަދަދު 40އަކަށް ނާރާ 3500 މީހުން އުޅޭ.. މިއަށް ވުރެއް މާގިނައިން އެކަންކުރާ މީހުން އުޅޭ ރަށްރަށއ ހުރޭ.. އިހަވަންދޫ ކުދިން ދެން ޖޭ ވިއަސް ފުކެއް ބޮޑުވަރު.. ނިކަން ވޭތުވެ ދިޔަ 5 އަހަރުގެ ފޮލިސް ރެކޯޑް ބަލާލަބަލަ ކުށުގެ ނިސްބަތް ދަށްވަރު ފެންނާނެ
ފުއް
26 April 2019
ހަކުރު ދިނުމަށް ވުރެ ފުއް ރަނގަޅުވާނެ. ދެން ފަހަރަކަށް ވިސްނާލައްވާ.
ކޮއްކޯ
26 April 2019
ކޮބާ ސިޓީ ކައުންސިލް ތަކުން ސިޓީ ތަކުގެ ރައްޔަތުންނަށް މި ރޯދަމަހު ކޯންޗެއްތަ ދެނީ؟؟؟؟ ފްރީ ޕާކިން ސްޓީކަރ އެއް ނަމަވެސް ދޭންވީނުން.
ޢަބްދުﷲނާފިޒް
27 April 2019
ސަދަޤާތް ފައުންޑޭޝަނުގެ ހެޔޮ އެދުންތަކާއެކު މިއަހަރުވެސް ކަދުރު ބަހާނެކަމަށް އުއްމީދުކުރަން.
ކާފަ
26 April 2019
އެހީގެ ގޮތުގަ ކައުންސިލުތަކަށް ލިބޭ ރުފިޔާ މާލެ ފޮނުވާޒަމާން ހިގަންޖެ. މިހާރު ތީ ފެށުމެއް ކަމަށް ބަލައިގެން ރަށުގެ އުމްރާނީ ތަރަށްގީ އާށާއި ކަންކަމަށް ދަތިވާ ރަށްއިތުންނަށް އެހީ ވާންވީ. ސުކުރިއްޔާ ކައުންސިލް
ޒުވާރި
26 April 2019
ރައްޔިތަކަށް އެހީވަންޏާ އެއީ ރަނގަޅުކަމެކޭ. ވިޔަފާރިވެރިން އާރަށުގަ ކިއްލާއާއި ގަނޑުވަރު ހަދާދިނީމަ އެއިންވާ ސޯޝަލް ފައިދާއެކޭ މަމެންނަށް ނޭނގެނީ.
މުންދު
26 April 2019
ތަރައްގީ ފެނިފަ އުފާވޭ! ވައްކަމާ އަނިޔާ ފެނިފާ ދެރަވޭތަ؟ އޮޅުވާލުމާ ފަސާދަފެނިފަ އަޖައިބު ވޭތަ؟ ކާޑު ޒަމާނެއް ނޫން! އިންތިޚާބެއް ކުރިމަތިވާއިރަށް ކުރިޔަށް އަތެއް ފަހަތަށް އަތެއް ދިއްކޮށްގެން ދުވުން މައްސަލައެއް ނޫން؟؟؟
މަރުޖާނު
26 April 2019
ރަށުގެތަރައްގީ އަށް ޚަރަދުކުރަންހުރި ފައިސާ އިން މިމީހުން އަންނަ ދައުރަށް ކެމްޕޭން ކުރުން މީ. އެމީހުންގެ އަމިއްލަ މުސާރައިން ކުރާނަމަ އޯކޭ.
ހަމްދަރުދީ
26 April 2019
މިފޮޓޯ ފެނުނީމަ އިގޭ ކުރީސަރުކާރުން ހޯރަފުށި ވަރައް ތަރައްގީ ކޮއްފަ އޮތްކަން ބޮޑުބިޔަ ބަދަރެއްދޯ
ބަނދަރު
26 April 2019
އެއީ މައުމޫން ދައުރު އަޅާފައިވާ ބަނދަރެއް
ހޯރަފުށީ ޗާލުނަޔާ
26 April 2019
މައުމޫނު ދައުރަކު ނޫން. ނަސީދު ދައުރުގަ. މަސައްކަތް މުޅިން ނުނިމި އުޅެނިކޮށް ވެރިކަން ވެއްޓުނީ...
ޢަބޭ
26 April 2019
ކައުންސިލަރުން މިއަހަރުތެރޭ ފެނޭ ހަމަ ތިގޮތަށް ދޭތެރެ ދޭތެރެއިން ރައްޔިތުންގެ ޓްރަސްޓްފަންޑުން ލާރި ނަގައިގެން ރައްޔިތުންނަށް ތަފާތު ހަދިޔާތައްދޭން. ހުދުމުންޑާ އީދުހެދުންވެސް ފެނޭ ގަނެދޭން. ވެންމަސް ވެނަށްކާންދެވުނަސް ކައުންސިލްއިންތިހާބަށް މިހާރުތިބި ކައުންސަރުންނަށް ރަނގަޅު ކެމްޕޭނަކަށްވާނެ އޭރުން. ރައްޔިތުންނަކީ މީދާކޭ އުނބުތަކެއް ނޫން އިނގޭތޯ!
މަގުފުޅާޓިނު
27 April 2019
ހަޖަމު ނުވީމަ ދެން ގޮވޭނީ ތިޒާތުގެ ކޮސް، ކީއްކުރާނީ ގެއްލުނު އެއްޗެއްގެ ބޮޑު ކަމުން ދިމާވެގެން އުޅޭ ކަމެއްކަންވެސް އިނގޭ، ހަމަޔަކަށް އެޅެން އަދި ދުވަސް ކޮޅެއް ނަގާނެ، މިހާރު ނިދީގަވެސް އިރުއިރުކޮޅާ ހޭލެވޭނެ، ފަހުން ރަނގަޅުވެދާނެ.