އެސްޓީއޯގެ އެފްއެސްއެމްގެ ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ: އެ ކުންފުނިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ވަނީ ބޮޑުކޮށްފައި.---ފޮޓޯ: މިހާރު
03 މެއި 2019 - 01:45
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
ދައުލަތުގެ ހިއްސާވާ ކުންފުނި އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މިދިޔަ މާޗް 15 ގަ އެވެ.
އެސްޓީއޯ އިން މިއަދު ބުނީ ޕެޓްރޯލް ލިޓަރަކުން 70 ލާރި މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.49ރ. އަށެވެ. މިހާތަނަށް ޕެޓްރޯލް ލިޓަރެއް ވިއްކީ 10.79ރ. އަށެވެ.
ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 12.11ރ. އަށެވެ. މިހާތަނަށް ޑީސަލް ލިޓަރެއް ވިއްކީ 11.61ރ. އަށެވެ. އެހެންކަމުން މިއީ 50 ލާރީގެ ބޮޑުވުމެކެވެ.
- މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.49ރ. އަށް. މިއީ ކުރިއާ ބަލާއިރު 70 ލާރީގެ ބޮޑުވުމެއް.
- ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 12.11ރ. އަށް. މިއީ 50 ލާރީގެ ބޮޑުވުމެއް.
Our diesel and petrol prices have been revised, effective today. pic.twitter.com/skGMJgSCtk
— STO Plc (@stoplc) May 2, 2019
އެސްޓީއޯ އިން މިއަދުން ފެށިގެން ތެލުގެ އަގަށް ގެނައި ބަދަލު އަންގައިދޭ ޓުވީޓު
އެސްޓީއޯ އިން ބުނީ އޯޕެކުން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި އީރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން މިދިޔަ މާޗް މަހުން ފެށިގެން ތެލުގެ އަގު ދަނީ ބޮޑުވަމުން ކަމަށެވެ. އެހެންވެ، އެސްޓީއޯ އަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖޭގައި ވެސް އަގު ބޮޑުކުރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންމަބޭ
04 May 2019
ރ.ޔާމީން ހުރިނަމަ މިހެނެއް ނުވާނެ.. ފެއިލު ސަރުކާރު
ފޭން
04 May 2019
އާން ޝުކުރިއްޔާ!! ކަލޭމެން ހުރިހާ އެއްޗެއްގެ އަގު ރޯދަ މަހަށް ބޮޑު ކުރީމަ ވަރަށް ބަރާބަރު ވާނެ....
ކޮތަރު
04 May 2019
އެއްވެސް އެއްޗެއް ގެއްލުންވާގޮތަކަށް ނުވިއްކޭނެ.. ތެލުގެ އަގަކީ މަތިވެ ތިރިވާ އެއްޗެއް. އެއްވަރެއްގަ ހިފެހެްޓޭނެއެއްޗެއްނޫން.
ޙެއްރަބޭ
04 May 2019
ރޯދަމަހާ ރޯއްޖާއެކު އާސަރުކާރުގެ އެޖެންޑާ ނަވާރަ ބައްދަލުކުރަނީ. ބަލަންތިބޭ
ނުރަބޯ
04 May 2019
ވެރިކަން ފެށުން އިރު: ޑީސަލް: 11.99ރ ، ޕެޓްރޯލް 11.19ރ ރިޔާސީ ވަޢުދުފުއްދަން އަގުހެޔުކުރި: ޑީސަލް: 9.99ރ ، ޕެޓްރޯލް 10.19ރ މާރޗް މަހު އަގު ބޮޑުކުރި: ޑީސަލް: 11.61ރ ، ޕެޓްރޯލް 10.79ރ މިހާރު: ޑީސަލް: 12.11ރ ، ޕެޓްރޯލް 11.49ރ ޝުކުރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ރިޔާސީ ވަޢުދު ފުއްދަންށޭ ކިޔާފަ އަގުހެޔޮކޮށްފަ މިހާރު އެއަށްވުރެ ބޮޑުކޮށް ތި ހިއްލާލީ އަގުތައް.
ކިނބޫ
04 May 2019
މިސަރުކާރުން ތަކެތި އަގުބޮޑެއް ނުކުރާނެ. ތިވާނީ ރިޕޯޓަރުންނަށް އޮޅުނީކަމަށް. އަދިޚާއްޞޮކޮށް ތެޔޮ ބޮޑުތަނުން އަގުހެޔޮވާނީ.
ރީތި މޫސަ
04 May 2019
ދެންފެނިގެންދާނީ ކުންފުނިތަކުންފައިދާނުވާނަމުގަ އަނެއްކާވެސް ބޭރުމީހުންނަށް ކުންފުނިތަށް ވިއްކާލާތަން މީމާޒީގަވެސް މިކަންވީގޮތް ނަޝީދު ސަރުކާރުން ކުޑަފައިދާއެއް ސަރުކާރަށްލިބޭގޮތަށް ވިއްކާލި ހުރިހާކުންފުނިތަށް އެމްޑީޕީއަކީ ފިސާރިކަންނެއްބަޔެއް
އިންސާފް
03 May 2019
ސަރުކާރަށާއި ސަރުކާރު ގެންނަން ވޯޓް ދިން ހުރިހާ އެންމެންނަށް ވަރަށް ވެދުމާއި ސަލާން.
ގިޓާ
03 May 2019
ތެޔޮ އަގު ބޮޑުވީ ޕެޓިރޯލް އަގުބޮޑުވީ މަސްވެރިންގެ މަސްކޮޅު އަގަށްވަނީ ކިހެނެއް، ކުރީގަވެސް އެމްޑީޕީ ސަރުކާރު އައުމާއެކު ސަރުކާރު ހުރިހާ ކުންފުނި ތަކެއްހެންވީ ބަނގުރޫޓް، މިވަނީ ރަނގަޅަށްތަ؟
މާކަނާބެ
03 May 2019
އޮޅުވާލި ވައުދު ... އިސްތިއުފާ