ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި": އެ ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
30 މެއި 2019 - 11:37
ގިނަ އަދަދެއްގެ ތެލާ އެކު އިއްޔަ ހަވީރު ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި" ފުން ކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ބޯޓު ފަރަށް އެރީ ސްޓެލްކޯ އިން ކާށިދޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ހިފައިގެން ދަނިކޮށް ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓުގައި އޭރު 180،000 ލިޓަރުގެ ޑީސަލް އާއި 27،000 ލިޓަރުގެ ޕެޓްރޯލް ހުއްޓެވެ.
އެކަމަކު ބޯޓުން ތެޔޮ ލީކުވުން ފަަދަ ކަމެއް ހިނގާފާނެ ކަމުގެ ބިރެއް ނެތް ކަމަށް ގަސަމް ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެއީ ޑަބަލް ހަލް ބޯޓަކަށް ވުމެވެ.
މާތޮޅި ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޕީއެލްގެ އެހީތެރިކަމާ އެކު އެވެ.
ގަސަމް ވިދާޅުވި ގޮތުގައި ބޯޓު ލުއިކުރުމުގެ ގޮތުން އޭގެ ތެޔޮ އެހެން ބޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެކަމަކު ބޯޓު އަރާފައި އޮތް ސަރަހައްދު ގަދަކަމުން އެހެން އުޅަނދަކަށް ކައިރި ނުވެވޭތީ ތެޔޮ ހުސްކުރަމުން ދަނީ ދުރުގައި ބޯޓެއް ބާއްވައިގެން ހޮޅި ގުޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު "މާތޮޅި": އެ ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
އެމްއެންޑީއެފުން ބުނީ ކާށިދޫ ނެރު ކައިރިއަށް އަރާފައިވާ ބޯޓަށް މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ފަރަށް އެރިއިރު އޭގައި ދިވެހި ހަ ފަޅުވެރިން ތިއްބެވެ.
އެސްޓީއޯގެ އެހެން ތެޔޮ ބޯޓެއް ކަމަށްވާ "ގުރާބު" ވަނީ 2017 ގައި ޅ. ފެލިވަރު ކައިރިއަށް ފަރަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެފުއްކެހެރިވ
31 May 2019
ކޮބާ އީޕީއޭ؟؟ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަންޖެހޭ
ޖަގަހަ
30 May 2019
ރާއްޖޭގެ ހުރިހާތަނަކައް ޖާބިރުކާށިދޫއިން ތެޔޮހޮޅިއަޅައް ވައުދެއް ވެއްޖެ ކުރީގެ ހުރިހާ ވައުދެއް މިހާރު ފުދިނިމިގެ މީއިތުރުވައުދެއް
ހަސަނޭޖެހުނުމީދާ
30 May 2019
ތިއޮތީ ޖާބިރުގެ 73ވަނަ ވައުދު ފުއްދާފަ. ރަށުތިބެގެން ތެޔޮލިބޭނެގޮތް. "ކާއްޓުފޮއްރު ތާލްބަޓް" މާނައީ ކާށިދޫފަރަށް ތެޔޮބޯޓެއް އަރައިފި، ފަހުގެ ދިވެހި ބަސްމަގު
ގުރައިދޫ
30 May 2019
ބޯޓެއް ފަރަށް އެރިޔަސް ދެން އަރާނީ ކާށިދޫ ފަރަށް. - އިއްޒަތްތެރި މެމްބަރު ޖާބިރު -
މަ މިއު މަ
30 May 2019
އެސްޓީއޯ އިން ކާށިދޫ ކައުންސިލަށް ބަދަލު ދޭންޖެހޭނެ
ޖާާރ
30 May 2019
ކާށިދޫގެ ފަރެއް އެސްޓިއޯގެ ބޯޓަކަށް އަރައިފި!
ހަބޭސް222
30 May 2019
ހެޔޮނުވާނެ! ދިވެބަހަށް އިޙްތިރާމް ކޮށްބަލަ! ޚާއްޞަކޮށް ސޯޝަލް މީޑިއާގައި.
ހަސަން އަސަދު
30 May 2019
ކޮބާ އެބުނާ އީ.ޕީ.އޭ.ކުދިން. އެކުދިން ހޭލައިފިތަ؟.ކޮންމެވެސް ކުއްޖަކު އެމީހުން ހޭލައްވަބަލަ.އަދި ޓްވިޓަރުގައި އުޅޭ "ތިމާވެށި ހިމާޔަތް ކުރާ" ކުދިންކޮޅަށް މި ޚަބަރު ޓްވީޓްކޮށްލަ ދީބަލާށެވެ.
ކޮރަލް
30 May 2019
ތިޔަ ހާދިސާ ހިނގި ގޮތުގެ ތަފްސީލް ފުން ކޮށް އެމްއެނޑީއެފް އިން ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ. ބޯޓެއް ފަރައް އަރައިިފި މިވަރުން ނުފުދެއެވެ.
ރަށްދު
30 May 2019
ޖާބިރު ބުނާހުރިހާގޮތެއް އެބަވޭ ރަށުންތިޔޮލިބޭގޮތްވީ
އަލީ!
30 May 2019
ކޮބައިތޯ ޖާބިރު. މިކަމަށް އެހީތަރިކަމެއްފޯރުކޯށްދެއްވުންއެދެން. ކާށިދޫ ފަރު ހަލާކުވަނީ...!