އަބްދުﷲ ލުތުފީ: އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ލުތުފީ ގެނައުން ލަސްވާ މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިއުން ބޮޑުވެފައި.
30 ޖޫން 2019 - 13:25
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ފުލުހުން ކުރާ މަސައްކަތެއް އޮތިއްޔާ އެ ކަމެއް ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ގޮވާލައްވައިފި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ލުތުފީ ވަނީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރެއަށް ވަދެ، ފުލުހުންގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ގޮސްފަ އެވެ. މިދިޔަ މަހުގެ އެކެއްގައި އޭނާ އަމާން ދިން ނަމަވެސް ސަރުކާރުގެ އިދާރާތަކުން އެކަން އާއްމެއް ނުކުރެ އެވެ. އެކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ލުތުފީ އެމްބަސީގައި ހުރި ކަން ފަޅާއަރުވާލުމާ އެކު ސަރުކާރަށް ފާޑުކިއުން ބޮޑުވުމުން އޭނާ 48 ގަޑިއިރުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިދިޔަ އަންގާރަ ދުވަހު ބުންޏެވެ. އެކަމަކު އެ މުއްދަތުގައި ނުގެނެވުނީ ގާނޫނީ ލިޔެކިޔުންތައް ފުރިހަމަ ނުވެގެން ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވައި ކުރެއްވި ޓުވީޓެއްގައި ހަސަން ލަތީފް ވިދާޅުވީ، ކަންކަން ވަންހަނާ ކުރުމަކީ މި ސަރުކާރުގެ ސިފައެއް ނޫން ކަމަށެވެ. ލުތުފީ ގެނައުމުގެ ކުރާ މަސައްކަތެއް އޮތިއްޔާ އެ ކަމެއް ރައްޔިތުންނަށް ހާމަކުރަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
Abdulla Luthfee Raajje genaumah kuraa masakkatheh othiyya @PoliceMv ekameh saafukoh Rayyithunnah kiyaidheyn jehey. Kankan vanhanaa kurumakee Oagaatheri Sarukaruge sifa eh noon! @M_Hameedh
— Hassan Latheef🎈 (@HassanLatheef) June 30, 2019
ހަސަން ލަތީފް ކުރެއްވި ޓުވީޓް.
ފުލުހުންނާއި ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލުތުފީ ގެނައުން ލަސްވަނީ ބައިނަލްއަގްވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންނެވެ. އެއީ އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން މަސައްކަތްކޮށްފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ، ލަންކާގައި އިތުރުން ލަންކާގައި ބޮމުގެ ހަމަލާތަކެއް ދީ އެ ގައުމުގެ ހާލަތު ގޯސްވެފައި އޮތް ދަނޑިވަޅެއްގަ އެވެ. ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެފައިވާ ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެ އަށް ވަދެގެންނެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
19 ދިވެހިން ޝަހީދުކޮށްލައި
30 June 2019
ލުތުފީއަކީ 19 ދިވެހިން ޝަހީދުކޮށްލައި ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ ނާމާން ބިރުވެރި ދުވަސް ރާވައި ހިންގި ބާޣީއެވެ. އޭނާއަށް ލަންކާގައި ދެމުން ގެންދަނީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެވެ.
ބާގިރު
30 June 2019
ރައްޔަތުން ހަޅޭއްލަވާތާ ހަފުތާއެއްފަހުން ހޮރުގަ އޮވެ އަދި ތިޔަހެއް ޓުވިޓެއް ދޫކޮށްގެން ސަލާމަތެއް ނުވެވޭނެ މިފަހަރު. ހަމީދު މަޖިލީހަށް ގެންގޮސް ފޮރިން މިނިސްޓަރު މަޖިލިހަށް ގެންގޮސް އެމްބަސީގެ ބޮޑަކަށް ހުރި މީހާ ޓެރެރިސްޓަކަށް ހިމާޔަތް ދީގެން އުޅެނީ ކީއްވެތޯ އަހާ ސާފުކުރޭ! ޓުވިޓުކޮށްގެނެއް ނުފުދޭނެ!
ކޮލެޖް ބޯއި
30 June 2019
ކޯޓު އަމުރެއް ނެރެންވީނުންތޯ ލުތުފީ މަރުވެއްޖެ ކަމަށް ގޮތް ނޭނގޭ ގޮތަކަށް. ދެން މަރުގެ ކޮމިޝަނުން މަރުވި ގޮތް ތަހުގީގު ކުރާނީ
އިންސާފް
30 June 2019
ކޮބާހޭ މިޤަޢުމުގެ ވެރިއަކަށް ހުރިމީހާ؟ އަޅެ ފަހެ އެއީ މަންމަނެއްތަ؟ ރައްޔިތުން މިވަރުވާއިރުވެސް ކަހާތަން ހިރުވާވެސްނުލާ...
ދިވެިހި.
30 June 2019
މި ސަރުކާރުގެ ވެރިން މި ވަނީ ގައުމަށް ޣައްދާރުވެފަ. އެއީ އެއްމެ ބޮދު ކުށް.
ދިވެހިރައްޔިތެއް
30 June 2019
ކޮބާތަ ސެއިޚް އިމްރާ ނުވަތަ ހޯމް މިނިސްޓަރ ފިލަވާތޯ އެބޭފުޅާވެސް ހުރީ އަނެއްކާ؟
ބޮޑުމީހާ
30 June 2019
ކުއްލި މައްސަލައެއްގަ ގޮތުގައު މަޖްލީހަށް ހުށަހަޅާ ފޮރިން މިނިސްޓަރާއި، ޕޮލިސް ކޮމިޝަނަރު އަދި ޑިފެންސް މިނިސްޓަރ މަޖްލީހަށް ގެންގޮސް ސުވާލުކުރޭ. ތިހެން ޓްވީޓެއް ކޮށްލިޔަކަސް އަދި ނުވާނެ. ތި މީހުން ބޭނުންވާ ވަރަށް މެޖޯރިޓީދީފަ އޮންނާނީ.
ކޭމް
30 June 2019
ހަސަނު މީސީދާ އަންނިގެ ރިމޯޓެއް. ހީވާގޮތުން 1 ގަލުން ޖަހާ 2 ދޫނީ ވައްޓާލާ އުސޫލުން ހީވަނީ އެއްފަހަރާ ލުތުފީއާ އިބޫ ބޭރުކޮށްލާނެހެން
ހޮނޑައިދޫ ބޮޑުދައިތަ
30 June 2019
ހަސަނާ ފުޅައްބުޑުން ގޮސް ކެޔޮގަނޑު ކަނޑާލައިގެން އައިސް ތިކިޔަނީ ، ރައްޔިތުންނޭ ސާފުވާން އެބަޖެހޭ ކެޔޮގަނޑު ކަނޑާލީކާކުކަން ، ހަސަނާ ކަލޭ ކެޔޮގަނޑުކަނޑާލީ ، އެކަމުދޯ ތިޔަހާއަދި ގަމާރެއްނޫން ރަޔިތުންނެއް
އަހުމަދު
30 June 2019
އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ޝާހިދު ހުރީ ދޫކޮށްލާފަ.