އައިކެއާގެ ހުޅުމާލެ ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:ހުސައިން ވަހީދު/ މިހާރު
24 ޖުލައި 2019 - 20:05
އައިކެއާ އޮޕްޓިކަލްސްގެ އާ ޝޯރޫމެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.
މި ޝޯރޫމް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. މިނިސްޓަރުގެ އިތުރުން ރައޔްިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ހަވީރު ހުޅުވި މި ޝޯރޫމަކީ އައިކެއާގެ ހަތް ވަނަ ޝޯރޫމެވެ. އެންމެ ފުރަތަމަ އައިކެއާގެ ޝޯރޫމެއް ހުޅުވާފައިވަނީ 2003 ވަނަ އަހަރު އެވެ.
ހެލްތު މިނިސްޓަރު އައިކެއާގެ ހުޅުމާލެ ޝޯރޫމް ހުޅުއްވައިދެއްވަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އައިކެއާގެ މެނޭޖިން ޑައިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ ހުޅުމާލޭގައި ހުޅުވި ޝޯރޫމަކީ އެ ފިހާރައިގެ ކަސްޓަމަރުންނަށް ފުޅާ ދައިރާއެއްގައި ޚިދުމަތް ދިނުމުގެ ގޮތުން ހުޅުވި ޝޯރޫމެއް ކަމަށެވެ. މި ޝޯރޫމުން މި ވަގުތު މަދު ހިދުމަތްތަކެއް ލިބެން ހުރި ނަމަވެސް ކުރިއަށް އޮތްތާނގައި މާލޭގެ އައިކެއާއިން ލިބެން ހުންނަ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޝޯރޫމުގައި މިހާރު ހުންނާނީ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމްތަ އެކަނި ލިބެން. އެހެން ނަމަވެސް އަޅުގަނޑުމެން މި އަންނަނީ އިތުރު ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ލޭޒާ ޓްރީޓްމަންޓާއި ސާޖަރީ ފަދަ ޚިދުމަތްތައް ލިބޭނެ،" ޑރ. އަބްދުﷲ ޒާހިރު ވިދާޅުވި އެވެ.
އައިކެއާގެ އެމްޑީ ޑރ. އަބްދުﷲ ޒާހިރު: އާ ޝޯރޫމުން ގިނަ ހިދުމްތަތއް ދިނުމަށް ތައްޔާރުވަމުން ދާކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އައިކެއާގެ ހުޅުމާލެ ޝޯރޫމުން ލިބެން ހުންނަ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި އައިނު ހެއްދުން ހިމެނެ އެވެ. މީގެ އިތުރުން ޒަމާނީ އަވިއައިނާއި ކޮންޓެކްޓް ލެންސް ހެދުމުގެ ހިދުމަތް ވެސް މި ޝޯރޫމުން ލިބެން ހުންނާނެ އެވެ.
އައިކެއާއިން ވަނީ މި ޝޯރޫމް ހުޅުވުމާއި ގުޅިގެން ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ފަށައިފަ އެވެ. އެގޮތުން މިރޭ 10:00 އާއި ހަމައަށް އެ ޝޯރޫމަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ގުރުއަތު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް އެ ޝޯރޫމުން ބޭނުން ކޮންމެ އެއްޗެއް ހިލޭ ލިބޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.
މީގެ އިތުރުން އައިކެއާ ހުޅުމާލެ ޝޯރޫމަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 1،000 ކަސްޓަމަރުންނަށް 200 ރުފިޔާގެ ވައުޗާއެއް ލިބެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިގޭއަހްމަދު
25 July 2019
ޥަރަށް ކަސްޓަމަރ ކެއާ ރަގަޅު ތަނެއް. ސްޓޭންޑަރޑް ހިފަހައްޓާކަން ފާހަގަ ކުރެވޭ. ޢަދި އަންހެން ސްޓާފުން ގިނަ ތަނެއް. ސާބަސް ތިކުރާ މަސައްކަތަށް.
ހުޅުމާލެ ކުއްޖާ
25 July 2019
ވަރަށް ރަނގަޅު ކަމެއް ތިކޮށް ދެއްވީ ސުކުރިއްޔާ ☺️