ބީއެޗްއެމް އާއި ފޯސްޓާ ކްލާކްސް އިން އެއްބަސްވުމުގައި ސޮއި ކުރަނީ--ފޮޓޯ:ބީއެޗްއެމް
26 މެއި 2019 - 13:22
ފޯސްޓާ ކްލާކްސްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކަށް ބީއެޗްއެމް ޓްރޭޑާސް ހަމަޖައްސައިފި އެވެ.
"ފޯސްޓަ ކްލާކްސް ޕްރޮޑަކްސް ލިމިޑެޓް އޮފް މޯލްޓާ" އާ އެކު ބީއެޗްއެމުން ސޮއިކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މި އެއްބަސްވުމާ އެކު ފޯސްޓާ ކްލާކްސްގެ އުފެއްދުންތައް ބީއެޗްއެމްގެ މާލޭ ފިހާރަތަކާއި އަތޮޅުތަކުގެ އިތުރުން ހުޅުމާލޭގެ ފިހާރައިން ވެސް ލިބޭނެ އެވެ.
އިންސްޓަންޓް ޖޫހުގެ ބާވަތްތަކުގެ ތެރެއިން ފޯސްޓާ ކްލާކްސް އަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ބްރޭންޑެކެވެ. ދެ ސައިޒެއްގެ ޕެކްގައި ލިބެން ހުންނަ ފޯސްޓާ ކްލާކްސް ޖޫހުގެ ބާވަތްތަކުގެ ތަފާތު ރަހަތައް މިހާރު ވެސް މާކެޓުގައި އެބަހުއްޓެވެ.
ބީއެޗްއެމުން ބުނީ މި އެއްބަސްވުމާ އެކު، ފޯސްޓާ ކްލާކްސްގެ އާ ރަހަތައް ވެސް ރާއްޖޭގެ މާކެޓަށް ނެރޭނެ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގައި ވެސް އެފަދަ ބައެއް އުފެއްދުންތައް މާކެޓަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފޯސްޓާ ކްލާކްސް ޖޫހުގެ އިތުރުން ޑެޒާޓާއި ބޭކިން އެއިޑްގެ ބާވަތްތައް ވެސް ރާއްޖޭގެ މާކެޓަށް ނެރުމަށް ހަމަޖެހިފައިވެ އެވެ.
ފޯސްޓާ ކްލާކްސްގެ އުފެއްދުންތައް އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ 1889 ވަނަ އަހަރު އެވެ. މި ކުންފުނިން ބީއެޗްއެމްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އިރު މަޝްހޫރު އެތައް ބްރޭންޑެއްގެ ކާބޯތަކެތި ރާއްޖެ އަށް އެތެރެ ކުރަނީ މީގެ 37 އަަހަރު ކުރިން ވިޔަފާރި އަށް ނުކުތް ބީއެޗްއެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 May 2019
ކުރިން އެމްއެޗްއޭ އަތުގަ އޮތް އެއްޗެއް މި.