އަދީބު، ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރުވާލުމާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހޯމް މިނިސްޓަރު އިމްރާން މިއަދު މައުލޫމާތު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
12 ޖޫން 2019 - 16:20
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އެނބުރި ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.
އިމްރާން ވިދާޅުވި ގޮތުގައި އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ދިނީ އެއް އަހަރު ދުވަހަށެވެ. ފަރުވާ އަށް މަޑުކުރައްވަން ޖެހިވަޑައިނުގަންނަވާ ނަމަ މި މަހުގެ 26 ގައި އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ޓިކެޓު ނަގާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ވެސް ވާނީ ހިއްސާ ކުރެވިފައި. އެހެންވީމާ ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އިމްރާން ވިދާޅުވި އެވެ.
"މިހާރު އޮތް ޝެޑިއުލަށް ދާ ނަމަ، ނުވަތަ ޑޮކްޓަރުން [ފަރުވާ އަށް މަޑުކުރަން] އިތުރު ލަފައެއް ނުދެއްވާ ނަމަ 26 ގައި އެނބުރި ގެނެވޭނެ. އަދި މުއްދަތު އިތުރުކުރަން އެދެފި ނަމަ ވެސް އެކަން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ހަމަޖޭނީ."
ހޯމް މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަނުގެ އިސްވެރިއަކު ކޮމިޓީ އަށް ހާޒިރުކުރި އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ބޭސްފަރުވާ އަށް އޭނާ ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ވަނީ ދީފައި. --ފޮޓޯ/މިހާރު
އަދީބުގެ ޕާސްޕޯޓް ދުލެއް ނުކުރެ އެވެ. އޭނާ ފުރުވާލަނީ، ކަރެކްޝަންސް އިން ބުނިގޮތުގައި ޓްރެވަލް ޑޮކިއުމެންޓެއްގަ އެވެ. އިންޑިއާގެ ސަރުކާރަށް ވެސް އެކަން އަންގާފައިވާ އިރު، މި ހާލަތުގައި، އެހެން އެއްވެސް ގައުމަކަށް އަދީބަށް ވަޑައިނުގެންނެވޭނެ ކަމަށް ކަރެކްޝަންސުން ބުންޏެވެ.
އިމްރާން ވެސް ވިދާޅުވި ގޮތުގައި ފިލުމުގެ އެއްވެސް ފުރުސަތެއް އަދީބަކަށް ނުދޭނެ އެވެ. އެ އިންތިޒާމްތައް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބު ފުރުވާލަން ނިންމީ ރާއްޖެ އިން ބޭސްފަރުވާ ކުރެވެން ނެތިގެންނެވެ. ބޭރުގެ ޑޮކްޓަރަކު ގެނެސްގެން ފަރުވާ ދޭން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ ޑޮކްޓަރުގެ ވެސް ލަފައަކަށް ވީ ބޭރުން ފަރުވާ ދިނުން ކަމަށް އިމްރާން ވިދާޅުވި އެވެ.
ޖަލުގައި ތިބި ގައިދީންގެ ބޭސްފަރުވާގެ ހައްގު ނިގުޅައިގަތުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ކުރާނެ ކަމެއް ނޫނެވެ. އޭގައި އަދީބު ނުވަތަ އެހެން ގައިދީއަކާ މެދު ތަފާތުކުރުމެއް ވެސް ނުގެންގުޅޭނެ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އަދީބާ އެކު ފުލުހުންގެ ތިން އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރަކު ބައިވެރިވާނެ ކަމަށެވެ. ފުލުހުންގެ އެޑްވާންސް ޓީމު މާދަމާ އިންޑިއާ އަށް ފުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރުވާލުމާ ގުޅޭ ގޮތުން، ޕޮލިސް ކޮމިޝަނަރު ހަމީދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަހްމަދު އަދީބު އަބްދުލް ޣަފޫރަކީ މުޅި ދައުލަތުގެ މަސްލަހަތާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވޭ ފަރާތަކަށް ވާތީ އާއި މިހާރު ވެސް ހިނގަމުންދާ ވަރަށް ގިނަ ތަހުގީގުތަކަށް ނިސްބަތްވާ ފަރާތަކަށް ވާތީވެ އަޅުގަނޑުމެންގެ ވެސް ދައުރެއް މީގައި އެބައޮތް،" ހަމީދު ވިދާޅުވި އެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.
އަދީބު، ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރުވާލާތީ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިއަދު ހާޒިރުކޮށް ސުވާލު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
13 June 2019
ކަލޭމެންހަދާ ޑީލްތަކުން އަދީބު މިނިވަން ވެއްޖެނަމަ 5 އަހަރު ފަހުން ލިބޭ ވޯޓް ކަރުދާސްކޮޅުން އެކަން އަހަރެމެން ދައްކާނަން.
ލަންބެ
13 June 2019
މޮޔަ ނުވެ ބަލަ ކުރިން 90 ވަރަކަށް ކިލޯ ހުއްޓަސް މިހާރު އަދީބުގެ ނެތޯ އެވަރެއް، ބަރުދަން ލުއިވުމަކީ ހުރިހާ ކަމެއްގައި މިހާ ލުއިވާކަމެކޭ، ފައިސާ ގޮތުންނާއި، އެހިތެރިންގެ ގޮތުންވެސް މިކަން އަންނާނެ،
ރުސް
13 June 2019
މިކަމުގެއެންމެ ރައްކާތެރިގޮތަކީ އިމްރާން އާއި އެމްސީ ހަމީދު އަދީބުގެ ހަވާލުވެ އިންޑިޔާއަށް ދިއުން.
ދެވަނަ ވިސްނުމެއް
13 June 2019
ޔާމީނު މައްޗަށް ދައުވާއެއް ނުކުރެވުނު، އަދީބު ޖަލުން ނިކުމެއްޖެ،ލޯނު ސްކީމު އަތަށް ގޮވައިފި، ތަހުގީގުކުރަން އުފެއްދި ކޮމިޝަނަކު ބާރެއްނުދެވުނު، ޕްރޮޖެކްޓް ތަށް ހުއްޓިފަ،ސަރުކާރު އިދާރާތަށް ބޮއްސުންލާފަ، ގައުމުގެ އިގްތިސާދު ކުރިއަށް އޮތް 3 އަހަރު ދަށައްދާނެ ކަމަށް ވޯލްޑުބޭންކު ބުނެފި.ކަމެއްނުވާ ސަރުކާރެއް.މިހާރު މިފެއްޓީ އާކަމެއް.ކޮންމެ މައްސަލައެއްގަ ކޮމިޓީއަށް އަމިއްލަ ސަރުކާރުގެ ވެރިންހާޒިރުކުރުން.މިސަކަރާތް ނުޖަހާ ސީރިއްސްކޮށްކަމެއް ކުރަމާތޯ؟
މަހުމޫދު
13 June 2019
ބާގީ ލުތުފީ ވެސް ފިލީ ލަންކާއަށް ބޭސްފަރުވާއަށް ސެކިއުރިޓީންނާއި އެކު ފޮނުވާފަ ހުއްޓާ .އަދީބަށް މާފަސޭހަވާނެ ސެކިއުރިޓީ ޓީމްގެ މީހުންނާއި އެތައް މިލިއަން ޑޮލަރުގެ ޑީލް ހަދައިގެން ފިލަން. ޢަނެއްކާ މިސަރުކާރު ގެންނަން އަދީބު ހޭދަކުރި ފައިސާގެ ބަދަލެއްގެ ގޮތުގައި އަދީބަށް ދޭ ހަދިޔާއެއްބާ މިއީ. ރާވައިގެން އަދީބަށް ފިލަން ފުރުސަތު ދިނުންކަމަށް އަހަންނަށް ލަފާކުރެވެނީ. ކައުންސިލް އިންތިޚާބައް މިފަހަރު ފައިސާ ވަރަށް ލިބޭނެ އަދީބު އަތުން .
ވަރަށްސަލާމް
13 June 2019
15 ދުވަސް ފަހުން މިނިވަންވާ މީހަކުގޮވައިގެން ފުލުހުން ދާންވީ ސަބަބެއް ބުނެދެވެން ވާނެ.
ޟަރިޔާ
13 June 2019
އަދީބަށްވެސް ފިލުމުގެ ހައްގު އޮންނާނެ.
ފެންކުރި
12 June 2019
އިންސާފަކީ ކޯއްޗެއްތަ ނަސީދުވީމައޯކޭ އަދީބުވީމަ ގޯސް މިިިިިިއީތަ އިންސާފު އެކަކީ ދުވާލުު މެންދުރު މީހަކުރަހީނުކުރި ބޭފުޅެއް ދެން މިއުޅެނީ ކަންތައްތަކެށް ސައްކުކުރެވޭ ބޭފުޅެށް އިންސާފް އިންސާފު މިބަހުގެ މާނައެއްނޭގެ
އާދާބު
12 June 2019
ކުރީގަވެސް ތިޔަކަހަލަ ފިލާވަޅެއް ބަޔަކު ނަގައިދިން.
މާއެނގޭ
13 June 2019
މީ ޗަރުކޭސް ސަރކާރެއް، ރައްޔިތުން މަޖިލިސް ރައީސް ހޮވަން ޖެހި ސަކަރާތުންވެސް އެނގޭ. ޢަދީބް ފޮނުވަނީ މި ސަރކާރުގެ ލާބަޔާ މންފާއަށް ކަންކަން ހަމަޖައްސަން ކަމާމެދު ތުހުމަތު ކުރެވޭ. މިކަންކަމުގެ އަޑީގައިވެސް ތިބީ އޭނަގެ ފައިސާއިން ކޮޅަށް ޖެހެން މަސައްކަތް ކުރބައެއް ކަމަށް ތުހުމަރު ނުކުރަންވީ ސަބަބެއް ނެތް
1234
12 June 2019
އަދީބު ދެން މިރާއްޖޭން ފެންނާނީ 2023 ގެ އިންތިހާބުން ކަމަށް ކަށަވަރުކޮށް ސޮއިކޮށްފާނާން...