އެމްޓީޑީސީގެ 2017ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން-- ފޮޓޯ:ނިޝާން އަލީ/ މިހާރު
17 ޖޫން 2019 - 10:32
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ 2018 ވަނަ އަހަރުގެ އަހަރީި އާއްމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން ނިންމައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލް ގައި ބާއްވާ މި ބައްދަލުވުމުގައި މި އަހަރަށް އެމްޓީޑީސީ އަށް އޮޑިޓަރުން އަދި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުން އޮންނާނެ އެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރުގެ ރިޕޯޓާއި އޮޑިޓް ރިޕޯޓުތައް ވެސް މި ޖަލްސާގައި އާންމު ކުރާނެ އެވެ.
ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ އެމްޓީޑީސީގެ ހިއްސާދާރުންގެ ރަޖިސްޓަރީ ގައި ހިމެނޭ މީހުންނަށެވެ.
އެމްޓީޑީސީގެ ހިއްސާދާރުންގެ ބަދަލުގައި މީހަކު ޖަލްސާ އަށް ހާޒިރުވާ ނަމަ ޕްރޮކްސީ ފޯމު ހުށަހަޅަން ޖެހެ އެވެ. އެ ކުންފުނީގެ ހެޑް އޮފީހުންނާއި ވެބްސައިޓުން އެ ފޯމު ލިބެން ހުންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހޫ
17 June 2019
އަހަރުމެން އަތުން ނެގި ލާރިކޮޅުދީފަ ކުންފުނި އުވާލާ! ތިމީހުންނަށް ނުވާނެ އެއްކަމެއްވެސް. އެބަހުރިތަ އެންމެފަހުން ޝެއާރގަނޑެއް ބަހާލިހަނދާން؟