ކުޅިވަރު

އިންޑިއާ ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

މެޗުން މޮޅުވުމުން ނިއު ޒީލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

10 ޖުލައި 2019 - 20:49

26 comments

މެންޗެސްޓާ، އިންގްލެންޑް (ޖުލައި 10) - މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް އިންޑިއާގެ މައްޗަށް 18 ލަނޑުން ކުރި ހޯދައި ނިއު ޒީލެންޑުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލުގައި ނިއު ޒީލެންޑް ބަލިވީ އޮސްޓްރޭލިއާ އަތުންނެވެ. މި ފަހަރުގެ ފައިނަލުގައި ނިއު ޒީލެންޑް ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާ އޮސްޓްރޭލިއާ އާއި އިންގްލެންޑް ބައްދަލުކުރާ ސެމީ ފައިނަލްގެ ދެ ވަނަ މެޗުންނެވެ.

އަންގާރަ ދުވަހު ފެށި ފުރަތަމަ ސެމީގައި ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ކުޅެން އަރާށެވެ. އެ ދުވަހު މޫސުން ގޯސްވުމުގެ ސަބަބުން ކުޅުން މެދުކަނޑާލިއިރު ނިއު ޒީލެންޑުން އޮތީ 46 އޯވަރު ކުޅެފަ އެވެ. އޭރު ނިއު ޒީލެންޑުން ވަނީ ފަސް ކުޅުންތެރިން ނުބައިވެގެން 211 ލަނޑު ހަދައިފަ އެވެ. އަލުން މިއަދު ކުޅުން ފަށައިގެން 50 އޯވަރުގެ ހަމަކޮށް އަށް ކުޅުންތެރިން ނުބައިވެގެން ނިއު ޒީލެންޑުން ވަނީ 239 ލަނޑު ހަދައިފަ އެވެ. ނިއު ޒީލެންޑުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 74 ލަނޑު ހެދި ރޮސް ޓޭލާ އާއި ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން އެވެ. ވިލިއަމްސަން ވަނީ 67 ލަނޑު ހަމަކޮށްފަ އެވެ.

އިންޑިއާގެ ކެޕްޓަން ކޯލީ (ވ) އާއި ނިއު ޒީލެންޑުގެ ކެޕްޓަން ވިލިއަމްސަން.-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ތަށި ދެ ފަހަރު އުފުލާލާފައިވާ އިންޑިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ލީގު ބުރުގައި ވެސް އެންމެ ބޮޑު ތަފާތެއް ދެއްކީ ކުޅެން އަރަ އެވެ. އެކަމަކު މިއަދުގެ މެޗުގައި އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުމެއް ނުދެއްކުނެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އިދިކޮޅުގައި އޮތް ނިއު ޒީލެންޑުގެ އުކުންތައް ފުރިހަމަވުމެވެ. އިންޑިއާ އިން ޖަވާބުގައި ކުޅެން އަރައި 49.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 221 ލަނޑެވެ.

އިންޑިއާ އަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންނަށް ކުޅެން އަރައި ރަނގަޅަށް ހަމަޖެހިލުމުގެ ފުރުސަތެއް ވެސް ނުލިބުމެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ރޯހިތު ޝަރްމާ އާއި ދެން އެންމެ މޮޅު ކުޅުމެއް ދެއްކި ރާހުލް އަދި ކެޕްޓަން ވިރާތު ކޯލީ ވަނީ ފަސޭހަކަމާ އެކު ނުބައިވެފަ އެވެ. އޭގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ހެދުނީ އެންމެ ލަނޑެކެވެ. ނިއު ޒީލެންޑުން ތަފާތު ދެއްކީ ފީލްޑްގައި މޮޅު ކުޅުމެއް ދެއްކި ޓްރެންޓް ބޯލްޓް އާއި މެޓް ހެންރީ އެވެ. ނިއު ޒީލެންޑުން މި މެޗު ކާމިޔާބުކުރުމުގައި އެ ދެ ކުޅުންތެރިންނަށް ބޮޑު ކްރެޑިޓެއް ހައްގުވެ އެވެ.

މެޗުގައި ކުރިއަށްދާން އިންޑިއާ އަށް ކުޑަ އުއްމީދެއް ލިބެންފެށީ ރަވިންދުރަ ޖަދޭޖާ އާއި މަހިންދުރަ ސިންގް ދޯނީގެ ޕާޓްނާޝިޕުންނެވެ. އެ ދެ ކުޅުންތެރިން ވެގެން 116 ލަނޑު ހަމަކުރިއިރު، ފަހު 18 ބޯޅައިން އިންޑިއާ މޮޅުވާން 37 ލަނޑު ބޭނުންވެފައި ވަނިކޮށް ޖަދޭޖާ ނުބައިކޮށްލީ ވިލިއަމްސަން އެވެ. ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ޖަދޭޖާ 77 ލަނޑު ހެދުމަށް ފަހު ނުބައިވުމުން ދެން ހުރިހާ ސަމާލުކަމެއް ހުއްޓުނީ ކުރީގެ ކެޕްޓަން ދޯނީ އަށެވެ. ދޯނީ ވަނީ 48 ވަނަ އޯވަރުގެ ފުރަތަމަ ބޯޅަ ހަޔަކަށް ޖަހައި އުއްމީދެއް ދީފަ އެވެ. އެކަމަކު ޖެހިގެން އައި ބޯޅައިގައި މާޓިން ގުުޕްޓިލްގެ ހިތްވަރުން ދޯނީ ނުބައިކޮށްލުމާ އެކު އިންޑިއާ އަށް އޮތް ހަނި ފުރުސަތަށް ވެސް ގާތްގަނޑަކަށް ނިމުން އައީ އެވެ. އޭގެ ފަހުން ނިއު ޒީލެންޑުން ހަމަޖެހިލާފައި ބޯޅަ އުކައިގެން އިންޑިއާގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްލީ އެވެ.

މެޗަށް ފަހު އިންޑިއާ ސަޕޯޓަރަކު ދަނޑުގައި މާޔޫސްވެފައި.-- ފޮޓޯ: އޭއެފްޕީ

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހެންރީ ބުނީ އިންޑިއާގައި މޮޅެތި ބެޓްސްމަނުން ތިބިކަން އެނގޭ ކަމަށާއި މެޗުން މޮޅުވެވޭނެ ހަމައެކަނި ގޮތަކީ ރަނގަޅަށް އުކައިގެން ކަން މެޗުގެ ކުރިން އެނގޭ ކަމަށެވެ. އެހެންވުމުން ހާއްސަކޮށް އެ ކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށް ބުންޏެވެ.

އިންޑިއާގެ ކެޕްޓަން ވިރާތު ބުނީ އޭނާގެ ޓީމުން މި މުބާރާތުގައި ގޯސްކޮށްދިޔައީ ހަމައެކަނި 45 މިނިޓް ކަމަށާއި އެ ވަރުގެ ވަގުތުކޮޅެއްގައި ހެދުނު ގޯސްތަކެއްގެ ސަަބަބުން މުބާރާތުން މި ގޮތަށް ކަޓައިގެންދާން ޖެހުމުން ލިބުނީ ބޮޑު ޝޮކެއް ކަމަށެވެ. އަދި ނިއު ޒީލެންޑުން މޮޅުވީ މުހިއްމު ވަގުތުތަކުގައި ހޯދި ތަފާތުން ކަމަށެވެ.

26 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 3%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަރުކާނު

13 July 2019

ޢުއްމީދު ކުރަނީ ބައިނަލްއަޤްވާމީ މައިދާނުގަވެސް އިންޑިއާއަށް ޖެހޭނީ ތި ދަތުރު ކަމަށް. މަތިހަށިނަގާ މަވަރެއް ނެތިގެން އުޅޭ ކޮންމެ މީހެއްގެ ނިމުން ފެންނަނީ ތިގޮތަށް.

The name is already taken The name is available. Register?

މަވާ ރުޅީއާދޭ

12 July 2019

އަލްހަމްދުލިއްލާހި.

The name is already taken The name is available. Register?

ޜަނިންްމޭން

12 July 2019

ޥިރާތް ކޯލި ދެން ފިލްމް ކުޅެން ފަށަން ޥީ.. ޢެއްމެ ލަޑެއް އިންޑިޔާ އައް ލަދެއް

The name is already taken The name is available. Register?

އަޙްމަދު

11 July 2019

މިކަމާ ކޮންމެވެސް ރައީސަކު ވަރަށް ހިތާމަ ކުރާނެ. މޯދީ ކޮނޑުގައި ބޯއަޅައިގެން ރޯންވެސް ބޭނުންވާނެހެން ހީވަނީ!

The name is already taken The name is available. Register?

ޖކސކ

11 July 2019

އަލް ހަމްދު ﷲ

The name is already taken The name is available. Register?

ވާލުސޮރު

11 July 2019

އިންޑިޔާ ބަލިވިކަން ނަސީބެއް، ތަންކޮޅެއް ބޮލަށް ފަސޭހަ ވާނެ

The name is already taken The name is available. Register?

ޢަހްމަދު007

11 July 2019

ވަރަށް އުފާވެއްޖެ އިންޑިއާ ބަލިވީމާ..

The name is already taken The name is available. Register?

އަހަންމަދާ

11 July 2019

ޗައިނާ ނުވެސް ކުޅެ ހެހެހެހެ

The name is already taken The name is available. Register?

ރަދީފްްގެ ލީގަލް ޓީމް

11 July 2019

ކުޅިވަރުގައި އޮންނާނީ މޮޅުވުމާ ބަލިވުން. މިފުރުސަތުގައި ރަދީފް ސަރގެ އަމިއްލަ ގައުމަށް މިލިބުނު ހިތާމާގައި ބައިވެރިވަން. ދެން ފަހަރަކުން ރަނގަޅުކޮށްލާނެ ކަމަށް އުއްމީދުކުރަން. -ރލޓ-

The name is already taken The name is available. Register?

މޮޔަވެބަލަ ދޯ

11 July 2019

ރަދީފް އެއީ އިންޑިޔާގެ ފޭނެއް ނޫން.މޮޔަވެގެން ނޫޅެބަލަ.

The name is already taken The name is available. Register?

އަހަންމަ

11 July 2019

އަފާވެރިކަމުގެ ކޮޅެެއް ނެތް.. ސާބަހޭ ނިއުޒީލެންޑް.. ދެން ކުޅިވަރުޗެނެލްތައް ކުޑަކޮށް މިނިވަންވެލާނެ..

The name is already taken The name is available. Register?

ގަޓް ބްރޯ

11 July 2019

ރާއްޖޭގެ އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިއާ ޖަހާމުގުރިގޭ މަރްހޫމް ހުސައިން ރަޝީދު ވިދާޅުވިހެން "ކްރިކެޓް އަކީ ފާޑެއްގެ އެއްޗެއް" ކިތަންމެ މޮޅު ޓީމެއްވެސް މެޗަކުން ބަލިވެދާނެ. ކިތަންމެ މޮޅު ކުޅުންތެރިއަކު ސުމަކަށްވެސް ނުބައިވެދާނެ.

The name is already taken The name is available. Register?

އިޙްސާސް

11 July 2019

ތިޔައީ ހަމައެކަނި ކުރިކެޓުގަ ވާގޮތެއްނޫން.

The name is already taken The name is available. Register?

ކެނެޑީ

12 July 2019

ކުޅިވަރު އެކަންޏެއްނޫން ދިރިއުޅުމުގެ ކޮންމެ ދިމާލެއްވެސް އޮތީ ފާޑަކަށް. ނިކަން ވިސްނާލަބަލަ ރަނގަޅަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454