ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޝިޔާމް މަޖިލިހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މަސްވެރިކަމުގެ ބިލަށް ޝިޔާމް ފާޑު ވިދާޅުވި..---ފޮޓޯ: މަޖިލިސް
19 އޯގަސްޓް 2019 - 23:02
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މަސްވެރިކަމުގެ ބިލަކީ މަސްވެރިންނާއި މަޖިލިހަށާއި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރި މަލާމާތެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ނަޝީދުގެ އިސް ނެންގެވުމަކަށް، މަސްވެރިކަމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ފަސް ގަރާރަކަށް 30 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަ ކުރުމުން މަސްވެރިކަމުގެ ބިލޭ ކިއާފައި ސަރުކާރުން ފޮނުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި އެމަނިކުފާނު ޑްރާފްޓު ކުރެއްވި ބިލެއް ކަމަށެވެ. އެ ބިލަކީ ޒަމާނަށް ނުފެތޭ "ވަގުތު ހަމަވެފައި" އޮތް ފްރޭމްވޯކެއް ކަމަށް ސިފަކުރައްވައި ޝިޔާމް ފާޑުވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިން ކަމަށްވީ އިރު، އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓްރީތައް ވަނީ ކޯލިޝަން ޕާޓީތަކުގެ މެދުގައި ބަހާލައިފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަކީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ބެލެވޭ ގޮތުގައި ޝިޔާމް އެ ފާޑު ވިދާޅުވީ ޒަހާ އަށް ނިސްބަތް ކުރައްވަ އެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ބިލުން މަސްވެރިންނަށް ލިބޭ ފައިދާއެއް ނެތް ކަމަށެވެ. މަސްވެރިން ގއ. ކޫއްޑޫ ނުވަތަ ޅ. ފެލިވަރަށް ގޮސް ބައި ޓަނު ހަމަނުވާ މަސްކޮޅު ކިރާލީމަ ފައިސާ ނުލިބި އެއް މަސްވާ އިރު، އެކަން ރަނގަޅު ކުރާނެ ގޮތެއް ބިލްގައި ނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އެއް އަހަރު ދުވަސް ހޭދަކުރަން ޖެހޭތޯ މިކަންކަން ކުރަން؟ އަޅުގަނޑުމެން ހިތާމަ ކުރަން ރާއްޖޭގެ ދެ ވަނަ އަށް އޮތް އެންމެ ބޮޑު ސިނާއަތް އަނެއްކާ ހަލާކު ކުރުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާ ތަން މި ފެންނަނީ. މިއީ އެތައް އާއިލާއެއް ބިކަވެގެން ދާނެ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
މީގެއިތުރުން ބޭރުގެ ބޯޓުތައް ރާއްޖޭގެ ސަރަހައްދުތަކަށް ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަ ކުރައްވައިފަ އެވެ. އަދި ރާއްޖެ އެތެރެވާ އަދި ބޭރުވާ ބޯޓު ފަހަރުތައް މޮނިޓަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"(ބޯޓު ފަހަރު) ވަންނަ އިރު އެބަ އަޅާ ދާ. ނުކުންނަ އިރު އެބަ އަޅާ ދާ. ކީއްކުރަންހޭ ނައިފަރު ބަންދަރުގައި އޮތް ބޯޓުގައި ހުރި 15 ޓަނުގެ މަސް ގަންނަން ބޭރު ބޯޓެއް އަންނަންވީ؟ މަސް ގަތުމުގެ މަގްސަދެއް ނޯންނާނެ އެ ބޯޓުގައި،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރަންވީ ކަމަކީ މިހާރު އެކިކަންކޮޅުތަކުގައި ހުރި "ގޭދޮށު މަސް ފެކްޓަރީ"ތައް ރަނގަޅު ކުރުމެވެ. އަދި މިފްކޯގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންގެ ހަގީގީ މައްސަލަތަކެއް ސަރުކާރަކަށް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ1
20 August 2019
މަސްވެރިންގެ ހަޔާތުގައިވެސް އެންމެ ގިނައިން ބ ނިމަސްކޮޅު ކިރާފަ ލާރި ނުލިބި އޮތީ ސިޔާމްމެންގެ ވެރިކަމުގައި އެވާހަކަ ވިދާޅުވެދެއްވިނަމަ ކިހާރަގަޅު
1234
20 August 2019
ތިމީހުން ދައްކާ ވާހަކަ އަހާނެ ބަޔަކުނެތްކަން އެންމެ ފަހުންބޭއްވި ރިޔާސީ، މަޖްލިސް އިންތިހާބުން އެގޭނެ ؟ ބޭކާރު ވާހަކަ ނުދައްކާތިބެ؟
ޝޮކްތެރަޕީ
20 August 2019
ރާއްޖޭގެ މީހުންބާނާ މަސް އިންޑިޔާ މީހުން ގަނެފަ ބޮޑުއަމްދަނީއެއް ނަގަން އެއުޅެނީ،.
88777
20 August 2019
400 މިލިއަން ޑޮލަރު އަނެއްކާ މާލޭގައި އަނެއް ބްރިޖަށް އަޅަން ޚަރަދު ނުކޮށް ގޭދޮށު މަސްފެކްޓްރީ ހަދަން ޚަރަދު ކުރުމަށް އެއުޅޭ އަސްލަމަށް ގޮވާލާނެ މެމްބަރުންނާ ނޫސްވެރިްނ ބޭނުންވެއްޖެ. ލިބޭނެބާ؟
ލޮލްސް
20 August 2019
ބެޔަސް ނުބެޔަސް! ސިޔާމޫ ހޭބަލި ނުވޭ
ކަނޑު ކެޔޮޅު
20 August 2019
އޮޑިވެރިޔާގެ އަތުން 7 % އަދި މަސް ވެރިޔާގެ އަތުން %7 ދީގެން ބައިވެރިވާ ސްކީމެއްގައި ބައިވެރިވާ ކަށް މަމެން ބޭނުމެއް ނޫނެވެ. މިހާރުވެސް މިއުޅެނީ ލިބޭ އެތިކޮޅުން ނުފުދިގެން ނެވެ.
ބޮންދު
20 August 2019
ބެޔަސް ނުބެޔަސް 10000ރ ދޭންބުނީވެސް މަސްވެރިންނަށް މަލާމާތްކޮއް ގުބޯހައްދަން.