ހެޕީ މާކެޓްގެ ފިހާރައެއްގައި ހުރި މުދާ އެތަނުގެ ވެރިން ބަލައިލަނީ. ހެޕީ މާކެޓުން ވަނ ރޯދައަށް މުދާ އަގުހެޔޮކޮށްފައި. މިހާރު/ފައިލް ފޮޓޯ
06 މެއި 2019 - 21:30
މާލޭގައި ކާބޯތަކެތީގެ ބާވަތްތަކުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ހެޕީ މާކެޓުން ވިއްކާ ބާވަތްތައް ރޯދަމަހަށް އަގުހެޔޮކޮށްފި އެވެ.
ހެޕީ މާކެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ އަހަރަކު ވެސް ރޯދަމަހަށް ކާބޯތަކެތީގެ އަގު އުފުލޭ ކަމަށާއި އެކަމަކު މި އަހަރު ބައެއް ބާވަތްތަކުގެ އަގު އާދަޔާ ހިލާފަށް ބޮޑުވެފައިވާކަން ފާހަގަ ކުރާ ކަމަށެވެ.
"...މިކަމުން ރައްޔިތުންނަށް ދިމާވާނެ ދަތިކަން އިހުސާސްވާ ހާލު އަޅުގަނޑުމެންގެ ކުންފުނިން ވިއްކަމުންދާ ހުރިހާ މުދަލެއްގެ އަގު ރަމަޟާން މަސް ނިމެންދެން ބެހެއްޓޭނެ އެންމެ ހެޔޮ އަގުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ސޯޝަލް މީޑިއާގައި ހެޕީ މާކެޓުން ޖެހި ބަޔާނުގައި ބުނެފައި ވެ އެވެ.
ހެޕީ މާކެޓުން ވަކިން ހާއްސަކޮށް އަގުހެޔޮ ކުރާނެ ބާވަތްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ ކުކުޅާއި ކުކުޅުގެ ބައިތަކާއި ބިހެވެ.
ތަކެތީގެ އަގު ހެޔޮކުރަން ހެޕީ މާކެޓުން ވަނީ ރާއްޖޭގެ އެހެން ވިޔަފާރިވެރިންނަށް ވެސް ގޮވާލައިފަ އެވެ.
ރޯދަ މަސް ފެށުނު އިރު ބާޒާރުގައި އެންމެ އަގު ބޮޑުވެފައި ވަނީ މިރުހާއި މަހެވެ. ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1000 އަށް ވުރެ މަތީގައި ހުރި އިރު މަސް ވެސް ހުރީ ކިލޯއެއް 40 އާ 50 އާ ދޭތެރޭގެ އަގުތަކެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރާނަ
07 May 2019
ރޯދަމަހު ކެއުމައިގެން ނޫން ކަމަކު ދިވެހިން އުޅޭތަ؟
އިދުރީސްބެ
06 May 2019
އުފާވެރި ޚަބަރެއް، ރޯދަމަހަށް ޚާއްސަކޮށް ތަކެތީގެ އަގު ހެޔޮކޮއްގެން ވިޔަފާރިވެރިންނަށް ވާނެ ގެއްލުމެއް ނޯންނާނެކަން ޔަގީން. ގެއްލުމެއް ވިއްޔާ ވާނީ އަގު ބޮޑުކުރާ ވިޔަފާރިވެރިންނަށް. ރޯދަނަހަކީ ބަރަކާތްތެރި މައްސަރެއް، ދިލަތި ވާންޖެހޭ މައްސަރެއް، ވިޔަފާރީގަ ބަރަކާތްލެއްވުން އެދޭނަމަ އަގުތައް ހެޔޮކުރުން ރަގަޅުވާނެ.
މީވީގޮތޭ
06 May 2019
ކުރިން މާބޮޑަށް އަގުހެޔޮކޮއްފި ކަމަށް ނޫހަށް އެރުވީމާ ދިޔައިރު ކުކުޅު ކޭހަކުން ފަސްރުފިޔާ ކެނޑީމާ ކުކުޅަކުން ހެޔޮވީ ފަންސާސްލާރިއެވެ. މިއީވެސް އިސްތިހާރުކުރަން ޖަހާ ސްޓަންޓެވެ.
ނިޔާމަ
06 May 2019
ރަނގަޅު ކަމެއް. އެހެން ވިޔަފާރިތަކުންވެސް މި ނަމޫނާ ދެއްކުން އެދެން
ނައީމު
06 May 2019
އެކަމަކު ފިހާރަ ތަކުގައި ތިބޭ ސޭޓޫން ވަރަށް ސުލޯ! ފިހާރަ ތަކުން އެއްޗެއް ލިބޭނީ މަދުވެގެން 1 ގަޑި އިރު ފަހުން
ހިގޮ
06 May 2019
ރަގަޅު ހެޔޮނިޔަތަކާ އެކު ކުރާކަމެއްގަ ގެއްލުމެއްނޯން ނާނެ...އަހަރެމެން މުސްލިމުން ގަބޫލް ކުރަންވާނެ ދެދުނިޔެ އޮންނަކަން އެހެންވެ ރޯދަމަހެއް މިއޮތީވެސް ނަމަވެސް ދަހިވެތި ކަމުން މަގުސަދު އޮޅެނީ މީއީ އަގުހެޔޮކޮށް ދަރުމަ ހޯދަން ވީމަސް
އާދަނާ
06 May 2019
ރަނގަޅު ކަމެއް! އެހެންނަމަވެސް އަގުހެޔޮ ކުރީ ރައްޔިތުން ރޯދައަށް ތަކެތި ގަނެ ނިމުނީމަ!