މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.. ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު
10 ސެޕްޓެމްބަރ 2019 - 13:08
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުން ނުދާ ކަމަށް އެމްއެންޑީއެފާއި ފުލުހުން ބުނެފައިވީ ނަމަވެސް، ސަލާމަތީ ބާރުތަކަށް އިތުބާރު ނުކޮށް، ނަޝީދުގެ ދިފާއުގައި އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ނުކުމެއްޖެ އެވެ.
ސަލާމަތީ ބާރުތަކަށް ފާޑު ކިޔައި އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާ މެދުގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި، ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަން އެމްއެންޑީއެފުން ތިން ރޭ ކުރިން އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.
ފުލުހުން ފާރަލަމުން ދަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުނުވިޔަސް، އެމަނިކުފާނުގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓާ ގުޅޭ ކަންކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ ބޮޑަށް ފާޑު ވިދާޅުވި، އެއް ބަޔަކީ ވެސް ފުލުހުންނެވެ.
ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ ނަޝީދަށް ނުރައްކަލެއް އޮތް ކަމަށް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. އެކަމަކު، އެފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް އޯޕަން ސޯސްތަކުގައި ވާހަކަ ދެކެވޭ ނަމަ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
ސަލާމަތީ ބާރުތަކުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވަނީ އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތަސް، ސިފައިންގެ ތެރެއިން ބަޔަކު ނަޝީދަށް މައުލޫމާތު ދެއްވުމުން ނޫނީ އެފަދަ ވާހަކަފުޅެއް އެގޮތަށް ނަޝީދު ވިދާޅުވާނެ ކަމަކަށް ކުޑަ ވެސް ގަބޫލެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ، ނަޝީދުގެ ދިފާއުގައި ނުކުންނަވައިފަ އެވެ.
@MNDF_Official in Rasmee koh liyumun angaafa nethas, Sifainge thereyn bayaku Raees Nasheed ah mauloomath dhevveema noonee efadha vaahaka eh egothah Raees @MohamedNasheed vidhaalhu vaane kamakah kudakohves gabooleh nukuraanan. @MDPSecretariathttps://t.co/UGVcxpkdDe
— Hassan Latheef🎈 (@HassanLatheef) September 9, 2019
ހަސަން ލަތީފް ކުރެއްވި ޓުވީޓު.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިން ސީރިއާ އަށް ހަނގުރާމައަށްދާ ވާހަކަ ނަޝީދު ވިދާޅުވުމުން، އެކަން ވެސް ދޮގު ކުރީ ފުލުހުންނާއި ސިފައިން ކަމަށެވެ. މެމްބަރު ވަހީދު ވެސް މިފަހަރު ނުކުންނެވީ ނަޝީދުގެ ދިފާއުގަ އެވެ.
Dhivehin syria ah hanguraama ah dhaa vaahaka RN vidhaalhuveema ves ekan dhogu kuri thiya 2 muassasaa in.
— Waddey (@waddey_) September 9, 2019
މެމްބަރު ވަހީދު ކުރެއްވި ޓުވީޓު.
ނަޝީދުގެ ވާހަކަފުޅު މާނަ ކުރެއްވުމުގައި އިސްކޮށް އުޅުއްވަނީ ވެސް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންނެވެ. އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވި ގޮތުގައި، ނަޝީދު ފާހަގަ ކުރެއްވީ ރަސްމީ ހައިސިއްޔަތުން ފުލުހުން، އެމަނިކުފާނަށް ފާރަލާ ވާހަކައެއް ނޫނެވެ. ރިލްވާނަށް ފާރަލީ ގޮތަށް ވަގަށް ފުލުހުންގެ ބަޔަކު އެ ކަން ކުރާ ވާހަކަ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ފާރަލާ ބަޔަކުލާނީ ރަސްމީ ކަމެއްގެ ގޮތުގައި ނޫން ކަމަށެވެ. ފުލުހުންގެ ތެރޭގައި ރަނގަޅު ފުލުހުން ގިނަ ނަމަވެސް، އެ މުއައްސަސާގެ ތެރޭގައި ނުބައި މީހުން އުޅެމުންދާ ކަމަށް ވެސް ނިހާދު ވިދާޅުވި އެވެ. ނިހާދު ވިދާޅުވި ގޮތުގައި ރަނގަޅު ފުލުހުން އިސްވެ، މިކަންކަން ހުއްޓުވަން އެބަ ޖެހެ އެވެ.
Raees @MohamedNasheed vidhaalhuvee rasmee haisiyyathun @PoliceMv in emanikufaanah faaralaavaahaka ehnoon. Rilwan ah faaraleegothah vagah @PoliceMv ah nisbathvaa bayaku ekan kuraavaahaka. https://t.co/5Lrc9IMkpm
— MP Mohamed Shifau (@mhshifau) September 9, 2019
މެމްބަރު ޝިފާއު ކުރެއްވި ޓުވީޓު.
މަޝްހޫރު މިއުޒިޝަން މުހައްމަދު ޝިއުޒް ކުރި ޓުވީޓެއްގައި ބުނީ ފުލުހުންނާއި ސިފައިންނަކީ އިންސާފުގެ ވާހަކަ ދައްކާ އިރަށް ޖަޒުބާތަށް ވެއްޓޭ ދެ މުއައްސަސާ ކަމަށެވެ. އެއީ ރައްޔިތުންނަށް އަނިޔާ ކުރާ ވަރަކަށް ޕްރޮމޯޝަނާއި ފްލެޓު ލިބޭ، ގައުމު އަނދަވަޅަކަށް ވައްޓާލި ދެ މުއައްސަސާ ކަމަށް އޭނާ ބުންޏެވެ.
"ޝައްކެއް ނެތް، އަހަރުން ގަބޫލު ކުރާނީ ރައީސް ނަޝީދު ބުނާ އެއްޗެއް،" ޝިއުޒްގެ ޓުވީޓުގައިވެ އެވެ.
Raees Nasheed ah Faaralaa Bayaku Laanee Rasmee Kamehge Gothuga eh Noon! Maru Thakaai Gulhun Huri Faraaih Thakun Mikan Kuraane Kamaai Medhu Shakkeih Nukuran! Idhaaraa gai Rangalhu Fuluhun Gina Ehenas Nubai Meehun Eba Ulhey! Rangalhu Fuluhun Isve Mikan Huttuvan Jehey!
— Feydhoo Meehaa 🎈(Mohamed Nihad) (@nihad_m) September 9, 2019
ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ކުރެއްވި ޓުވީޓު.
ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ ލީޑަޝިޕާއި ބައެއް އާންމުން ނުކުތް އިރު، ނަޝީދަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި މިއީ ނަޝީދުގެ ދޮގު ހެއްދެވުމުގެ ސިލްސިލާ އަށް އިތުރުވި ބޮޅެއް ކަމަށެވެ. ނަޝީދަކީ އާންމުންގެ ސަމާލު ކަން ހޯދުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް އެމީހުން ބުނެ އެވެ.
ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް. ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން. ނޫނީ، ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެ
— Mohamed Jameel Ahmed (@MJameelAhmed) September 9, 2019
ޖަމީލް ކުރެއްވި ޓުވީޓު.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް ކަމަށާއި ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތް ކުރެއްވުން ކަމަށެވެ. އެހެން ނޫނީ، އެއީ ނުފޫޒު ފޯރުވަން މަސައްކަތް ކުރުން ކަމުގައި ބެލެވިދާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ކޮބައިތޯ ޒިންމާދާރު ލީޑަރަކަށް ވުމަކީ؟ ދެން ކިހިނެއްތޯ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވަކިވަކި ފަނޑިޔާރުންނާއި އަދި އެކިއެކި ފަރާތްތަކާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ގަބޫލު ކުރާނީ؟،" ސަލާމަތީ ބާރުތަކުގެ ބަހާ ގުޅިގެން އެއާ ގުޅޭ ޚަބަރެއް ޓުވީޓު ކުރައްވައި ޖަމީލް ވިދާޅުވި އެވެ.
8 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ބޭއްވުނު އެމްޑީޕީ ޤައުމީ މަޖިލިސްގެ 167 ވަނަ ބައްދަލުވުމުގައި ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު 1/2https://t.co/k5a8Vc7Wry
— MDP Secretariat (@MDPSecretariat) September 9, 2019
އެމްޑީޕީން ކުރި ޓުވީޓު. އެ ޓުވީޓު ނަޝީދު ރޭ ވަނީ ރީޓުވީޓު ކުރައްވާފައި.
ސޯޝަލް މީޑިއާގެ ތެރޭގައި މި ބަހުސް ހޫނުވެފައިވާ އިރު، ސިފައިންނާއި ފުލުހުން ނެރުނު ބަޔާނާ ގުޅޭ ގޮތުން ނަޝީދު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު، އެމަނިކުފާނު ވަނީ ގައުމީ މަޖިލިހުގައި ދެއްކެވި ވާހަކައާ ގުޅޭ ގޮތުން އެމްޑީޕީގެ ރަސްމީ އެކައުންޓުގައި ޕޯސްޓް ކުރި ވީޑިއޯ ރީޓުވީޓު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ
11 September 2019
ފުލުހުންނާއި ސިފައިން އެކުގަ ގުޅިގެން ބޮޑު ވެގެންވާ ބޮޑު ބަގާވާތެއްވެސް ހިންގި، އެނަސް އެބައިމީހުން އެކަން ދޮގުކުރޭ. އެހެނަސް ލޮލަށް ފެނިފަ އަތުން ހިފާފަ ހުރި ކަންކަން ވީމާ ފުލުހުންނާއި ސިފައިން ބުނާހާ އެއްޗެއް ގަބުލެއް ނުކުރެވޭނެ. ރައީސް ނަސީދު ހަމަ ހުރެފަ ވާހަކައެއް ފަޅައެއް ނުލާނެ، ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކަމުގަ އެކުލެވިގެން ވާނެ. ފަހަރުގަ ވެދާނެ ފުލުހުންގެ މަދުބަޔަކު އަމިއްލަ ޒާތީ ހަސަދައިގައި ހިންގާ ކަމަކަށް ވެސް.
ނުޝްރަތު
11 September 2019
މިއީ ހަމަ ދޮގުހަދާ މުނާފިޤެއް
މާލިމީ
11 September 2019
ވަކި މީހެއްވީމަ ތާއީދު ކޮށްފަ ނުކުރާކަށް ނުޖެހޭނެ. ވިސްނަންވީ ބުނާއެއްޗަކާ ކަންކުރާ ގޮތަކާ.. ރަނގަޅު ބަހަށާ ރަނގަޅު ކަންކަމަށް ސަޕޯރޓްކުރަންވީ.. ނަޝީދަކަސް ވަޙީދަކަސް ރަނގަޅު ރަނގަޅުވާނީ ނުބައި ވާނީ ނުބަޔަށް.. މަޝީދުގެ ވެސް ރަނގަޅުކަންތައްވެސް އެބަހުރި ކަމުނުދާ ކަންތައްވެސް އެބަހުރި.. އެބޭފުޅާގެ މައްސަލައަކީ ކަމެއް ހަމައެނގޭއިރަށް މީޑިޔާއަށް ތިލަކޮށްލުން.. ދެން ހަރުބީ އެމްޑީޕީ މީހުން ވަގުތުން ކެކެންފަށާނެ. އިދިކޮޅުމީހުން ނައްޓަންފަށާނެ..
ހަސަންދީ
11 September 2019
މިގައުމުގަ ތިބިހުރިހާ ރައްޔިތުންނާއި ހުރިހާ ޕާޓީތަކުގެތެރެއިންވެސް އެމްޑީޕީއައް އެކަނިދޯ ފުލުހުންނާއި ސިފައިން ގޯހީ މީދެންކިހާދެރަކަމެއްތަ.. މިގައުމައް ދުވަހަކުވެސް ހަމަޖެހުމެއް އަޔަކަނުދޭތި. ހީވަނީމޮޔަވެގެން އުޅޭމީހެއްހެން.
އޮސްކާ
11 September 2019
ދައުލަތުގެ 4ވަނަ ބާރަކީ ނަޝީދު ދޯ؟؟
ނެގުނުކަތީބު
11 September 2019
އެއީ ދުނިޔަވީ ހަމައެއް! އެމަނިކުފާނުގެ ވެރިކަން ގެއްލުނީ އެމީހުންނަށް ކުރާ ގޯސް އަމުރުތަކުގެ ދިފާޢުގައި ނުކުތުމުން ކަމަށްވާތީ، އެބޭފުޅާއަށާއި އެބޭފުޅާގެ ސަޕޯޓަރުންނަށް އެކަން ހަނދާން ނައްތާލާނީ ކިހިނެއްތޯ؟ އެއީ ޙަޤީޤަތެއް އަދި ދޮގެއް ނަމވެސް....... އޮތް ގޮތަކީ އެއީ މެސް އުޅޭ ބައެއްކަމަށްބަލައި އެކަމަށް ސަމާލުކަމެއް ނުދީ ކުރިޔަށް ދިއުން.
އަވާން
11 September 2019
އޮއްޓަރެއް ފެންވަރެއް ހުރި މީހަކު ނެތެއްނުން ތިތާކު!
ޖަލީލް މޯހަން
11 September 2019
މީ އޭ އެބުނާ ފަހުޒަމާން. އިންސާފެއް ނެތް ޒަމާން، ދޮގު ތެދުވާނެ.
457677
11 September 2019
މިނަސީދެއްގެ ނުބައިނުލަފާކަމުއް ބޮޑެތި ފަރުބަދަތައްވެސް ކުދިކުދި ވާވަރުވެއްޖެ
ކައްކަކާކޯ
11 September 2019
މީއަޅެ ކިހިނެއްވެފަ ހުންނަ މީހެއްތަ.